ވިލިނގިލީގައި މަރުވި ސިމާދު: އޭނާ މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވެސް ބުނޭ.
25 ފެބުރުއަރީ 2019 - 19:38
ސ. ހިތަދޫ ހިޔާލީގޭ ހުސައިން ސިމާދު މަރުވީ، ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިނގިލީގައި ދިރިއުޅޭ ސިމާދު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މަރުވީ އެ ރަށުގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި، އެތަނުން ވައްކަން ކުރާތީ ވަގުން ހިފުމަށް ބަޔަކު ހެދި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށު ބައެއް މީހުން ވެސް ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ސިމާދު މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ތަހުގީގުން އެނގެ އެވެ. އެހެންވެ، އަނެކާގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސަލާމަތީ ކަންކަން ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ. ހާއްސަކޮށް، މީސްމީހުންނަށް ކުރިން އެންގުމެއް ނެތި އެފަދަ އަމަލުތައް ނުހިންގުމަށް ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.
Investigative findings in the case of Hussain Simad of GA Vilingili, Dhethandimaage, suggest the cause of death to be electrocution. We urge the public to not take measures in property protection, that are likely to put one’s life in danger, especially without due notice.
— Mohamed Hameed (@M_Hameedh) February 25, 2019
އެކްޓިން ސީޕީ ކުރެއްވި ޓްވީޓް--
ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.
އެހެންކަމުން ރައްކާތެރި ކަމަށްވެސް އަނެކާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަކީ ކުށެއް ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ.
ސިމާދުގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެ ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރި އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަންގެ ބަޔާން ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޤާނޫން.
26 February 2019
ގއ. މާމެންދޫ ވިލިނގިލި ވައްކަމާހެދި އުޅެވޭވަރުނުވޭ. ގަހުގަ މޭވާއެއް ނެތް ގޭގަ މުދަލެއްނެތް ކައްކާނެ ގޭސްފުޅިއެއް ގޭގަ ފެންމޯޓަރެއް ނެތް ދުވާލަކު ފެންމޯޓަރެއް ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް ބަންދުކޮށްގެން ކޯޓަށް ގެންދާތަނުން ދޫކޮށްލަނީ މިވަރަށް މިކަންތައްގޮސް މީހުންގެ ފުރާނަޔަށް ނުރައްކާ ވާހިސާބަށް ކަންތައް މިދަނީ ކޮންބައެއްގެ އިހުމާލުން ބާ.
އެހެން
26 February 2019
އެންތާ ވާނީ މީދަލަށް ވުރެން އިންސާނުން ދަށު ދަރަޖައަށް ވެއްޓިއްޖެ ވިއްޔާ
ކޮބާ..ކޮބާ
26 February 2019
މުދާ ދެއްވި ފަރާތުން އެތަކެތި ރައްކާ ކޮށް ދެއްވާނެ ... މުދަލާ ފައިސާ އަކީ މީހެއްގެ ފުރާނަ އަށްވުރެ އަގުބޮޑު އެއްޗެއް ކަމުގަ ދެކެފި ނަމަ،އަމިއްލަ ފުރާނަ އަށް ބަޔަކު އެގޮތަށް އަމަލު ކުރުމަށް ވެސް ރުހެވެން ވާނެ..
ސަލާހު
26 February 2019
މިތާގިނަ ބަޔަކު ކޮމެއްޓު ކޮއްފަ އެބަހުރިދީނުގަ ވައްކުރާމީހަ އަތްޑަން ޖެހޭކަމައް! ބަނގުރަލާ އޫރުމަސް ވިއްކާ މީހުނައް އެއްވެސް ކަމެއްނެތީތޯ؟ ކޮންބަޔެއްތޯ އެވިއްކަނީ ! އަދިއޭގެ ޓެކުސްފައިސާ ބޭނުން ކުރަނީ ކޮންބަޔެއްތޯ؟ އަދިމީގެއެންމެދެރަކަމަކީ ބަގުރަލަކީ ހުރިހާ ނުބައިކަމުގެ މަންމަޔޭ ކިއަމުން އަރެމެންފަދަ އިންސާނުއްވިއްކާތި! ދަންވަން މިއުޅެނީ މިގޮތައް މިކަން މިގައުގަހިނގާތި ވައްކުރަންވިއަސް އެހެންކަމެއް ކުރަން ވިޔަސް އެއީމާބޮޑުކަމަކައް މީހުންނުދެކެޔޭ
އަލިފް ހ
26 February 2019
އެމީހެއްގެ މުދާ ރައްކާތެރި ކުރާނީ އެމީހަކު! ފުލުހުންނަކަށް އެކަމެއް ނުވޭ! ގޭގަ އޮތްނަމަކަ، ނުވަތަ އެ ވައްކަން ކުރަން ނޫޅުންނަމަކަ މަރު ކީއްކުރަންތޯ އެއްވެސް ހާނިއްކައެއްވެސް ނުވީސް!
