ޚަބަރު / ރާއްޖެ-ލަންކާ

ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް: ލަންކާގެ ވިސާގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން މިހާރަށް ވުރެ ހަރުކަށިކޮށްފި އެވެ.

އެކި ބޭނުންތަކުގައި ލަންކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ދޫކުރާ ރެސިޑެންސް ވިސާ އަށް ބަދަލު މި ގެނައީ، ހަމަލާތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނިގޮތުގައި ރެސިޑެންސް ވިސާ ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ލަންކާ އިން ވަނީ ދިވެހި ސަރުކާރަށް އަންގައިފަ އެވެ. ކުރިން އޮންނަ ގޮތުން، ކިޔެވުމާއި އެކި ބޭނުންތަކަށް ލަންކާ އަށް ދާ ދިވެހިން ޓޫރިސްޓު ވިސާގައި، އެ ގައުމަށް އެތެރެވެ ލަންކާގައި ތިބެގެން އިމިގްރޭޝަނުން ރެސިޑެންސް ވިސާ ނެގެ އެވެ.

އެކަމަކު، މިހާރު ހަމަޖެއްސި ގޮތުން ނަމަ، ދިގު މުއްދަތުގައި އެ ގައުމުގައި ތިބެން ބޭނުން ނަމަ އެތެރެވެވޭނީ ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކޮށްގެންނެވެ. ލަންކާ އިން ރެސިޑެންސް ވިސާ ބޭނުންވާ މީހުން ދެން އެދެން ޖެހޭނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީގަ އެވެ.

މި އުސޫލަށް މި މަހު 15 ގައި އަމަލުކުރަން ފަށާނެ އެވެ.

ރެސިޑެންސް ވިސާ އަށް މި ބަދަލު ގެނަޔަސް އޮން އެރައިވަލް ވިސާ އަށް ބަދަލެއް ނުގެނެ އެވެ.

ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ރެސިޑެންސް ވިސާ އަށް މި ގެނައި ބަދަލުގެ އެއްވެސް އަސަރެއް، ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންނަކަށް ނުކުރާނެ އެވެ. ރެސިޑެންސް ވިސާގައި މިހާރު ތިބި މީހުންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ތިބެ އާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮރިން މިނިސްޓަރު ޝާހިދު، ލަންކާގެ ޕްރައިމް މިނިސްޓަރާ މާދަމާ ބައްދަލު ކުރައްވާ އިރު ވިސާގެ އުސޫލަށް މި ގެނައި ބަދަލާ ގުޅޭ ގޮތުން ދިވެހިންނަށް ލުއިތަކެއް ހޯދަން މަޝްވަރާ ކުރައްވާނެ،" މިއުވާން ވިދާޅުވި އެވެ.

ކިޔެވުމާއި ބޭސްފަރުވާ ފަދަ ބޭނުންތަކުގައި ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅެ އެވެ. ލަންކާ އަށް ދިން ހަމަލާތަކަށް ފަހު ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި، ވިސާ ނެތް ބައެއް ދިވެހިން ހައްޔަރުކޮށްފައިވެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން ވިސާ ނެތި ލަންކާގައި އެބަ އުޅެ އެވެ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ބިދޭސީ 42 މީހުން ހިމެނެ އެވެ.

26 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 13%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

08 May 2019

ވަރަށް ރަނގަޅު ނިންމުމެއް. ގިނަ ދިވެހިންނަށް ހީވަނީ ލަންކާއަކީ މާލޭގެ ބައެކޭ، މާފަންނެކޭ. ބައްލަވާ ލަންކާއަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެގައުމުގަ ދިވެހިން ޕާޓޭވެގެން އުޅެންޏާ ފިޔަވަޅުވެސް އަޅާނެ. ރާއްޖޭގައި މިނިވަންކޮށް ނޫޅޭވޭތީ ކިޔެވުމުގެ ނަމުގައި ވަގު ވިސާގަ ނުވަތަ ވިސާއެއްނެތި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅުވެސް އެޅެންވާނެ

The name is already taken The name is available. Register?

ޑރ. ރާމީ

08 May 2019

ހައްހައް. ލަންކާ މީހުން އަބަދުވެސް ކުރާނީ ރާއްޖޭ ގައި ނަމަ "ފަންކާ"، ނޫންނަމަ "ރާސްޓަސް" ވައްތަރު ކަންތައްތައް. ޓްއަރިސްޓް ވިސާ އޯޕަން ކޮށް ބާއްވާފައި ރެސިޑެންޓް ވިސާ އުނދަގޫ ކުރުމަކީ ކޮން މާނަ އެއް ހުރި ކަމެއް ތޯ ؟ ބޮންގޮއްވަން ބޭނުން މީހާ، ޓްއަރިސްޓް ވިސާ ގައި ނަމަވެސް އެތެެރެވާނެ. މީގެ ހައްލަކީ ލަންކާގެ އިމިގްރޭޝަން އޮފީހުން ވިސާ ދޭއިރު އިންޓަރވިޔު ގައި ބޮޑަށް ޗެކު ކުރުން. މިއީ ކަނާއަތުން ވާއަތް ބުރިކޮށްލުން ކަހަލަ ކޮސް އަމަލެއް !!!!!!

The name is already taken The name is available. Register?

ނަޝްފާ

08 May 2019

އަހަރަކު އެއްފަހަރު ރާއްޖެއިން ޕޮލިސް ރިޕޯރޓް ވެސް ގެނެވި ދާނެ.

The name is already taken The name is available. Register?

މީކާއީލް ޝަފީގް

08 May 2019

ނަޝްފާގެ ތިހައްލު ވެސް ރަނގަޅު މާލޭ ލަންކާ އެމްބަސީ އަށް ދިޔުމަށް ވުރެ.

The name is already taken The name is available. Register?

ކައްމަތިން

08 May 2019

ކީއްވެތޯ އެފަދަ ޙަމަލާއެއް ލަންކާގެ ބަޔަކު ދޭންްޖެހުނީ . މިކަން ބެލީމާ މައްސަލަޙައްލުވެދާނެ. މިކަން ނުބަލާބަމަ ތަޙްގީގު ފުރިހަމައެއް ނުވާނެ.

The name is already taken The name is available. Register?

ޑރ. ރާމީ މ. ވައިނުޖެހޭގެއާގެ.

08 May 2019

މިއީ ތަރައްގީ ވެފައިވާ ގައުމު ތަކުގައި ވެސް މިކަން އޮންނަ ގޮތް. ނަމަވެސް ލަންކާ އާއި ރާއްޖެ އާއި ދެމެދު މިހެން ހެދުމުގެ މާނަ އެއް ނެތް. އެއީ ތަރައްގީ ވެފާވާ ގައުމުތަކުގައި ޓްއަރިސްޓް ވިސާ ވެސް ލިބެނީ އެމްބަސީ ގެ އިންޓަރވިޔު އިން ފާސް ވެގެން ކަމަށް ވާތީ. ވީމާ މިއީ ދެއުޅިއެއްވާ ކަމެއްނޫން. އެމްބަސީ އިން ދޭ ހުއްދަ ދިނުމަށް ރާއްޖޭގައި ލަންކާ އެންބަސީގައި ތިބޭ މީހުން ލަންކާ އިމިގްރޭޝަން ގައި ބައިތިއްބިދާނެ.

The name is already taken The name is available. Register?

ނަބީލާ

08 May 2019

ތި ގޮތަށް ހަމަޖައްސައިފި ނަމަ މަތިންދާ ބޯޓެއްގައި ދަތުރު ކުރާނީ 3 މީހުން ތާ. ދުވާލެއްގެ މައްޗަށް 7 ފްލައިޓް އޮވޭ ލަންކާ އަށް.

The name is already taken The name is available. Register?

ސަމާލުވޭ

08 May 2019

ލަންކާގައި ބޮންގޮއްވީ ލަންކާގެ ޓެރަރިސްޓުން. ލަންކާގެ ޓެރަރިސްޓުން މިރާއްޖޭގައި އެފަދަ ހަމަލާއެއް ނުދޭނެކަމަށް ހީކޮށްތިބުން އެއީމޮޔަކަމެއް. ވަގުތުންވަގުތަށް ރާއްޖޭގައިއުޅޭ ލަންކާ ރައްޔަތުން އުޅޭތަންތަން ބަލާފާސްކޮށް މިގައުމުގެ ރައްޔަތުންނާއި ގައުމު ނުރައްކަލުން ސަލާމަތް ކުރަންޖެހޭ. ލަންކާއިން ރާއްޖެ އަންނަ މީހުންގެ ވިސާގެކަންތައްވެސް ވަރަށްފުރިހަމައަށް ބަލަންޖެހޭ.

The name is already taken The name is available. Register?

ޢަބްދު

08 May 2019

ލަންކާ ކުދިން އިހަށް އެއްފަރާތް ކޮށްލާފައި ދިވެހިންގެ ތެރޭގައި ތިބި ހައްދުފަހަނައަޅާފައި ތިބި މީހުންގެ ވާހަކަ ދައްކަމާ... އަހަރުމެންގެ ތެރޭގައިވެސް ދީނަކީ "ޖިހާދު" ކަމުގައި ދެކޭ މީހުން ދަނީ އިތުރުވަމުން... އެ ޕްރޮޕެގެންޑާ ފަތުރަމުން ދާ މީހުންވެސް މަދެއް ނޫން...

The name is already taken The name is available. Register?

ތތތތ

08 May 2019

ހައްދު ފަހަނަ އެޅި ބައެއް ކުރިކަމެއްނަމަ ހޮޓަލުގެ ބަދަލުގައި، ބުދު މީހުން އަޅުކަން ކުރާ ތަންތަނަށް ނޫންބާ ހަމަލާދޭނީ؟ މުސްލިމުން އަމިއްލައަށް "ހައްދު ފަހަނައެޅި" ލިބިގަންނަނީ. އަހަރެމެން އަމިއްލަ އަށް އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ.

The name is already taken The name is available. Register?

ބަބުރުލް ސަލީމް

08 May 2019

ދިވެހިން އެތާ އުޅެންޏާ ހަމަ ފައިދާވާނީ ލަންކާ އިކޮނޮމީއަށް. އާއްމުކޮށް ފައިސާވެރިން ލަންކާގާ ދިރިއުޅެނީ. އެމް.ސީ ތަންތަނަށް ފައިދާވަނީ ދިވެހިން ލަންކާގާ އުޅޭތީ. މީ ހަގީގަތަކީ.

The name is already taken The name is available. Register?

އަލީމޫސަ

08 May 2019

އެހެންނަމަވެސް.....

The name is already taken The name is available. Register?

Hassan Thoufeeq

08 May 2019

ޙަޤީޤަތުގައިވެސް ލަންކާގެ މަގުމަތީ އަޅުގަނޑުން ރާއްޖޭގެ ރައްޔިތުން އުޅެމުންދަނީ އެޤައުމުގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުންނަށްވުރެން ބާރުގަދަކޮށް މަގުމަތީ ސިނގިރޭޓުބޮއެ ހާއްބާ ކަނޑާލާފަ. އަދި މިކަމުގެ ސަބަބުން ކިޔަވާންގޮސް ތިބޭ ޢާއިލާތަކަށްވެސް އުދަގޫތައް ކުރިމަތިވޭ! މިއިން އަހަރުމެންގެ ފޯރުންތެރިކަން ހުރިމިންވަރު. ޤަވާޢިދަށް ފައިންއަރާ ޗިސްކޮށްލާފަ މިތިބެނީ! ސިގިރޭޓެއް ބޯންހުންނަ މީހާނުވޭ ދެވަނަ ދެމީހަކަށް. ޙަމަދިވެއްސެއް. ﷲއަށް ޙަމްދުހުރި

The name is already taken The name is available. Register?

ލީލާ

07 May 2019

ތިގޮތްހަމަރަނގަޅު މިކޮޅުންވެސް ވިސާކަންކަން ހަރުދަނާކުރުން ވަރަށް މުހިންމު

The name is already taken The name is available. Register?

އަލީރާޖާ

07 May 2019

ބޮން ގޮއްވީ އަމިއްލަ ގައުމުގެ ބައެއް. ހުރިހާ އުދަގުލެއް ބުރުގާ އަށާއި އެހެން ގައުމުތަކުގެ މީހުންނަށް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454