ދޯނި ހުއްޓުވައި ސިފައިން ފާސްކުރަނީ: އޭގައި ތިބީ ހުސް ބިދޭސީން.
22 މެއި 2019 - 15:41
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންތަކެއް ދުއްވި ދޯންޏެއް ހުއްޓުވައި އެ އެންމެން މިއަދު ހައްޔަރުކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، ސ. ފޭދޫން މުދާ ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ފެނުނީ، ފުލުހުންނާއި ސިފައިން ރެއިން ފެށިގެން ހިންގާ ޚާއްސަ ތަމްރީނުތަކުގައި، ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ދޯނީގައި ނަމެއް ވެސް ނެތެވެ. އޭގައި ތިބި ބިދޭސީންގެ ތެރެއިން ވެސް ދޯނީގެ ނަން އެނގޭ މީހަކު ނެތެވެ. އެ މީހުންގެ އަތުގައި ވޯކް ޕާމިޓެއް ވެސް ނެތެވެ.
ކަނޑުދަތުރުކުރުމާ ގުޅޭ އެއްވެސް ސެޓްފިކެޓެއް އެ ދޯނީގައި ނެތް އިރު ކައްޕި ހުރީ ސ. ހުޅުމީދޫގައި ކަމަށް ބިދޭސީން ވަނީ އެމްއެންޑީއެފަށް މައުލޫމާތު ދީފަ އެވެ.
އެ ދޯނީގައި ހުރީ ހުޅުމީދޫގެ ފެނަކަ އަށް ގެންދާ 6،000 ލިޓަރުގެ ޕެޓްރޯލާއި ފިހާރައަކަށް ގެންދިޔަ އައިސް ކުކުޅުތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑެވެ. އެކަން ހައްލުކުރަން ކަމާގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
23 May 2019
ދުނިޔޭގެ އެއްވެސް ގައުމެއްގައި އަސާސީ ޚިދުމަތްތައް ގަވާޢިދާ ޚިލާފަށް އުޅޭ މީހުންނަށް ނުލިބޭނެ. ރާއްޖޭގައި ވެސް އެގޮތަށް ކަންކަން ކުރަންފެށުމުން އެމީހުން އަމިއްލައަށްވެސް ފުރައިގެން ދާންފަށާނެ. މިސާަލަކަށް ބަހުގެ ޚިދުމަތްދޭއިރުވެސް ވޯކް ޕާމިޓް އޮތްތޯ ބަލެން. އެއްރަށުން އަނެއްރަށަށް ގެންދާއިރުވެސް ޗެކްކުރުން.
ބޮލި މުލައް
23 May 2019
ތި ބަލަމުންދާތާގާ ބަލާލަބަލަ މާލޭގައި ބަންގާޅީން ފަށައިގެން ހިންގާ ވިޔަފާރިތައް ދަނީ ރަނގަޅަށްތޯ
ދަރި
23 May 2019
ނުވާނެ ތިއެތްމެންވެސް ދޫކޮއްލާނެ ދިވެއްސަކު ކުށެއްކޮއްފިނަމަ ބަރާބަރައް ގާނޫނު ތަންފީޒް ކުރާނެ.
ގޮބޮޅި
23 May 2019
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އެއްވެސް މުއައްސަސާއަކުން އެއްވެސް ކަމެއް ނުކުރޭ މިމީހުން ގަވާއިދާހިލާފަށް އެތެރެކުރަނީ އިމިގްރޭޝަން ކޮރަޕްޓް ކަމުން
ހަމަ އެއްތާކު
23 May 2019
ދޭތެރެދޭތެރެއިން ދޭތެރެއިން އޮޕަރޭޝަންތައް ލޯމައްޗަށް ދައްކަން ނުކުރިއްޔާ ރަނގަޅުވާނީ ތީގެން ކަމެއް ކޮށްގެން ނިކުންނަ ނަތީޖާއެއް ނުފެނެ މުޅި ގައުމު ފޭލުވެފަ މިއޭ ބުނާނެ އެއްކަމެއްވެސް ނެތް
ސަޢީދު
23 May 2019
ތިމީހުން މަދެއް ނުކުރެވޭނެ. %100. ބޮޑުންގެ ކަމެއްތީ. ބޮންދުންގެ މައްސަލަ ނެތީ!
ރީތި މޫސަ
23 May 2019
ބަލަގަ ތިކަމަކީ ދިވެހިންކުރާކަމެއް ބޮންދުންރާއްޖެގެނަސް އެމީހުންގެ ވިސާހަމަވީމަ ވިސާހަދާނުދީ ރަށުތެރެއަށް ބޭރުކޮށްލަނީ ދެންޖެހޭނީ އެމީހުނަށްފައިސާދޭ މީހުންބުނާ ކޮންމެކަމެއްވެސް ކުރަން
ޢަބްދުﷲނާފިޒް
23 May 2019
އެހެންވީމަ އެކަން ހުއްޓުވަން ޖެހޭނޫންބާ!
ޙާސީނު
22 May 2019
ކޮބާތަ ދޯނީގެ ވެރިފަރާތް. ކިހާވަރެއްގެ ޒިންމާ އެއްބާ ނަގާނީ. ޖެހިގެން ހުންނަ ކައިރި ފިހާރާގަވެސް މިހާލު. ކޮބާތޯ ރެގިއުލޭޓަރ
ރެގިއުލޭޓަރު
23 May 2019
ރެގިއުލޭޓަރު އޮތީ ތުރެޑު ގޮސްސަ...
ޖަންބު
22 May 2019
ބޮންދު އިޝީނދެ އިންގޮތުން ގައުމު ހާލަތު ވަރަށް ސާފު. މިގައުމުގައި ހުރިހާ ކަމެއްވެސް ހުއްޓުވޭނެ. ނުހުއްޓުވޭނީ ބޮންދުން.
އާންމުން
22 May 2019
ބަލަ އެމީހުންނަށްވުރެ އެމީލުން ލައްވާ ތިކަންކަން ކުރުވާ މީހުން ހޯދާ އަދަބުދިނުން މާ މުހިއްމު.
ޖެމް
22 May 2019
ގިނަގިނައިން ތިޔަ ކަހަލަ ޚާއްސަ އޮޕަރޭޝަންތައް ހިންގައި ގައުމުގައި ބޮއްސުންލާފައިވާ ކަންކަން ހައްލުކޮށްދެއްވާ. ސިޔާސީ ދެކޮޅުވެރިކަމުގައި ގައުމު އެތަކެއް އަހަރުތަކެއްގައި އޮވެ ހަގީގީ އިސްލާހީ އެއްކަމެއްވެސް ނުވެފަ އެހުރީ. ތިޔަ ދާ ގޮތަށް ގޮސް ހުރިހާ ގަވައިދާ ޚިލާފު ބިދޭސީންތައް އެއްކޮށް ޑިޕޯޓްކުރެވޭނެވަރު ކޮށްލާ.