ޚަބަރު / އެޓާނީ ޖެނެރަލްގެ އޮފީސް

ދީބާޖާ މައްސަލަ މުރާޖައާ ކުރަން ހުށަހެޅުން ލަސްވަނީ ފަނޑިޔާރު ގެއަށް ކުރާ ތުހުމަތުތަކާ ހެދި: އޭޖީ

ސުޕްރީމް ކޯޓު: ދީބާޖާ އަށް 348 މިލިއަން ދޭން ކުރި ހުކުމް މުރާޖައާކޮށްދޭން ހުށަހަޅަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް އޭޖީ ވިދާޅުވި.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާކޮށް ދިނުމަށް އެދި އެ ކޯޓަށް ހުށެހެޅުން ލަސްވަނީ އެ ހުކުމާ ގުޅޭ ގޮތުން ފަނޑިޔާރުގެއާ މެދު ކުރާ ތުހުމަތުތަކާ ހެދި ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން ބާތިލް ކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާކުރި އެވެ.

އެކަމަކު، ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމް ގޯސްކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 18 ގައި ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

އެހާ ބޮޑު އަދަދެއް ދައުލަތުން ދައްކަން ޖެހޭ ސަބަބެއް ހުކުމުން ސާފުނުވާ އިރު، ދީބާޖާ އަށް ލިބުނު ގެއްލުން ތަފްސީލީ ގޮތެއްގައި ބަލާފައި ނުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެ، ހުކުމް މުރާޖައާ ކުރަން ހުށަހަޅުއްވާނެ ކަމަށް އޭޖީ ވަނީ ވިދާޅުވެފަ އެވެ.

ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ އެ މައްސަލަ މުރާޖައާ ކުރަން ހުށަހެޅުން ލަސްވަނީ ކީއްވެތޯ "މިހާރު" އިން ދެންނެވުމުން ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރަން ހުށަހެޅުމަށް ބަލަން ޖެހޭ ކަންކަން އެ އޮފީހުން އަންނަނީ ބަލަމުން ކަމަށެވެ. އެ މައްސަލަ މުރާޖާ ކުރަން ޖެހޭ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މާލީ ވަރަށް ބޮޑެތި މަސްލަހަތުތަކެއް އޭގައި ހިމެނިފައި ވުމުން ކަމަށް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް ރިފްއަތު: ދީބާޖާ އަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރައްވާ. --ފޮޓޯ/މިހާރު

އޭޖީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތަސް އެއީ ސައްހަ އަދަދެއް ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

ރިފްއަތު ވިދާޅުވީ ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓުން އެކަށައަޅުއްވާފައި އޮތީކީ ވެސް އާއްމު އުސޫލުން، ގެއްލުމުގެ ބަދަލު މިނެކިރުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ވެސް އެއްގޮތަށް ބެލުމެއް ނެތި ކަމަށެވެ. އެ މާއްދާގައި އޮންނަނީ، ސޮއިކުރާ އެއްބަސްވުމާ، އެއް ބައިވެރިކު ޚިލާފުވުމުން ވެސް ނަގައިދެވޭ ގެއްލުމުގެ ބަދަލު ވާންވާނީ ދެބައި މީހުންނަށް ތަސައްވަރުކުރެވޭ ވަރުގެ ބަދަލަކަށް ކަމަށެވެ. އެކަމަކު ބަދަލުގެ ގޮތުގައި ދީބާޖާ އަށް ދައުލަތުން ނަގައިދޭން ހުކުމް ކުރީ އެގޮތަކަށް ނޫން ކަމަށް އޭޖީ ގަބޫލުކުރައްވަ އެވެ.

އެ މައްސަލަ ރިވިއުކުރަން ލަސްވާ އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ދީބާޖާގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ސިވިލް ކޯޓުގައި ހިނގަމުން ދިއުމެވެ. އަނެއް ކަމަކަށް ވިދާޅުވީ ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ކަންބޮޑުވުންތަކެވެ.

ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ފަނޑިޔާރުން ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތުކޮށް، މީޑިއާ އަކުން ރިޕޯޓް ކުރުމުން، އެ މައްސަލަ ތަހުގީގުކޮށް، އަޅަން ޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅު އަޅަން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމާބެހޭ އިދާރާތަތަކަށް ފޮނުވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭޖީ ވިދާޅުވި އެވެ.

މީޑިއާގައި، އެ ނުފޫޒުގެ ވާހަކަ ރިޕޯޓް ކުރުމުގެ ކުރިން، އެ މޭރަމުން ތުހުމަތުތަކެއް އޭނާގެ ސަމާލުކަމަށް ގެނައުމުން، ދައުލަތަށް ގެއްލުން ކުޑަވާނެ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ އަށް ހައްލެއް ހޯދުމުގެ ފުރުސަތެއް އޮތްތޯ ބެއްލެވި ކަަމަށް ރިފްއަތު ވިދާޅުވި އެވެ. އެކަމަކު ދީބާޖާ އިން އެގޮތަށް މައްސަލަ ނިންމަން ބޭނުމެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އިން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރި މައްސަލައިގައި ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ސީއެންއެމްގައި، ރިޕޯޓްކުރީ، އެ ތުހުމަތުތައް އެގޮތަށް ކުރެވިފައި ވަނިކޮށެވެ.

އެ ވާހަކަތައް ދޮގޮކޮށް ޑީޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރި ކަމަށް ބުނެ ސީއެންއެމް އޮންލައިނާ މެދު ފިޔަވަޅު އަޅަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ފަނޑިޔާރުންނަށް ކޮށްފައި ވަނީ ހަގީގަތެއް ނެތް، ދޮގު ތުހުމަތުތަކެކެވެ.

ރިފްއަތު ވިދާޅުވީ މީޑިއާގައި ކުރި ތުހުމަތު ތަހުގީގުކޮށް އަޅަން ޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅު އަޅަން މުއައްސަސާތަކުގައި ޑީޖޭއޭ އިން އެދިފައި ވަނީ ކޯޓުތަކުގެ ހުރުމަތް ކަނޑާލުމާއި އަދުލުއިންސާފު ގާއިމްކުރަން ކުރާ މަސައްކަތްތަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ސީއެންއެމްގައި އެ ލިއުނު ޚަބަރެއް، އެ ލިއުނު އިރުގައި އެއީ ހަގީގަތެއް އެކުލެވޭ ކަމެއް ކަން ނުވަތަ ނޫން ކަން، ފަނޑިޔާރުންގެ އެއްވެސް ޝާމިލުވުމެއް އެއްވެސް ސިފައެއްގައި އެކަމުގައި އޮތް ކަމެއް ކަން ކަނޑައެޅުމުގައި ޖިނާއީ ތޮބީއަތުގެ ކަންތައްތަކެއް ތަހުގީގު ކުރެވެން ޖެހޭނެ،" އޭޖީ ވިދާޅުވި އެވެ.

އެހެންވީމަ އެފަދަ މައްސަލަތަކެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަމުން އަންނަނިކޮށް، އެ މައްސަލަ ރިވިއުކުރަން ހުށަހެޅުމަކީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަށް ކުރެވުނު ތުހުމަތުތައް ސާފުވާން ޖެހެ އެވެ. ސީއެންއެމް އިން ކުރި ތުހުމަތުތައް ސާފުވެ، ދީބާޖާ މައްސަލަ ރިވިއުކުރާ އިރު، ސުޕްރީމް ކޯޓުގެ އިތުބާރު ދެމެހެއްޓޭނީ މިހާރު ކުރާ ތުހުމަތުތައް މުއައްސަސާތަކުން ސާފުކޮށްދިނުމުން ކަމަށް އޭޖީ ދެކެވަޑައިގަންނަވަ އެވެ.

ސުޕްރީމް ކޯޓަށް މައްސަލައެއް ރިވިއުކުރަން ހުށަހަޅަން ވަކި މުއްދަތެއް ގާނޫނުގައި ކަނޑައަޅާފައި ނޯންނަކަން ވެސް އޭޖީ ފާހަގަކުރެއްވި އެވެ.

"އުސޫލެއްގެ ގޮތުން އެ މައްސަލައިގައި ބަލަން ޖެހޭ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ބެލުމަށް ފަހުގައި، އަޅުގަނޑަށް ފެންނަނީ އެ މައްސަލަ ރިވިއުކުރުމަށް ދީފައި އޮންނަ ފުރުސަތުގެ ބޭނުން ހިފަން. ފާއިތުވެދިޔަ ތަނުގައި ވެސް މި މައްސަލައިގައި އެބަހުރި އެތައް ގޯސްތަކެއް ހިނގާފައި. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އިތުރަކަށް އެއްވެސް ނުރަނގަޅު ނޫނިއްޔާ، ކަންކަން ނުބަލައި މި މައްސަލަ ޝަރީއަތުގެ މަރުހަލާގައި ހިންގާކަށް،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު ވެސް ނެގެހެއްޓޭނީ ތުހުމަތުތައް ސާފުވުމުން ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން މީޑިއާތަކުން ހަބަރުތައް ޝާއިއުކުރާނީ ހަގީގަތްތަކެއްގެ މައްޗަށް ބުރަވެ، ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"ތުހުމަތެއް ކުރެވޭ ނަމަ، އެ ތުހުމަތަކުން ބަރީއަވާން އޮތް އެންމެ ރަނގަޅު ގޮތަކީ އެކަމެއް ތަހުގީގުކޮށް، ބެލުން،" އޭޖީ ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާ ދޭތެރޭގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ވެސް ސުވާލު އުފައްދައި، ސިޔާސީ ނުފޫޒާއި ކޮރަޕްޝަން ވަދެފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަން އޭޖީ ވިދާޅުވި އެވެ. އޭގެތެރޭގައި، ގަބްރިއެއްލާ ނައުލްގެ ރިޕޯޓުގައި، އެކަންކަން ތަފްސީލުކޮށްދީފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

އިތުބާރު ނަގަހައްޓަން ބޭނުން ވާނަމަ، ނާޖާއިޒު ނުފޫޒުގެ ތުހުމަތުތައް، އޭޖީ ވިދާޅުވި ގޮތުގައި، ބެލެން ޖެހެ އެވެ. ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން، ސިވިލް ކޯޓުން މިހާރު ވަނީ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ފަށައިފަ އެވެ.

