ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމު ފެށުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
14 ފެބުރުއަރީ 2019 - 14:40
ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ޑޮކްޓަރުކަން ވެސް ކިޔެވޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު، މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހުޅުވައިލި ޖާގައިގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އެމްބީބީއެސް ފެންވަރަށް ކިޔަވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށެވެ.
އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ މިިދިޔަ އަހަރު ކަމަށް ވިޔަސް، މި އަހަރުން ފެށިގެން އެ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީ ދައްކައިދޭނީ ސަރުކާރުންނެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދެމުން އަންނަ ހަމައެކަނި ޔުނިވާސިޓީގައި މިހާރު 22 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. ފަސް އަހަރުގެ މުއްދަތަކަށް ހިންގާ އެ ކޯހުގެ ކޮންމެ ދަރިވަރެއްގެ ފީ އަށް އަހަރެއްގެ މައްޗަށް 123،000ރ. އަރަ އެވެ. އެއީ އަހަރެއްގެ މައްޗަށް 8،000 ޑޮލަރެވެ.
ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީގައި ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންގެ ކޯސް ފީ ސަރުކާރުން ދައްކާނެ އެވެ. ނަމަވެސް އަމިއްލަ ކޮލެޖްތަކުގެ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރު ދައްކައިދޭނީ ކޯސް ފީގެ ބޮޑު ބައެކެވެ.
ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް މި އަހަރު 156 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
15 February 2019
1960 ހުގެ އަހަރުތަކުގައި، ސަގާފީ އިނަގިލާބުގެ ދުވަސްވަރު، ސިނައިގަވެސް، ހުސްފަޔާ ތިބޭ ޑަކުޓަރުން ޓެރޭނިންގު ކުރި. ރާއްޖޭގަ ޓެރޭނިންގު ކުރިޔަސް، ބަނޑުފަޅަން ހަމަ ރަގަޅުވާނެ.
ހާމަ
15 February 2019
ކިޔަވައި ދެވެންޏާ ކިތަންމެހާވެސް ރަގަޅު، ނަމަވެސް ސީއެޗްއެސްއީ ލެބް އަދި އެމްއެންޔޫ ލެބްއަކީ ވެސް އެއްވެސް އެއްޗެއްހުރި ތަނަކަށް ނުވާއިރު މިފަދަބޮޑު ކަމެއް މިމީހުން ކުރަން މިއުޅެނީ ހަމައެކަނި ނަމެއްގަ، އޭރުން ލޯނު ނުދީ ވާނެއެއްނުން، ކިޔަވަން ބޭނުންކުދިންނަށް އެފުރުސަތުވެސް މިހާރު ގެއްލުނީ
ސަންޖޫން
15 February 2019
ރާއްޖޭގައި ކިޔަވައިދެވޭނީ ކަރަޕްޝަނާއި ލާދީނީކަން..
.ހިލޭ
15 February 2019
.މިއަދުން ފެށިގެން މިގެއިން ހުރިހާ އިރަކު ދެން ކާން ލިބޭނީ ހިލޭ މި ކަމަކީ އެއްވެސް އިރެއްގާ ނުކުރާ ކަމެއް ކޮންމެ މީހަކުވެސް ކައިގެން ދަމުން އެމީހަކު އިން ގޮނޑިއެއްގެ ދަށުގާ އެއްހާސް ރުފިޔާ ބާއްވާތި އެހެން މީހަކަށް ފެނިގެން ނުވާނެ އަހަރެން އަތަށްވެސް ނުދޭތި!!!
އަބްދޫ
15 February 2019
ކުރިންވެސް ސަރުކާރުން މައުމޫނު ހިލޭ ކިޔަވައިދެމުން ދަނިކޮށް އެމްޑީޕީ ވެރިކަމަށްއައިސް ހިލޭ ކިޔަވާދިނުން ހުއްޓާލާފަ އެކުދިންނަށް ދިން އެލަވަންސްވެސް ކަނޑާލި ދޯ
ނަރުސް12335
14 February 2019
ޑޮކްޓަރުންނަށް އެކަނިތޯ؟ ކޮބާ ނަރުހުން. ނަރުހުން މީ އެއްވެސް ބަޔަކަށް ނުވަނީތަ؟ މިނިސްޓްރީގެ ލިސްޓްގަވެސް ހަމަ ނެތީއޭ!
މަޖިލިސް
15 February 2019
ނަރުސް ކަންވެސް ހަމަހިލޭ....100% ޓިއުޝަން ފީ ސަރުކާރުން ދޭނެ.
ވަގުތުނެތޭ
14 February 2019
ވަޒީރަށް ޝުކުރިއްޔާ ޢިންޑިޔާ ޕާކިސްތާނުގެ ފޭކުބޭސް، ޙުންބަލާލާނެ ކަށިގަޑެއް ނޯވޭ. ކާށިބޯޓު ދުވަސް ވަރުގެ ފަރުނީޗަރ ހުންނަނީ. ދަބަރަށްވެ ހަސްފަސްނެތިފަ ހުއްނަ އިކްވިޕްމަންޓްސް. ޑަކްޓަރުން ކިތައްމެ ވަރަކަށް ނެރުނަސް. ޢާލާތުގަ ވަރެއްނެތޭ.
ބޮކޭ
14 February 2019
ތީރުން މާސްޓާރސްވެސް ހިލޭ ހެދެންވާނެ...
ށފދdjނ
14 February 2019
ޕައިލެޓް ކޯރސްވެސް ހިލޭކޮށްކިޔެވޭނެ ގޮތެއް ހަމަޖައްސާދީ.
ައަބްސީ
14 February 2019
މަހެއްގެ މައްޗަށް 8000 ޑޮލަރ އޭ ؟؟؟؟
ނުރަބޯ
14 February 2019
ނުބައި ހިސާބެއް ދެއްތޮ. 123000 ދިވެހި ރުފިޔާ އަހަރަކަށް ހޭދަވާނަމަ މަހަކަށް 8000 ޑޮލަރު ނޫން ޖެހޭނީ
އަބުސީ ދޯ
14 February 2019
އެއީ އަހަރު ދައްކަންޖެހޭ ވަރު. މެޑިސިން ކޯހަކައްބަލާއިރު ވަރައް ކުޑައަދަދެއް.