ލ.ގަމުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް

ލ.ގަމުގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.


ފުލުހުން ބުނީ ރޭ މެންދަމުން އަލިވެ 1:20 ހާއިރު ގަމު ރީޖަނަލް ހޮސްޕިޓަލު ކައިރީގައި އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި ދިޔަ ދެސައިކަލް ޖެހިގެން ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ ސައިކަލް ދުއްވަން އިން 27 އަހަރުގެ ފިރިހެނަކަށާއި ފަހަތުގައި އިން 29 އަހަރުގެ އަންހެނަކަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ވެސް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާއަށެވެ.