ކްރެޑިޓް ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި ދެ ގައުމު ދެމެދުގައި ސޮއިކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
18 މާޗް 2019 - 20:24
އަވެއްޓެރި އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމި 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ކްރެޑިޓް ލައިން އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެކްޒިމް) ގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖެނެރަލް މެނޭޖަރު ސުދައްތާ މަންޑަލް އެވެ.
އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ. ލޯން ދައްކަން ޖެހެނީ ފަސް އަހަރު ފަހުން 15 އަހަރުގެ މުއްދަތުގެ ތެރޭގަ އެވެ.
އެއީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެ އަށް ދޭން އެއްބަސްވި ލޯނެކެވެ. އިންޑިއާ އިން އެއްބަސްވެފައި ވަނީ ޖުމްލަ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ރާއްޖެ އަށް ދިނުމަށެވެ.
އެ ލޯންތައް ދޫކުރުމަށް ނިންމާފައި ވަނީ ދިވެހި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު ހުށަހެޅުމުން އިންޑިއާގެ އެކްޒިމް ބެންކް މެދުވެރިކޮށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ އިއްޔެ ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އިސް ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެކަމަނާގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ވަނީ ފުރާވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހުދީ
19 March 2019
ލޯނުގަ ކަރުމަޅި އަޅާއިރު މި ހީކުރަނީ ބޮޑެތި އެވޯޑު ލިބެނީކަމައް.. ކެކެކެކެ..
މިއަދު
19 March 2019
ބިންބޮޑު އާބާދީ ބޮޑުގައުމެއް ދުނިޔޭގައި އެއްމެ ފަޤީރުންވެސްގިނަގައުމު ގައުމުގެ ރަޢިއްޔަތުން ބަޑަށްޖެހިފަ ކާނެ އެއްޗެއް ވަންނާނެ ހިޔާވައްސެއްނެތް އެކަމު ދުނިޔޭގެޗާޓުންވެސްފާހަގަނުކުރެވޭ ކުޑަކުޑަ މިނިވަންގައުމެއްގެ މިނިވަންކަންގަނެލަން ހާދަޚަރަދެކެ ތިކުރަނީ
ދީމާހު
19 March 2019
ކޮބާ ކޮންތާކު މިޖެހުނީ. މާގޯހެއްނު. އިންޑިއާގެ ދަންތުރާގައި ރަނގަޅަށް ޖެހި ތާށިވީ. ދެން ގޮތަކަށް އެނބުރިލިޔަސް ނަގޫ ފިއްތާލާނެ.
ހަބީބާ
19 March 2019
އަނހާ! އުންބަށް ޖެހީ؟؟ ލޯނު ނަގަނީ އޭ ގައުމު ދަރުވާލަނީއޭ ބޭރުގައުމެއްގެ ބާރު ދަށަށް ދިވެހި ގައުމު ގެންދަނީއޭ ކިޔައިގެން ބިރުދައްކައި ވެރިކަމަށް އައި މީހުން މިހެދީ ކޯޗެއް؟ ގައިމު ޗައިނާ މީހުން ނުކިޔާ މިތަން ހިފަން ބޭނުންވާ ވާހަކައެއް. އެކަމަކު މިފަހަރު ގައުމު މިދަރުވާލީ މިތަން އަތްދަށުލާން ކުޅު ހިކިފައި އެކަން ދުލުން ބުނާބައެއްގެ އަތް މައްޗަށް!! އިލްކްޝަނާ ދިމާކޮށް ލާރި؟؟ 5 އަހަރު ފަހުން (ދައުރު ނިމުނީމައި) ދައްކަން ފަށަން ޖެހެނީ؟؟ ވާ ވާ
އަލި
19 March 2019
މިލޯނުގެ ތަފްސީލް ބޭނުން. އަހަރެމެން ދައްކަންޖެހޭ އެއްޗެއް ނަގާއިރު އޭގެ ތަފްސީލް ބޭނުންވާނެ. މީގެން ކުރާނެ ބޭނުމާ ރައްޔިތުމީހާއަށް ވާނެ ފައިދާވެސް އިނގެންޖެހޭނެ. ކުއްލިއަކަށް 800 މިލިއަނުގެ ބޮޑު ލޯނެއް ނަގަނީ ކީއްކުރަންހޭ؟؟؟؟؟؟!!!!!!
ހަސަން ނުވަވަނަ
19 March 2019
800 މިލިއަން ކޭޝްއެއް ނޫން ދެނީކީ. އެމީހުން އަތުން އެއަގަށްވާ މުގާ އަލުއްވާ ފިޔަޔާ ހިލަޔާ ހިލަވެއްޔާ ކްރެޑިޓަށްދެނީ. ކޮން އޮޅުވާލުމެއް. މިއީ ސާލިހުގެ ސަރުކާރުގެ ފެންވަރަކީ. ޔާމީނު ލޯނު ނެގީ މެގަ ޕްރޮޖެކްޓް ހިންގަން. ސާލިހުގެ ލޯނު ނަގަނީ މޯދީ އަތުން ފިޔަޔާ އަލުވި ގަންނަން. ކިހާ ތާހިރު
ބަރަހާ
19 March 2019
ލިޔުންތެރިޔާ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓޭ ބުންޏަސް ރަސްމީކޮށް ސަރުކާރުން މިކަން ޔަޤީންކޮށް ނުދޭ، އެއީ އެމްޑީޕީ މީހުން އެދޭނެ ވަރުކަމަށް ބުނީ، ލޯން އެގްރީމަންޓްގައި އޮތް އެއްޗެއް ނޭނގޭ. ހުސް ސިއްރު ޑީލްތައް
ކޮބާ..ކޮބާ
19 March 2019
ލޯނެއް/ދަރަންޏެއް ބަޔަކު އަތުން ނަގާފަ އޮތިއްޔާ، އެމީހުން އެދޭ ކަންތަކަށް އާއެކޭ ބުނަން މަޖުބޫރުވާ ފަހަރު އަންނާނެ.. ދަރަނި ވެރި ވުމަކީ ނިކަމެތި ކަމެއް... "ލިބޭ މިންވަރު ނިކަން ދެނެގެން ވ ބޭނުންތައް ބަހާލައިގެން، ތިބޭނަމައީ ފިކުރު ކޮށްގެން މިބޭޒާރެއް ނުވެސް ވާނޭ.."
މޮލްޑޯ
19 March 2019
ކާފަ ދަރިންގާތު ހޭވަސްނާހައި ދަރަނިވެ ނިމިއްޖެ...
އަދިއެވެސް
19 March 2019
5 އަހަރު ފަހުން ދައްކަން ފަށާ ގޮތަށް. މި 5 އަހަރު މިކަމާ އެއްކަމެއްވެސް ނުކުރާނެ.
ޖަޒުބާތު
19 March 2019
ބަސްނާހާ ދުވަހު އެއްފަހަރާ ދައްކަންޖެހޭ ގޮތަށް ދޯ؟ ކަލޭމެން މޮޅު އިނގޭ.. ޑިމޮކްރަސީއޭ ރައްޔިތުންގެ ހައްގުތަކޭ ކިޔަން. ވަހީދު ވެރިކަމުގައިވެސް އިންޑިޔާއިން ފުރަތަމަވެސް ދައްކަން އެންގީ ތިގޮތަށް ނަގާފަހުރި ލޯނު ގަނޑުކޮށް. މިފަހަރު ތިއެޅުވީ މުޅި ބައިތުލްމާލުގައި ހުރިވަރު.