ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ޒާހިރު: މި ސަރުކާރުން ކަންކަން ކުރާނީ ރޭވުންތެރިކަމާ އެކުގައި ކަމަށް އަލީ ޒާހިރު ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް
13 މެއި 2019 - 13:19
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނީ، ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކުގައި ކަމަށާއި ބާރު ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަލީ ޒާހިރު މިގޮތަށް، މި ވިދާޅުވީ، މި ސަރުކާރަށް ހަ މަސްވި އިރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގުމާއި ޚިދުމަތް ދިނުމުގައި ލަސް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ފާޑުކިޔާފައި ވަނިކޮށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ދިރިއުޅުމުގެ އަގު އިންތިހާ އަށް ބޮޑުވެ، ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ. ތަރައްގީއަށްޓަކައި މި ސަރުކާރުން މިހާތަނަށް "ފުރޮޅި އެންމެ ގާކޮޅެއް ވެސް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.
މި ވާހަކަތަކަށް އިޝާރާތް ކުރައްވައި އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަރައްގީގެ ނަމުގައި، އެއްވެސް ރޭވުންތެރި ކަމެއް ނެތި ގާ ފުރޮޅައި މި ސަރުކާރުން ތަންތަން ސުންނާފަތިކޮށް ނުހަދާނެ ކަމަށެވެ. އޭގެ ބަދަލުގައި، ޚިދުމަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދާނީ ވިސްނުންތެރިކަމާ އެކު އެތައް އަހަރަކަށް ޕްލޭންކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
"ތަރައްގީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑުގައި ހިންގަން ފަށާ މަންޒަރު ފެންނާނެ" --އަލީ ޒާހިރު
Misarukaarun tharaggige namuga eyves reyvuntherikameh nethi GAAFUROLHA thanthan sunnaafathi koh nuhadhaane. Eyge badhaluga visnuntherikama eku ethah aharakah plan kurevigen, dhemehettenivi tharaggige mashroouthah dhaadhi avahah baaru speedgai hinganfasha manzaru fennaane. IA
— Ali Zahir (alipi) (@alixahir) May 13, 2019
އަލީ ޒާހިރުގެ ޓުވީޓް.
މި ސަރުކާރުގެ މަޝްރޫއުތައް ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދާން ނިންމާފައިވާ ކަމުގެ ޔަގީންކަން އަލީ ޒާހިރު ދެއްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގިނަ މަޝްރޫއުތައް ހިންގީ ޕްލޭނެއް ނެތި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އަލީ ޒާހިރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މި ސަރުކާރުގެ އިސްވެރިން މިސާލު ޖައްސަވަނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތަށް ކުރި ޚަރަދާއި ނަސަންދުރަ ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރީ، އޭގެ ތިން އިމާރާތް ހެދޭނެ އަގުގައި ކަމަށް ބުނެ ފާޑުކިއުން ބޮޑެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން އެ ފާޑުކިއުން ދިފާއުކުރަނީ، އެމަނިކުފާނު ތަރައްގީގެ މަޝްރޫއުތައް ހިންގެވި ސްޕީޑުންނެވެ.
މި ސަރުކާރު ވެރިކަމަށް އައީ، ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދޭން އިސްކަންދީ، ހައްގުތައް ދިފާއުކޮށްދީ، އިންސާފު ގާއިމްކޮށްދިނުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކުން ކުރިއެރުން ގެނެސްދޭނެ ކަމުގެ ވައުދާ އެކުގަ އެވެ. ވެރިކަމުގެ 100 ދުވަހަށް ވައުދުތަކެއް ކަނޑައަޅައި، އޭގެ 83 ޕަސެންޓް ހާސިލްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު ހާން
15 May 2019
5 އަހަރު ވެރިކަމުގެ ދައުރު ގިނަކަމަށާއި 4 އަހަރު އެއީ ވެރިކަމެއް ކުރުމަށް އެންމެ ރަނގަޅ މުެްދަތުކަމަށް ރައީސް ޞޯލިހް ވަނީ ވިދާލުވެފައި، ވީމާ ކަންކުރާނެ އަވަސް ސްޕީޑްގައި، މަނިކުފާނު 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެކަމަށް ވިދޅުވި ކަމެއްތޯ "ދަރިވަރުންގެ ހެނދުނު ނާސްތާ" ތިނާސްތާ ލިބޭލޭ ފުރިހަމަ ކަމުން ސްކޫލް ކުދީން މިހާ ފަތިސްވުމުގެ ކުރީން ތި ނާސްތާ ހޯދުމަށް ހޭލައިގެން ސްކޫލް އަށް އެދަނީ،މ ކުދީންގެ ވިސްނުން މިހާރު މި ތީބީ ކަނޑުމަހުގެ ---
ވޯޓްވަގު
14 May 2019
މިއިން އެނގެނީ ވެރިކަމަށް އައީ އެއްވެސް ޕްލޭނެއް ނެތިކަން، މިފަހަރު ވޯޓް މިދެވުނީ އެއްވެސް އޮށްޓަރެއް ހުރި މީހަކަށްނޫންތާ، ވެރިކަމަށް މިހާރު ހަމަސްފުރުނުއިރުވެސް އެބުނަނީ އަދި ޕްލޭނެއް ނެތްކަމަށް، ވަރަށް ދެރަގޮތެއް މިފަހަރު މިވީ.
