އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މާދަވްއާ ބައްދަލުކުރައްވަނީ. މައުމޫން މިއަދު ވަނީ މާދަވްއާ ބައްދަލުކުރައްވާފައި.
04 ސެޕްޓެމްބަރ 2016 - 11:51
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނެޝަނަލް ޖެނެރަލް ސެކްރެޓަރީ ރާމް މާދަވްއާ މިއަދު ސިންގަޕޫރުގައި ބައްދަލުކުރައްވައިފި އެވެ.
މައުމޫން ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ، މި ބައްދަލުވުމުގައި ޕީޕީއެމާއި ބީޖޭޕީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެއީ ކާމިޔާބު ބައްދަލުވުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން އިއްޔެ ވަނީ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ސިންގަޕޫރުގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރަނިލް ވަނީ، އިސްލާމްދީނާއި ޑިމޮކްރަސީއާ ބެހޭ ގޮތުން އަންނަ ނޮވެމްބަރު މަހު ލަންކާގައި އޮންނަ ޖަލްސާއަކަށް މައުމޫނަށް ދައުވަތު އަރުވައިފަ އެވެ. އެ ދައުވަތު މައުމޫން ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން ހުންނެވި މައުމޫން ގައުމުތަކުގެ އިސްވެރިންނާ މި ބައްދަލުކުރައްވަނީ ސިންގަޕޫރުގައި ކުރިއަށްދިޔަ "އިންޑިއަން އޯޝަން ކޮންފަރެންސް 2016" ގެ ހަވާސާގެ ތެރެއިންނެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލްއާ އެކު މައުމޫން ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން.
އިންޑިއާ އާއި ލަންކާގެ އިސްބޭފުޅުންނާ މައުމޫން މި ބައްދަލުކުރެއްވީ ރައީސް އަބްދުުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ލަންކާގެ ބޮޑުވަޒީރާ މައުމޫން ބައްދަލުކުރެއްވިއިރު ސަރުކާރު ބަދަލުކުރަން ރާވަނީ ލަންކާގެ އެހީތެރިކަމާ އެކު ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގަތީ އެ މަސައްކަތުގައި ކަމަށް ދިވެހި ސަރުކާރުން ތުހުމަތު ކުރެ އެވެ.
ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން އަންނައިރު މައުމޫނާއި ރައީސް ޔާމީނާ ދެމެދު ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބައެއް ބިލްތައް ފާސްކުރައްވާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެއީ ރައްޔިތުންނާއި ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށް މައުމޫން ފާޅުގައި ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރާސަރު
05 June 2018
މަޢުމޫން ރައީސައް ، ނަޝީދު ނައިބު ރައީސައް ކިހިނެއްބާ، ހަމަ ހިތައް އަރާ!!
ޙހ
04 September 2016
ރީދޫކުދިން ސުޓޭޓަސް އެއްޖަހާލާއިރަށް ހޮޓުޕިންކުކުދިން ރަތައްއެބައަރާ. މޭންއޯމޭން ވަޓުއަވޭސްޓުއޮފްޕެރަޑައިސް
ރަދީފް
04 September 2016
ސާބަހޭ ޒަޢީމް.
އަބޫބަކުރު
04 September 2016
30 އަހަރު ދުވަހު ރައްޔިތުން ތިބީ ވަހުދަތުގައި މަނިކުފާނު ދަސްކޮށް ދެއްވި ވަހުދަތުގައި މިއަދު ވަހުދަތު މަތިން ހަދުމަ ނައްތާ ނުލެއްވުން އެދެން.
ހީޑް
04 September 2016
އިއްޔެގަ އެމް.އޯ.ޔޫގެ ބައިވެރިން އަޑުފެތުރި މައުމޫން ދިޔައީ ލަންކާއަށޭ. އެމް.އޯ.ޔޫގެ ފަހު ބައްދަލުވުން ތަކަށޭ. މީހުނަށް ދޮގު މަޢުލޫމާތު ފަތުރާނުލާ ނޭވައެއްވެސް ނުލެބެނީބާ.
އައްޔަ
04 September 2016
ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް!