މާލޭގެ މަގެއްގައި ފުލުހުން މިއަދު ހަރަކާތްތެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
02 މާޗް 2019 - 17:12
މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު 20 ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ރިޕޯޓާ އެކު މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި އަޅާފައި ހުރި 38 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ބިދޭސީއަކާއި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ހިމެނެ އެވެ.
ހެނދުނު ހިންގި އޮޕަރޭޝަންގައި ކުޑަކުއްޖަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާ އެކު މާލޭގެ ގެއަކުން 20 ދިވެހިން ހައްޔަރު ކުރިއިރު، ބަނގުރާ ފުޅިތަކަކާ އެކު މާލޭގެ މަގުމަތީގައި އިއްޔެ އުޅުނު ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
03 March 2019
މުޅި ގައުމުގަ އޮތީ ތިކަން މިހާރު. ކުދިން ހަލާކުވެދަނީ. ހައްލު ކުރަން ކުރާ މަސައްކަތެއްނެތް.. ގޭދޮށު ހުރިހާ ކުދިންވެސް ބިއްޖެހިފަ ތިބެނީ
ސަރީފް
03 March 2019
މިހާރު ދެން މިތަކެތި ފިހާރަތަކުގަ ވިއްކަން ބަހައްޓަން ވެއްޖެއްނު!!! އެހާ ޗީޕްކޮށް އެބަލިބޭވިއްޔާ
ޑޮނާޑު
03 March 2019
ތިޔައަދިކިރިޔާ އާއްމުއިންތިޚާބުގެ ކޮޅުމަތި ފެންނަންފެށީ ފުލުހުންސަމާލުވޭ ދުވަސްކައިރި ވަމުންއަންނަވަރަކަށް ފުޅިއާ ދަޅާ ކުޑިޕަކެޓްފެނުން ދާނީގިނަވަމުން!!!
ސަރުކާރުން
03 March 2019
މިހާރުވެސް ނޫސްވެރިޔާ ފުލުސް އޮފީހަށް ގުޅާފަ އެހީމަ އެނގޭނެ އިއްޔެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި 20 މީހުންނާއި އޭގެކުރިން ދުވަހު ރަލާއިއެކު ހައްޔަރު ކުރި އެންމެން ދޫކޮއްލާފިކަން
މާކުންބޭ
03 March 2019
ތިޔަ ވާނީ ކިއްލި ކަމަށް. ދެން ކުޑަކުޑަ ތުއްތު ކުއްޖާ ގެ ހައްގު ހިފަހައްޓާ އޭނާ އަށް ކުރާ އަނިޔާ ހުއްޓާލާ. ތިކަމުގާ އުޅުނު ފުލުހުން ކުށްވެރި ނުވާނެބާ?
މޯޑު
03 March 2019
ހުއްޓުވަން ބޭނުން ނުވާތީ
އާރީ
03 March 2019
އެެއާރފޯޓްގަ ކޮށިތަކެއް ހަދައިފައި ކާންދީ ބަލަހަށްޓާ ފުލުހުން ލައިފަ ބޮނޑް ހަރަދު ކުރަށް ކީންކުރަށް ގެންގުޅޭ ކުއްތާ ތަކެއްތަ. ދުވަހަކުވެސް އަޑެއް ނާހަން ރާއްޖެ އައި މީހެެއްގެ އަތުން ވެސް އަދި އެއްޗެއްގެ ތެރެއިންވެސް ކުއްތާ ތައް ބޭނުން ކޮށްގެން މަސްތުވާ އެއްޗެއް އަތުލައިގަތް އަޑެެއް. ތި ކުއްތާ ތައް އެއާރފޯޓްގައި ބޭނުން ކުރާނަމަ ކީއްވެ މިވަރަކަށް ވައިގެ މަގުން މަސްތުވާ ތަކެތި އެތެރެވަނި???
ނިޒާމްބެ
03 March 2019
ތިޔަ ހުރިހާ ކުދިންނައް ޖީއެންސައިކަލް ދޯފަ މިސަންތަކައް ފޮނުވަން ބައޮތޮއްބާ ބޭނުންވާ މިސަން ނިމުމުން ދޫކޮށްލާ ކޮންމެހެން އަހަރުމެނައް ތިމައުލޫމާތު ހިއްަާނުކޮށްބަލަ ތޯރުން ދެން ރަނގަޅައް ތިބިޖުދިންވެސް ވާނީ ހަލާކު
ޕީއާރު މޭން
02 March 2019
ހީވަނީ މަޖިލިސް އިންތިހާބު ނިމޭ އިރަށް މި މީހުން މިނިވަންވެ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ވެސް ހުއްޓޭނެހެން.
ނަދީމް 133
02 March 2019
ވަރަށް ތިޔާގިދޯ!!! އެހެންތާ ވާނީ ޑިމާންޑް އެވަރަށް އެބައޮތް ވިއްޔާ!!!