ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުންތައް ގިނަ: ރައީސް

ކުރީގެ ހެލްތު މިނިސްޓަރުންނަށް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި ސަމިޓުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިއްހީ ހިދުމަތްތަކާ މެދު އާންމުން ކުރާ ޝަކުވާތަކާ ގުޅުން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބާއްވާ ސަމިޓު ޝަރަފު ވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ފާހަގަކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ޕެނަޑޯލާއި އައިވީ ފަދަ ތަކެތި ވެސް ލިބެނީ އެތައް ތަނަކަށް ސިޓީ ލިޔެގެން ކަމަށް ވާއިރު އެކަމުގައި ކޮރަޕްޝަން އުޅޭ ކަމުގެ ހެކިތައް އެބަހުރި ކަމަށެވެ. ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާދޭ، އާސަންދަ ނިޒާމުގެ ތެރެއަށް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާ އަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފު ވެގެން އެބަދޭ،" ބަނޑޮހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ކުރީގެ ވަޒީރުންގެ ތަޖުރިބާގެ އަލީގައި އެކަމަށް ހައްލު ހޯދިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއާ އަޅާބަލާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ނަމަވެސް ރައްޔިތުން ކުރާ ޝަކުވާތަކާއި ގޮންޖެހުންތައް މަދު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަތޮޅު ތެރެއިން ރަނގަޅު ސިއްހީ ހިދުމަތް ނުލިބުމާއި ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވި އެވެ.

ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ސިއްހީ ދާއިރާގައި އެކަށީގެންވާ ވަރަށް ނެތުމުގެ ޝަކުވާ ވެސް ރައްޔިތުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ކޮލިޓީ ދަށް ބޭސް ރާއްޖެ އެތެރެކުރާއިރު އޭގެ ކޮލިޓީ ބެލޭނެ ގޮތެއް ނެތް ކަމުގެ ޝަކުވާ ވެސް ރައްޔިތުން ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވި ސަމިޓުގައި ކުރީގެ މިނިސްޓަރު އައިމިނަތު ޖަމީލާއި އަނީސާ އަހުމަދު ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ ސިއްހީ ނިޒާމަށް އެކަށީގެންވާ ކުރިއެރުން ލިބިފައި ނުވަނީ ހުރިހާ ހިދުމަތެއް ހޯދަން މާލެ އަންނަން ޖެހޭ ގޮތަށް އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއިން ކޮންމެ ޝަކުވާއަކާ ގުޅިފައިވާ އެތައް ގޮންޖެހުމެއް އެބަހުރި. އެ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްގީކުރަން އުޅުން. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ބަދަލުގައި މާލޭގައި ހުރި ހޮސްޕިޓަލް ތަރައްގީކުރުން،" ރައީސް ވިދާޅުވި އެވެ.

ގޮންޖެހުންތައް ފާހަގަކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށެވެ.

ކުރީގެ ހެލްތު މިނިސްޓަރުގެ އަގު ވަޒަންކުރައްވައި ރައީސް ވިދާޅުވީ އެއިރެއްގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތަށް ސިއްހީ ހިދުމަތް ދިނުމަށް އެ ވަޒީރުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. ރާއްޖެ ދުށް ބޮޑެތި ރޯގާތަކާއި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ވަޒީރުން ކުރައްވާފައިވަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ބައެއް ހެލްތު މިނިސްޓަރުން ކަމަށްވާ ޑރ. އައިމިނަތު ޖަމީލާއި މުއުމިނާ ހަލީމް އަދި އަނީސާ އަހުމަދު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އާއްމު ސިއްހީ ހިދުމަތުގައި ރާއްޖެ ކުރިއަރައި ދިޔައީ ވިސްނުންތެރިކަމާއި ހިދުމަތްތެރިކަމާ އެކު ތިބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން،" ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ރާއްޖެ އިން ނައްތާލާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ފަންޑިތަވެރިކަމާއި ދިވެހި ބޭހުން ފަރުވާ ހޯދަމުން ދިޔަ ދިވެހިންނަށް ޑޮކްޓަރީ ބޭސްވެރިކަން ތައާރަފު ކުރުން އޭރު ވެގެން ދިޔައީ ބޮޑު ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރު، މޫމިނާ ހަލީމާއި މުހައްމަދު މުސްތަފާ ހުސައިން ފަދަ ބޭފުޅުންނަށް އޭރު ދިމާވި ގޮންޖެހުންތަކާއި ތަޖުރިބާތަކަކީ މިއަދު މުހިންމު ކަންކަން ކަމަށެވެ.

