13 މެއި 2019 - 11:30
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، ރައްޔިތުން ބޭނުންވާ ސްޕީޑުގައި ޚިދުމަތް ނުދެވޭ ކަމަށާއި ތަރައްގީ އަށް މިހާތަނަށް ފުރޮޅި އެންމެ ގާ ކޮޅެއް ވެސް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޝިޔާމް "މިހާރު" އަށް ވިދާޅުވީ ބޮޑެތި ވައުދުތަކަކާ އެކު ވެރިކަމާ ހަވާލުވި ސަރުކާރުގެ ހިންގުމާއި ޚިދުމަތް ދިނުން މާބޮޑަށް ލަސް ކަމަށެވެ. ސަރުކާރަށް ހަ މަސް ވި އިރު ދިރިއުޅުމުގެ ޚަރަދުތަކުގެ އަގު ބޮޑުވުމުގެ ޝަކުވާތަކާ އެކު ރައްޔިތުން މާޔޫސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އަތްނުފޯރާ މިންވަރަށް ވަނީ މައްޗަށް ޖެހިފަ އެވެ. ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ ވެސް އެހާ ބޮޑު ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ވައުދުތައް ފުއްދުމުގެ ނަމުގައި ކޮމިޝަންތަކާއި ކޮމިޓީ އަދި ކުންފުނިތައް މި ސަރުކާރުން އުފައްދާތީ ވެސް ޝިޔާމް ފާޑުވިދާޅުވި އެވެ.
"ކޮމިޝަންތަކާއި ކޮމިޓީތައް އުފައްދައިގެންނާ އެކު ދައުލަތުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެގެން މިދަނީ. ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭ،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ކޮންގްރެސްގައި ޝިޔާމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޝިޔާމް ވިދާޅުވި ގޮތުގައި ތަފާތު ކުރުމެއް ނެތި ތަރައްގީ ގެނެސްދެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ނަމޫނާ ދައްކަވައިފަ އެވެ. އެ ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގުމަކީ ރައްޔިތުންގެ ހިތްހަމަނުޖެހުން އޮންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަރައްގީއަށްޓަކައި، ރައްޔިތުންގެ ފައިދާ އަށް މި ސަރުކާރުން އެންމެ ގާކޮޅެއް ވެސް އަދި ނުފޮރުޅާ، މިއީ ކަންބޮޑުވުމެއް،" ޝިޔާމް ވިދާޅުވި އެވެ.
ޚިދުމަތް ލަސްވަނީ، ޝިޔާމް ވިދާޅުވި ގޮތުގައި، ކޯލިޝަން ޕާޓީތަކަކުން ސަރުކާރު ހިންގާތީ، އެތައް ބައެއްގެ ހުއްދަ ހޯދައިގެން މަޝްރޫއުތައް ހިންގަން ޖެހުމުން ކަމަށް ވުން އެކަށީގެންވެ އެވެ.
ދައުލަތުގެ ޚަރަދުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ގައުމުތަކަށް ދަތުރުކުރައްވާ އިރު، އެ ދަތުރުތަކުން ރައްޔިތުންނަށް ލިބޭ ފައިދާ ވެސް ސާފުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. ގިނަ ގައުމުތަކަށް ޝާހިދު ދަތުރުކުރައްވާފައިވާ އިރު، ދައުލަތުގެ ބަޖެޓުން މިނިސްޓަރުގެ ރަސްމީ ދަތުރުތަކަށް ކަނޑައަޅާފައިވާ މިންވަރު ވެސް މިހާރު ހަމަވެފައިވާނެ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
ޝާހިދުގެ ދަތުރުތަކުން، މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ވާހަކަ އަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި، އެހީ ބޭނުންކުރާ ގޮތް ވެސް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ޒާހިރު
15 May 2019
އަސްލުވެސް ސްޕީޑް ވަރަށް ދަށް ސަރުކާރެއް މީ. އަހަރެމެން ޕްރައިވެޓް ސެކްޓަރ ގަ ތިބި މީހުން އިނދަ ޖެހެނީ މިއޮށް. ސަރުކާރުން ޕޭމަންޓް ލިބޭ ލެތް އިންތިހާއަށް ލަސްވެއްޖެ.
ނަޖްްމާ
15 May 2019
ސިޔާމޫ ކައެ މެން ފަސް އަހަރު ދުވަހު އުކިހާ ކުނިގާތައް ހޮވާ ސާފުކޮށްގެން ދޯ ކަމެއް މީހަކަށް ކުރެވޭނީ؟ ގާ ހޮވަން ކައެވެސް އަންނަން ވީނު ފީކަޅާ އަނގަ ނުތަޅާ ދެން!