20 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޔާލު

12 August 2019

ކީންވެތަ ދައުލަތަށްބަދަލުދޭންޖެހެންވީ މަގާމުގަތިބެ އިހުމާލުވި ބައެއްގަބޮލުގަ ޒިންމާއެޅުވޭނެ ހަމައެްހޯދަބަލަ.އެއޮރުންނޭ ވައްކަންހުއްޓުވޭނި

The name is already taken The name is available. Register?

އިސްމާލި

21 May 2019

މީނަ ކިޔާފައި ހުރި އެއްްޗަކާއިހެދި ހަމަ ކޮސް ވެއްޖެ. ނޫހަކުން ފަނޑިޔާރުންނަށް ތުހުމަތެއް ކުރާ އިރަށް އެޓަރނީ ޖެނެރަލް އަދާ ކުރަން ޖެހޭ ޒިންމާތަކުން ބަރީއަވާނެގޮތެއް ނޭނގުނު. އަދި އެ ވެސް، ހުކުން ތަންފީޒުކުރުމުގެ ކަންތައް އެހެން ކޯޓެއްގައި ހިނގަނިކޮށް. މީނަ ބޭނުންވަނީ އެ ކަންތައް ނިމެންދެން ރިވިއު ކުރަން ހުށަ ނާޅަން. އޭރު އޮންނާނީ ބަދަލު ދީ ނިމަފައި ނޫންތަ؟

The name is already taken The name is available. Register?

ޢަލީ

21 May 2019

ރިފުއަތަށް ވެސް ތުހުމަތު ކުރެވޭ

The name is already taken The name is available. Register?

މެސީ

21 May 2019

އަންނި މެން ދޫކޮށްލަން ސްޕްރީމް ކޯޓުން ހުކުމް ކުރި އިރު އެވަރުގެ އިންސާފުވެރި ތަނެއް ނެތް މި އުޑު ދަށުގަވެސް. ހަމަ އެމްޑީޕީ މީހުން ބޭނުން ނުވާ ހުކުމެއް ކުރީމަ އެ ގޯސްވީ ، ރިސްވަތު ނެގީ. ސަޅި....

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

21 May 2019

މުށްޖަހާފަ ލާރި ނަގަން އޯކޭ އެކަމު ނޫސްތަކުގެ ސަމާލުކަމައް އައިމަ، ކެޔޮކާފަ އޮތް ބިތުފަންގިނަގާ ހިއްލާލިއިރު މިޔޮތީ ރިފްއަތު ދޮންކޭލުގަ އަގަ ޖަހައިގެން، ދެން ރެކެން ކުރެވެން އޮތްކަމެއް ދެއްކެންއޮތްވާހަކައެއް ދައްކާ. މީ އެބުނާ “ނޫ” އިގްތިސާދަކީ. “މެށެނުން، މަށެނުން، ގަންދީހުވާ އަހަރެންކުރަމޭ ތިކަމެއް ނުކުރާން” ރިފްއަތު

The name is already taken The name is available. Register?

ޖުުހާ

21 May 2019

އެހެން ބައެއްގެ ބޮލުގަ އެޅުވުން

The name is already taken The name is available. Register?

ޙިނި

21 May 2019

ފަންޑިޔާރުގެ އިސްލާހު ކޮއްގެން ނޫނީ ތިޔަކަން ނުކުރާތި

The name is already taken The name is available. Register?

ޝާހިދު

20 May 2019

މައްސަލަ ދީބާޖުވުން.. ދީބާޖު ވުމަކީ މިހާރު ރަދީފުގައި ހިމަނަން ޖެހޭ ބަހެއް..

The name is already taken The name is available. Register?

ޕްރައިމަރީ

20 May 2019

ތުހުމަތު ކުރިޔަސް ނުކުރިޔަސް، ރިވިޔު ކުރަންޖެހޭނީ!

The name is already taken The name is available. Register?

އަހަންމަދުޔ

20 May 2019

މަގޭ ހުކުމް 3 އަަހަރުވެއްޖެ. ތަންފީޒު ކުރަން ކިޔާ ކިޔާ ހިނގާ ހިނގާ ވަރުބަލިވެއްޖެ. 2 ލައްކައެއް ހާ ރުފިޔާ. 3 ސެތޭކަ މލިއަން ނޫންވީމަދޯ. އަޅޭ މި ފާސްޓް ފޯރވާޑްވެ ކިއު ފަޅާލާފައި ބައެއް އެއްޗެހި ނިމޭގޮތް މަށަށްވެސް ކިޔާ ދީބަލަ. މީހެކޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!