ބޮޑެތި ރޯގާތަކާއި ސިއްހީ އެކިއެކި ކަންކަން ހައްލު ކުރިއިރު އޭރު ރާއްޖޭގެ ހާލަތާއި ވަސީލަތްތައް ހުރިގޮތް މިއަދުގެ ޖީލަށް އިހުސާސް ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ކުރީގެ ވަޒީރުން ލަފާ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި 18 ބޭފުޅަކު ވަނީ ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ތެރެއިން 13 ބޭފުޅަކު މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ. މިހާރު ބަނޑޮހުގައި ކުރިއަށްދާ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ މިނިސްޓަރުންގެ ތެރޭގައި މޫމިނާ ހަލީމާއި މުހައްމަދު މުސްތަފާ ހުސައިނާއި އަހުމަދު އަބްދުﷲގެ އިތުރުން އަނީސާ އަހުމަދާއި ޑރ. އައިމިނަތު ޖަމީލާއި ޑރ. އަހުމަދު ޖަމްޝީދުގެ އިތުރުން ޑރ. މަރިޔަމް ޝަކީލާ ހިމެނެ އެވެ. އަދި އަހުމަދު ޒުހޫރާއި އިރުތިޝާމް އާދަމްގެ އިތުރުން އަހުމަދު ނާޒިމް ވެސް އެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެއް މޭޒަކުން ބައްދަލުކުރުމަކީ ލިބިގެން ދިޔަ ބޮޑު ނަސީބެއް ކަމަށެވެ. ޒަމާނާއި ވިސްނުމާއި ފިކުރު ބަދަލުވެފައިވާއިރު އެބޭފުޅުންގެ ތަޖުރިބާއަކީ ކުރިމަގަށް ކަންކަން ރޭވުމަށް ބަލާއިރު މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓުގައި މިހާރުގެ ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެބޭފުޅުންގެ އަގުހުރި ތަޖުރިބާއަކީ ގައުމުގެ އަގުހުރި ރައުސްމާލު ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ޑޮކްޓަރީ ބޭސްވެރިކަން ތައާރަފުވީ ވޯރާ ވިޔަފާރިވެރިންގެ ފަރާތުންނެވެ. އެއީ 1931 ގަ އެވެ. ރާއްޖޭގައި ފުރަތަމަ ހޮސްޕިޓަލެއް ގާއިމުކުރީ 1948 ވަނަ އަހަރުގަ އެވެ. އޭގެ 33 އަހަރު ފަހުން ރާއްޖޭގައި ދިވެހި ޑޮކްޓަރެއް ދިވެހިންނަށް ހިދުމަތް ދޭން ފެށި އެވެ. އެއީ ޑރ. އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) އެވެ. އަދި 1960 އިން ފެށިގެން އަތޮޅު ތެރެއަށް ސިއްހީ ނިޒާމު ފުޅާކުރަން ފެށި އެވެ. އޭރު އަތޮޅު ތެރޭގައި ފަރުވާ ދެމުން ދިޔައީ ފަންޑިތައާއި ކިޔެވެލިތަކުގެ އެހީގަ އެވެ.

25 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާ

23 April 2019

ސަރުކާރުން މީހާރުން މިހާރަށް ކުރަންވީކަމެކީ މި ދެދާއިރާއަށް ދާއިރާއަކަށް މަދުވެގެން 10 ސްޕެއަލިސްޓުން ހޯދަންވީ! އެދެ ދާއިރާ އަކީ، ކަށީގެ ސްޕެއަލިސްޓުން، އަދި ކާޑިއޯ( ހާޓްގެ ސްޕެއަލިސްޓުން) މިދެ ދާއިރާ ގައި މިހާރު ތިބީ ވަރަށް މަދު ޑޮކްޓަރުން! އަދި މިޑޮކްޓަރުންގެ މަސައްކަތަކީ ޚިދުމަތް ދިނުމައްވުރެން ޑިމާންޓްމަތިކުރުން! މިކަމުގެ ހައްލަކީ ގިނަ ސްޕެއަލިސްޓުން ގެނައުން! މިހާރުވެސް ޑޮކްޓަރ އަށް ދައްކަން ނަންނޯޓްކުރީމާ 1245އަށް 6 މަސްފަހުންޖެހެނީ!

The name is already taken The name is available. Register?

އަބުޖީ

18 April 2019

މިއީ ރާއްޖޭގެ ތަރީޚުގައިވެސް މިފަދަކަމެއް ކުރެވުނު ފުރަތަމަފަހަރު. ވަރަށްފުރިހަމަ ކަމެއްމީ. ހުރިހާދާއިރާއަކުންވެސް މިކަހަލަ ނަމޫނާއަކަށް މަސޢްކަތްކުތުން ރަގަޅު.

The name is already taken The name is available. Register?

މަންޑޭލާ

18 April 2019

ޔާމިން ދައުރުގާ އިންގިލާބީ ބަދަލެ އައި.