ހަސަން ހުސޭން
14 May 2019
ކޮބާ 100 ދުވަހުގެ ވައުދު މިސްކިތްތައް އޭސީކޮއްދީފިދޯ؟
ޒިން
15 May 2019
އެ 100 ދުވަހުގެ ވަޢުދެއް ނޫން ރިޔާސީ ވަޢުދެއް..
ިއިބްރާ
15 May 2019
ސަތޭކަ ދުވަހަށް ގުނޭނީ ކޮންމެ 40 ދުވަހަކުން އެއްދުވަސް. އެހެންކަމުން އަދި 100 ދުވަސްވާން ގާތްވެސްވުވޭ. މޮޔަފުޅުވީތޯ!
ބޯބުޅި
14 May 2019
ތަރަގީއަށް ފުރޮޅި ގާގިނަވީމާ ޖީއެސްޓީ ހަމަނުވީ އަގަނުތަޅާ ސިޔާމު މަޑުންހުރޭ މިހާރުމެބަރަކަސް އާރާބާނެތެނުން
ޖިނާޙް
14 May 2019
ފުރަތަމަ 6 މަސްތެރޭ އެމްއެމްޕީއާރުސީ ރުފިޔާ ގެއްލުނު ނިމިދިޔަ ފަސްއަހަރު ހޭވި ހަޑި ފިލުވާފަ ދޯ ކަމެއް ވާނީ
ކަތްދައްތަ
14 May 2019
ފުރަތަމަ 6 މަސްތެރޭ އެންމެވެސް ހަމަ ހާވަނީ އެއްހަޑިއެއް. އެމް.އެމް.ޕީ.އާރު ސީ އެސަރުކާރުގަ. މިސަރުކާރުގަ ދީބަޖާ އަކާއި ބިގަކާ ދެތިން ކޮހުންނަށް ދޭންޖެހޭ ރުފިޔާ ގަނޑު.
1234
14 May 2019
މުޅި ދައުލަތް އެކީގައި ކުރަން ޖެހެނީ އެއްމަސައްކަތެއްތަ؟ ތަހްޤީޤު ކުރުން ޕޮލިހުން މީގެކުރިން ކުރަނީ. މިހާރު ރައީސުލް ޖުމްހޫރިއްޔާތަ އެމަސައްކަތާ ހަވާލުވެފަހުރީ. މީގެ ކުރިން ޝަރީޢަތް ކުރަނީ ކޯޓުތަކުން. މިހާރު ރައީސުލްޖުމްހޫރިއްޔާތަ ޝަރީއަތް ކުރައްވަނީ. ބަހަނާ ދައްކާ މީހުންނާއި ދައްކަން ހިތްވަރުދޭ މީހުންނަކީ ދެފުއްދެގޮތް މީހުން.
ހަސަންކޮ
15 May 2019
ކަމެއްވާ އިރަށް އެބަޔެކޭ މިމީހުންނޭ ކިޔާ އިބޫ ހަޅޭއްލަވަނީ..!! ވާކަމެއް ހަރާން. މީހަކު ޖޮބުން ކަނޑާލާ އިރަށް އޭނަ އެބުނަނީ އެއީ ކުންފުނީގެ ކަމެކޭ...!! ބޮލުން އެއްލާ ނުލެވޭނެ...!! 1 އަހަރުވެސް ވާނެ، 2 އަހަރުވެސް ފުރޭނެ. އެއްވެސް ކަމެއް ރައްޔިތު މީހާ އަށް ނުފެނާނެ...!!!
ިއިބްރާ
15 May 2019
އެމްއެމްޕީއާރސީގެ ފައިސާ ދައުލަތަށް ވައްދާނެކަމުގެ ގެރެންޓީ ދިނީމާ ވޯޓްދިނީ. އެކަންނުވާނަމަ އަވަހަށް އިސްތިއުފާދެއްވާ. ކުރީގެރައީސް ގެދައުރުގައި މި ގައުމު މާ ތިޔާގިއެވެ.