ޙިނި
14 May 2019
ދިވެހިން ހަނދާން ނެތޭނެ، ޔާމިނު ސަރުކާރުގަ ވައްކަމާ ކޮރަޕްޝަނުން ބައިތުލްމާލުން ގެއްލުން 1 ބިލިޔަން ރުރިޔާ މިހަރު ހުދުކާފޫރައްވީ.
ޑދސސ
14 May 2019
ވިސްނުންތެރިކަމާއެކު ދުރު ޕްލޭން ރާވަން 5 އަހަރުތޯ މިހިރަ މިޙާ ބޭނުންވަނީ.
އަލީފު
14 May 2019
ތަރައްޤީގެ މަޝްރޫޢު ތަކުގެ ވާހަކަ ބައެއް ބޭފުޅުން ދައްކަވާއިރު އެބޭފުޅުން ޢަމަލީ ގޮތުން ހަޔާތުގައި ކުރި ކަމެއް، ހިންގި މަޝްރޫޢުއެއް، ނުވަތަ އެފަދަ އެއްވެސް ކަމެއް ފެންނަން އެބަ އޮތްތޯ؟ ނެތިއްޔާ އަދި ވާހަކަ ތަކެއް ދެއްކިޔަސް އަޑުއަހާމީހަޔަށް އެހާ ފަސޭހައެއް ނުވާނެ!
ސުލޭމާނު
13 May 2019
މާލެ އަކަސް ރާއްޖެތެރެ އަކަސް ވެރިކަމަށް އިސްކުރަންޖޭހޭނީ އެކަން ކުރެވޭނެ މީހުން. ޖަޒީރާ ރާއްޖެ އެކޭ ބުނާއިރަށް އެއީ ކޯންޗޭއްކަން ނޭގި ތިބެ އަތްޖަހަން މިއެގެނީ.
މަންނާނުބޭ
13 May 2019
އިބްރާހިމު ފަހަތުން ބާރު ސްޕީޑުގަ ހިނގާލަ ހިނގާލާ ހުހްނާނެ ވާހަކަ އެބުނީ. ބާރަށް ހިނގާ. ބާރަށް ހިނގާ.
އަހުމަދު ނަސީރު
13 May 2019
އަލީޒާހިރުމެން ވަރައްމޮޅުވާނެ ހިހޫތަނުންކާލަން ގައުމައް ކޮންމެގޮތެއްވިޔަސް އެއްޗެއްނުބުނާނެ ވަޒީފާގަޑުގެއްލިދާނެތީ
ހާރޫން
13 May 2019
މި ގައުމުގެ ރައީސް އަކީ އެއް ގަނޑެއް ހިފައިގެން އުޅޭ މީހެއް. އޭގާ އޮންނާނީ ހުސްއެކަނި ރައީސް ޔާމިނުގެ ނުބައި ވާހަކަ. އެ ނޫން ކަމެއް މިވެރިކަމުގަ ނުކުރެވޭ.. މަށަށް މިހާރު އެ ސްޕީޗް ހިތުދަސް.. ހިތަށް އަރާ ބޭކާރު ވާހަކަ ނުދައްކާ ރައްޔިތުންނަށް ކަމެއް ކޮށްދޭނީ ކޮންއިރަކުން ބާ އޭ..
ވަރުގަދަ
13 May 2019
ގާފުރޮޅާނީ ރޭވުންތެރިކަމާ އެކު، މަޝްރޫއުތަކުގެ ސްޕީޑު ބާރުވާނެ ކަމަށް އަލީޒާހިރު ބުނި ނަމަވެސް އެކަން ވާނެ ކަމުގެ އަލާމާތް ތައް ނުފެނެއޭ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ހަވާލު ވުމަށް ފަހު ކުރީގެ ރައީސުން ތައް އެޅި ބްރިޖް އާއި އަދި އެރައީސުންގެ ވެރިކަމުގައި ބަނދެފައިވާ އެއާރކްރާފްޓް ކެރިއަރސް ތައް އަގުބޮޑޭ ބުނެ ޓްރަމްޕްގެ ވެރިކަމުގައި އެއާރކްރާފްޓް ކެރިއަރ ނުބަންނަ ގޮތަށް ނުނިންމައޭ ބަދަލުގައި ޖެއްސީ ލާރޖް ކޮށް ބަންނަންއޭ ދުނިޔޭގައި އޮތް އެންމެ