20 ފެބުރުއަރީ 2019 - 23:02
ތޫނު އެއްޗަކުން ބިރު ދައްކައިގެން މިއަދު މެންދުރު މާލޭގައި މީހަކު އަތުން ފައިސާތަކެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިއީ، މާލޭގައި މި ހަފުތާގައި މި ގޮތަށް ފޭރުނު ދެވަނަ މައްސަލަ އެވެ. އަދި ހުޅުމާލޭގައި ވެސް ފޭރުން ވަރަށް ބޮޑަށް އާންމުވެ، އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުގެ ފައިސާ ވަނީ ފޭރިގެންފަ އެވެ. އެކަމަކު، މި ފޭރުންތަކާ ގުޅޭ ތަފްސީލް މައުލޫމާތު ފުލުހުން އަދި މީޑިއާ އަކަށް ހާމައެއް ނުކުރެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް މާލޭގައި ވަޅިިން ބިރު ދައްކައިގެން ތިން މީހަކު ވަނީ ބައި މިލިއަން ރުފިޔާ ފޭރިގަނެފަ އެވެ. ސައިކަލު ވިއްކާ ކުންފުނި، އެކްސްޕާޓްސް މޮޓޯސްގެ އޮފީހަށް ގެންދިޔަ 560،000 ރުފިޔާ ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ބަޔެކެވެ. އެކަމަކު މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މާލޭގައި މިއަދު ފައިސާތަކެއް ފޭރުނީ މާފަންނު އަޅިވިލާ މަގުން ހިނގާފައި ދިޔަ މީހެއްގެ އަތުން ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުން 840 ޑޮލަރު ފޭރިގަތެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްސި
21 February 2019
މިއީ ހާދަ ނާގާބިލް ސަރުކާރެކޭ ބުނާ ހިސާބަށް މިހާރު ގޮއްސި.
ސަންފަގެއަލީ
21 February 2019
ވައްކަންކުރަން ދަސްކޮށްދީ ޖަލްސާތައްބާއްވާ އެކަމަށް ހާއްސަ ކޮޓަރި މައިދާންއެކުލަވާ ކުދި މެދުފަންތީގެ ޖަމާއަތްތައް މިގައުމުގެ ހުރަހަށާއި ދިގަށް މިދިޔަ ފަސްވަރަކަށް އަހަރު މިވަނީ އެކުލަވާލާފަ. ގައުމުގެ އެންމެ އިސްމީހާއިން ފެށިގެން އެންމެއާދައިމީހާގެ ގޭގައިވެސް ވަގު ލާރިގުނުން ނޫންކަމެއް ނެތިފަ. ގައުމުގެ އިސްވެރިޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އަދި ކޮށްދެންޖެހޭ އެންމެ އިސް ކަމަކީ އަމާންކަން ގާއިމު ކޮށްދިނުން. ބިރުވެރިކަމުން ސަލާމަތްކޮށްދިނުން.
އިހަށް
21 February 2019
މި ޖެޓްސްކީ ދުއްވާލާފަ މިދަނީ
ސަންޕާ
21 February 2019
ބޮޑަށް ހީވަނީ ދައުލަތުގެ ބަޖެޓަށް ތާށިވާތީ ސަރުކާރުން ޓެކްސް ނެގުމުގެ އާ އުސޫލެއް ތައާރަފްކުރީކަމަށް.
ތިމާވެށި
21 February 2019
ރިޕޯޓް ކުރަނީ މަދު އަދި ބޮޑެތި މައްސަލަ ތަކެވެ. މިދުވަސް ކޮޅު ވަރަށް އާއްމު ކަމެކެވެ. ގިނަ އަދަދެއްގެ ކުއްވެރީން މިނިވަން ވީ ކަމަށް ބެލެވެއެވެ. ކުއްކުރަނީ އާއްމު ކޮށް އެއްބައެކެވެ.
ހަސީން
21 February 2019
ތިއީ ރިޔާސީ ވައުދެއް ކަންނޭގެ. ދުވާލަކު އެތައް ފޭރުމެއް
އޮސްކާ
21 February 2019
އިބޫގެ ވެރިކަން ފެށުނުފަހުން އަދި އެންމެ ދުވަހެއްވެސް ސަލާމަތަކުން ނުދޭ. އަހަރުން ހީކުރީ ޔާމީނުގެ މައްސަލައެއް ކަމަށް.
ކޮސްކާ
21 February 2019
ހީކޮށްދީފައޮންނަ އެއްޗެއް ގިނަ މީހުންނަށް ހީވާނީ. އަމިއްލައަށް ކަންކަން ބަލާ ވިސްނުމުގެ ގާބިލްކަން ނައްތާލައިގެން ގިނަ މީހުން ތިބީ މި ޕާޓީތަކެއް އައިއްސުރެ.
ފާރަގެމަ
20 February 2019
ކީތްކުރާނީ 14 މިލިޔަން ބޭންކުން ނެގިމީހުންވެސް އެތިބީ ގޭގަ . 800 ޑޮލަރ ނުވާނެދޯ ހުވަނދަކައްވެސް
ކަރުކެހި
20 February 2019
ނުވާނެ އެއްކަމެއްވެސް ދޫކޮއްލަން ޖެހޭނީ މިވެރިކަމުގާ މިއޮތީ ވާ ވެރިކަމެއް ގެނެސްދީފައެއްނޫން
23
20 February 2019
ފޭރުނު ފައިސާގެ ކުޑަބޮޑުމިނެއްބަލާނެކަމެއްނެތް. ފޭރިއްޖެނަމަ އަދަބުދޭތި