The name is already taken The name is available. Register?

ކައުސަރު

18 April 2019

ބަލާބަލަ ޗާލުކަން ހުރިހާ ސިއްހަތު ވަޒީރުން. މި ވިޝަންއާ މެޗު ކުރާނީ ކިހިނެއް! ސާބަސް އަމީން! ތިޔައީ ހަމަ ގަދަ ފަހުލަވާނެއް!

The name is already taken The name is available. Register?

މަލް

18 April 2019

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަދީބަލަ ޕުލީޒް. ކިޔަވަން ނުފެއްޓިފަ މިތިބީ ):

The name is already taken The name is available. Register?

ކަނބިލި

18 April 2019

އަމީނަކަށް ނުވާނެ ތިޔަ ކަމެއް.ކަމަކަށް އޮންނާނީ ޖަލްސާތައް ބޭއްވުމާއި ކެމްޕޭންތައް ލޯންޗުކޮށް ފޮނިއަނގަތެޅުން

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

18 April 2019

ސިއްހީ ހިދުމަތްތަކާ މެދު އާންމުން ކުރާ ޝަކުވާތަކާ ގުޅުން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ ރައީސް އިބްރާހިމް ނާސިރު 21 އަހަރަށްފަހު ރައީސް މައުމޫން 30 އަހަރަށްފަހު ރައީސް ނަޝީދު 3 އަހަރަށްފަހު ރައީސް ވަހީދު 2 އަހަރަށްފަހު ރައީސް ޔާމީން 5 އަހަރަށްފަހު 61 އަހަރު މާޒީގައި ރާއްޖެ ބަދަލް ވަމުން އައިސް ރައީސް އ މ ސޯލިހް ތިޔަ ގޮންޖެހުމަށް މެދު މިނުގެއަވަސް ހައްލެއް ކުރުމަގުން ހޯއްދަވާދެއްވާނެ.

The name is already taken The name is available. Register?

މަގޭ ވިސްނުން

18 April 2019

ސިއްޙީ ދާއިރާގެ މިނިސްޓަރަކަށް އެކަމުގެ ސްޕަރ ސްޕެޝަލިސްޓެއް ބެހެއްޓުން ރަގަޅު، މިއީ ވަރަށް ސީރިއަސް އެހާ މުހިންމު ދާއިރާއެއް، އޭރުން އެމީހަކަށް އެގި ފެނި ތަޖުރިބާ ކުރެވިފަ ހުންނާނީ އެތަންތަން މެނޭޖް ކުރާނެ ގޮތް،ބޭނުންވާ ވަސީލަތްތަކާއި ހައްލު

The name is already taken The name is available. Register?

ވަހީދު

18 April 2019

ބަލަ ހެލްތުމިނިސްޓަރަކީ ބަލިމީހުން ބަލަން ކަށިގަނޑު އަަލުވައުގެން އުޅެންޖެހަެ މީހެއްތަ. ތިޔަމިނިސްޓްރީގައި ކަށިގަނޑު އަޅުވައިގެން ލައްކަގިނަ މީހުން އުޅެފި ކޮންކަމެއްވީ. މިނިސްޓްރީތައް ހިންގަން ބޭނުންވަމީ މެނޭޖަރުން، ހިންގުންތެރިން

The name is already taken The name is available. Register?

ޝޮކްތެރަޕީ

18 April 2019

އަދިވެސް މިރައިސް މިދަނީ ވައްކަމޭ ކިޔަގެން ކެމްޕޭން ކުރަމުން.

The name is already taken The name is available. Register?

ޙަބީބު

18 April 2019

ގޮންޖެހުން ގިނަވާނެ ތާކުން ތާކުނުޖެހޭ ގޮތައް ކޮންމެ ރަށެއްގަ ހޮސްޕިޓާ ހަދާފަ ވަސީލަތް އެކަށީގެންވާ ގޮތުގަ ނުދީ ނަންބޯޑު އެޅުވީމަ މާލެޔައް ބާރުތައް ޖަމާކޮއް ރައްރަށުގަ ހުރި ހޮސްޕިޓަލް ތަކައް ރަނގަޅު ޑޮކްޓަރުން ނުލިބުނީމަ އައިޖީއެމްއެޗް ފިޔަވާ ރާއްޖޭގެ އެންމެ ކާރޫބާރޫބޮޑު ހޮސްޕިޓަލް ކުޅުދުއްފުށި ހޮސްޕިޓަލް ނިކަންބަލާ އޮތްނިކަމެތިހާލު ކޮބައިތޯ އަޑުއަހާނެ މީހެއް މިހާރު ތިއޮތީބާރުލިބިފަ ދެންވެސް ތިކަން ހައްލު ކޮއްބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454