އަލިފް ހ
26 February 2019
ތަޙްޤީޤް މަރުހަލާއެއްގައިވާ މައްސަލައެއްގައި އެމްސީ ވަކި ގޮތަކަށް ނިންމާ އެވާހަކަ ދެއްކުމަކީ ވަރަށްވެސް ހިތާމަވެރި ކަމެއް!
ނަންފުޅު
26 February 2019
ތަހުޒީބު ބައެއް ތަންތާގައި ހުންނަ އެމްބަސީ ފަދަ ބައެއް ތަންތާގައިވެސް ފާރުތަކުގެ މަތީގައި ވައިރުދަމައި އެވައިރަށް ކަރަންޓްދީފައި ހުންނަކަމަށް (ލައިވް ބާބްޑް ވަޔަރ) ލިޔެފައި ހުންނަތަން ފެނޭ. ވަގުކިބައިން ތަންތަން ސަލާމަތްކުރުމަށްބާ މިހެންހަދަނީ. މިގައުމުގައި އުޅޭ ރޯނުއެދުރު ވަކީލުން ކީކޭބާ ކިޔާނީ.
އެންދެރި
26 February 2019
މީސްމީހުން ގެތަންތަނައް ވަންނަންވާނީ ސަލާމް ގޮވާ ހުއްދަ ލިބިގެންނެވެ.
އިއްސެ
26 February 2019
ސަލާމް ނުގޮވާ ހުއްދަ ނުހޯދާ މީސްމީހުންގެ ތަންތަނަށް ވަނުމަކީ އެމީހަކު މަރަންޖެހޭ ސަބަބެއް ނޫނެވެ.
ސޯ
26 February 2019
ޕްރޮޓެކްޓް އެންޑް ސަރވް- މި މޮޓޯ ވަރަށް ސަޅި ކިޔާލަން. އެކަމަކު މިއަކު އެއްވެސް އަގެއް ނެތް. ފުލުހުންނަށް މިކަން ނުކުރެވޭތީ. ރައްކާރިކަމެއް ރައްޔިތުންނަށް ނެތް. ޚިދުމަތެއް ރައްޔިތުންނަކަށް ނުލިބޭ. ތިބައި**ޑު ބޮޑު އިސްކިރީނުން ފިލުމު ބަލަން ތިބެނީ. ޑިއުޓީއޭ ކިޔާފަ. އެހެންވެ ރައްޔިތުން އަމިއްލައަށް ރައްކާތެރިކަން ހޯދަން ޖެހެނީ.
ޔަހުޔާ
26 February 2019
"ހާއްސަކޮށް، މީސްމީހުންނަށް ކުރިން އެންގުމެއް ނެތި އެފަދަ އަމަލުތައް ނުހިންގުމަށް ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ." އަޅުގަނޑު މެންގޭގަ ސީސީޓީވީ ހުންނާނެ ދޮރާށި ދޮށުގައި.. އެހެންވީމާ ވަލުދޮރާށިން ވަދެގެން ކަނާތްފަރާތުން ފުރަތަމަ ޖެހޭކޮޓަރީގައި ހުންނާނެ ތިޖޫރީ ތިން މިލިޔަން ރުފިޔާ އޭގެ ތެރޭގައި ހުންނާނެ..މިކިޔަދިނީ ސޭފްގޮތް..ދޮރާށި ދޮށުން ވަންނަން ހިފައިފިއްޔާ ބަސްުޓު ވާނެ..ދެން ޕާސްވޯޑް ވަންނަން ބޭނުންވާ ބޭފުޅަކަށް މެއިލް ކޮއްލަދޭނަން..ރަނގަޅު؟