ކަނޭ
13 May 2019
އަހަރެމެން ކަނުވީމަ ނުފެންނަނީ ކަންނޭގެ
އަހުމަދު ސަރީފް
13 May 2019
ރިޕޯޓުނެރުމާ ކޮމިޝަންހެދުމާ މަރުވެފާވާމީހުން ހޯދުމާ ގެއްލުވާލާފަވާ މީހުން ހޯދުމާ އަގުނަގާގޮތައް ޕާކިންޒޯން ހެދުމާ މިއެއްނޫތަ ރައްޔަތުންނައް ބޭނުންވާތަރައްގީ ނުފެނޭތަ ލޯބޮޑު ބިއްލޫރި އައިނެއްއަޅާބަލަ ފެންނާނެ ކޮކުރިޓު ޖަންގައްޔެއް ނޫނެ ތަރައްގީއަކީ
ހަސަންކޮ
15 May 2019
ޕާރކް ކުރާނެ ތަން ނުދައްކާ ސްޓިކާ ނުޖަހާނަމޭ ކިޔާފަ އައި ސަރުކާރުން ކިތަށް ސްޓިކާ ޖަހައިފިތޯ؟؟
މަލީ
13 May 2019
ކޮބާ އެއްކަލަ ނެޓް އަގު ހެޔޮ ކުރަން އުޅުނު ސޮރު... ދޮގު ހަދާފަ ފިލީދޯ
ފިރޫ
13 May 2019
ކޮމިޓީ އެއް އެކުލަވާލާގެންނޫނީ ތިކަމެއް ނުވާނެ
1234
14 May 2019
ކޮމިޓީއަކާ ޤާނޫނަކުން ނޫނީ، ގިފިއްޔަށްވެސް ނުވަދެވޭނެ.
އިބިރިހިންބެއްޔާ
15 May 2019
ކޮމިޓީއަކަށްވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކުންފުންޏެއް އުފެއްދީމަ. ރައްޓެހިންނަށް ވަޒީފާ ދޭނެ އިތުރު ބޯޑެއްވެސް އޮންނާނެ.
ދީބާލާފައިސާގަނޑު
13 May 2019
ފެންނަނީ އިންޑިޔާ މީހުން ގިނަ ކުރާ މަންޒަރު. ބަލަ ހުޅުމާލޭއިން ބޮޑު ބިމެއް އެންމެ ފުރަތަމަ ވެސް ދެވުނީ އިންޑިއާ އަށް..
މުސްތަފާ
13 May 2019
ތަރައްޤީ ހުއްޓިފަ... ތަކެތީގެ އަގު އެހާ ބޮޑު.. ބޭސްފަރުވާ ކުރަން އަވަނަކަށް ވަންނަން މި ޖެހެނީ... މަގުތައް އެހާ ނުރައްކާތެރި... ރައްޔިތުންގެ ފައިސާ މީސްމީހުންނަށް ބަދަލު ދޭން ޖެހިފަ.. އިންޑިއާ ސިފައިން މިތާ... މީ އަޅެ ދޮގެއްތަ
ކަޓުސަރުކާރު
13 May 2019
ތަރައްޤީގެ މަސްރޫޢުތައް މުީ ރާއްޖޭގަ ކުރިޔަށް އެބަދޭ.. ފެނާ ނަރުދަަމައާ ބަނދަރު ހެދުމާ ފުޓުސެލް ދަނޑު އެޅުމާ.. ބިންހިއްކާ އެއަރޕޯޓެއްވެސް މުޅިން އަލަށް އެބައަޅާ އަދި ސަރުކާރަށް 6 މަސް.. ތިޔަ ޔާމީނު ސަރުކާރުގަ ފުރަތަމަ އަހަރު ހިންގި އެންމެ މެގަ ޕުރޮޖެކްޓެއް ދައްކަބަލަ؟ ހުރިހާކަމެއް ފަހު 3 އަހަރު ބޮޑު ކަޓުގަ ކުރީ..
މުސްތަފާ
13 May 2019
ކުރިއަށް ދަނީ ކޮން ކަމެއް... އައިޖީއެމްއެޗްގެ އޭސީ ވެސް ކުޑަމިނުން ނުހެދި ކިހާ ދުވަހެއް
ހެހެހެ
13 May 2019
މުސްތަފާ ތިބުނީ ހަމަ ސީދާ ތެދު. މިހިރަ އުޅޭ ރީނދުސްތާނީ އަށް ވަރަށް އަސަރު ކޮށްފިއެއްނު.
ކަޓު
14 May 2019
ތަރައްޤީގެ އެއްމަޝްރޫއެއްވެސް ކުރިއަކަށްނުދޭ. ހޯރަފުށި ހިއްކަންފަށާފަ މިހާރު މަޑުޖެހިފަ. ޓާފް ދަނޑު ހަދަން އިއުލާނު ކުރީ. ނަރުދަމާއަށް އަވަސްކޮށްލާފަ އިއުލާނުކޮށް މީސްމީހުނާ ހަވާލުކުރީ މަޖްލިސް އިންތިހާބަށް އަދި ހަމަ ރޮނގެއްވެސް ދަމާނުލާ. އެންމެ ކުޑަމިނުން ޑިޒައިންގަނޑެއްވެސް ނެތް.