ރާއްޖޭގެ ސަފީރު އައިޝަތު އިންޑިއާގެ ރައީސް ކޯވިންދާ ސަލާމް ކުރައްވަނީ: އައިޝަތުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް މިއަދު ވަނީ އަރުވާފައި --ފޮޓޯ/ފޮރިން މިނިސްޓްރީ
08 ފެބުރުއަރީ 2019 - 15:36
ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު އައިޝަތު މުހައްމަދު ދީދީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް މިއަދު އަރުވައިފި އެވެ.
އައިޝާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް އެރުވީ އިންޑިއާގެ ރިިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ކޯވިންދް ވަނީ ސަފީރަށް މަރުހަބާ ދަންނަވައި، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުން ލިބުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އައިޝާ ވަނީ އެކަމަނާގެ ސަފީރުކަމުގައި ދެ ގައުމުގެ ގުޅުން އިިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
އައިޝާ އަކީ ރާއްޖެއިން އިންޑިއާ އަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަންނަ
09 February 2019
ކަލޯ އަޅެ މީ ސަފީރެއް
އަހުސަނު /ކުޅުދުއްފުށީ
10 February 2019
ރައިސު އިބޫގެ ސަރުކާރުން ގައުމުތަކަށް އައްޔަން ކުރެއްވި ސަފީރުންގެ ތެރެއިން އެއްމެ ގާބިލު އެއްބޭފުޅަކީ އިންޑިއާއަށް އައްޔަން ކުރުމަށް ސޭޓުގެ ކޭކުފޮތިން ދިން އާއިޝަތު މުހައްމަދު ދީދީ ކަމީ އޮޅުމެއް އޮތްކަމެއްނޫން... ސޭޓު ކީއްވެތޯ މިފަދަ މަގާމެއް ސޭޓުގެ އެއްމެ ދޮށީ އަނބިކަނބުލޭގެ ފާނަށް ނައަރުވަނީ... ސަފިރުންގެ ގޮތުގައި ސޭޓު އައްޔަންކުރި ސަފީރުން ގިން އެމް ޑީ ޕީ އަށް ތުރެން.. ދަރީންނަށް މަތީ ތައުލީމު ހިލޭދިނުމުގެ ފުރުސަތު ސަފީރުންނަށް.ސިންގަޕޯރމައު
ބުރުގާ
08 February 2019
އަޅެ އިބޫ ސޯލިހު އޮއްޓަރުހުރި އެންމެ ކަމެއްވެސް ކޮއްލަބަލަ މި 5 އަހަރު ނިމުމުގެ ކުރިން.
ޖަހަންބަކްސް
08 February 2019
އޮއްޓަރު ހުރި މާގިނަ ކަމެއް ކުރާނެ ކަމެއް ނެތް. ޔާމީން ކުޑަ ގޮޅިޔަށް ލުމުން އެންމެ ކަމަކުން ހުރިހާ އޮއްޓަރެއް ލިބޭނެ.