އެމްޑީޕީން ރޭ ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ނަޝީދާއި އަސްލަމް ވާހަކަ ދައްކަވާއިރު، ގަލޮޅު އުތުރު ދާއިރާގެ އީވާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މެއި 2019 - 13:25
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދިގު 30 އަހަރު ހިންގެވީ އާއިލީ ވެރިކަމެއް ކަމަށް ބުނެ އެކަމާ އެންމެ ބޮޑަށް ދެކޮޅުހެދި އެމްޑީޕީ ވެސް އާއިލީ ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެ ފާޑުކިއުން ބޮޑުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މި ތުހުމަތު ބޮޑުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހުށަހަޅަން ކުއްލި ގޮތަކަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ފާސްކުރުމަށް ފަހު، ނައިބު ރައީސަކަށް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ރޭ ހަމަޖެއްސުމުންނެވެ. އީވާގެ ނަން ފާސްކުރީ، ދަރުބާރުގޭގައި އޮތް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޕާލަމެންޓްރީ ގްރޫޕްގެ 64 މެމްބަރުންގެ އިއްތިފާގުންނެވެ.
When they announced Nasheed as Majlis Raees I was foolishly hoping they pick someone other than Eva. Not anything against her but just doesn’t want to see that much power in one family. The past have told us how that could go wrong.
— Kuda Aadhanu 5’9” (@furagas) May 27, 2019
އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް، ތޮއްޔިބު ޝަހީމް ވެސް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދެ މަގާމް ކެނެރީގެއަށް ދީފައިވާ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. ގައުމީ މަޖިީލީހުގެ ރޭގެ ބައްދަލުވުން އޭނާ ސިފަކޮށްފައި ވަނީ ކުޅުނު ޑްރާމާއެއްގެ ގޮތަށަވެ.
aanekey aaekey, miyohfadha bodu Roadhamahu, MDP ge PG Kardashian ge reality show kulhefa Rayyithunge Majulheehuge 2maqaamu G. Kanaryge ah dhee, MP Aslam qathuluve Addurayithun ves ufalun hevifa, libunumagaam zero vefa nuvithaakah Afeef ves faleehaikoh ve nimijje eve. AlifuHaa
— Thayyib #Maldives (@thayyib) May 27, 2019
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެއް އާއިލާއަކަށް ނިސްބަތްވުމަކީ، މިކަމުގައި ހިޔާލުފާޅުކުރި ބައެއް މީހުން ދެކޭ ގޮތުގައި، އެމްޑީޕީން ވަކާލާތުކުރަމުން އަންނަ ޑިމޮކްރަސީގައި އެންމެ ރީތި ނަމޫނާއެއް ނޫނެވެ. ނަޝީދުގެ ނަންފުޅު ފާސްކުރުމާ ހަމައަށް އެމަނިކުފާނު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ. ނަޝީދުގެ ނަންފުޅު، ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ޕާޓީތެރޭގައި މަސްލަހަތު ގެއްލި، އެ ވަގުތަށް އޮތް ހައްލަކީ އެއީ ކަމަށް ދެކިގެންނެވެ.
އެ މަގާމުގެ ވާދަވެރިކަން އޮތީ ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ދެމެދުގަ އެވެ. މީގެތެރެއިން ރައީސް އިބްރާހިމް މުހައްމަދުގެ ތާއީދު އޮތީ އަފީފަށެވެ. ނަޝީދު ބޭނުންފުޅުވީ މަޖިލީހުގެ ރައީސަކަށް އަސްލަމް ހަމަޖެއްސެވުމަށެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެއް އާއިލާއަކަށް ނިސްބަތްވުމަކީ "އާއިލީ ވެރިކަން ނޫންތޯ" ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ.
So Nasheed is going to be Majilis Raees and his cousin Eva is going to be naib raees of majilis. And another cousin of theirs is married to the president of the country. Another cousin is the wife of current police CP. just the judiciary left. Back to “aailee verikan “???
— Hamdhan Shakeel (@HamdhanShakeel) May 27, 2019
މަޖިލީހުގެ ނައިބަކަށް އީވާގެ ނަން ފާސްކުރުމުން އެކަކު ކޮށްފައިވާ ކޮމެންޓެއް.
Nepotism:-
— Azhart (@Azhartu) May 27, 2019
—————-
President - Ibrahim Solih
CP - his brother in law
Parliament speaker : Nasheed ( President's cousin in law)
Deputy speaker : Eva ( Speaker's cousin, the president's in law)
MP : Niyaz Ibrahim (President's brother)..
Nepotism.. at its best .🤦♂️”
މަޖިލީހުގެ ނައިބު ރައީސަކަށް ނަން ހުށަހަޅަން ހުޅުވާލުމުން، އީވާގެ ނަން ފިޔަވައި އެހެން ނަމެއް ހުށައެއްނާޅަ އެވެ. މަޖިލީހުގެ ތާރީޚު ބަދަލުކޮށްލައި އަންހެނުންނަށް ފުރުސަތު ދިނުމުގެ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަންހެން ބޭފުޅަކު އިންނެވުމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އައީ ވަކާލާތުކުރަމުންނެވެ. އެ ޝުއޫރުތަކާ އެކު ނައިބަކަށް އެހެން ނަމެއް ހުށަނޭޅީ ކަމަށް ވުން އެކަށީގެންވެ އެވެ.
The President is a cousin in low. The parliament speaker is a cousin. The deputy speaker is a cousin. at least the Parliament could have changed.
— Mohamed Naseem (@Redeynaseem) May 27, 2019
އާއިލީ ވެރިކަން އެމްޑީޕީ އަށް މިހާރު މައްސަލައަކަށް ނުވަނީތޯ ކުރާ ބަހުސްގައި، ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އީވާގެ ގާބިލްކަމާ މެދު ސުވާލެއް ނުއުފައްދަ އެވެ. ނިމިގެން ދިޔަ މަޖިލީހުގައި ނަމޫނާ ދެއްކެވި މެމްބަރުންގެ ތެރޭގައި އަދި ރައްޔިތުންގެ ރުހުން އެންމެ ބޮޑަށް އޮތް މެމްބަރުންގެ ތެރޭގައި އީވާ ހިމެނިވަޑައިގަންނަވަ އެވެ. މައްސަލައަކަށް ވަނީ މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު އިންނަވަނިކޮށް، އާއިލީ އެހެން ބޭފުޅަކު ނައިބު ރައީސަކަށް ވެވަޑައިގަތުމެވެ.
"ރައީސަކަށް ނަޝީދުގެ ނަން ފާސްވުމުން، ނައިބު ރައީސް ކަން އެހެން މެމްބަރަކަށް ދެއްވި ނަމަ،" އެކަކު ލިއެފައިވެ އެވެ.
.@evattey Is nepotism okay for you now? Isn't it a bit hypocritic that you are the one who was blubbering at @maumoonagayoom back then. What a circus. Is this the kind of the democracy we fought for? @HuShameem @AdleeDeadly @moosaanvar @ppl_powers
— Maldivian Daily (@MaldivianDaily) May 27, 2019
އެހެން މީހަކު ދެކޭ ގޮތުގައި، މަޖިލީހުގެ ރައީސަކަށް ނަޝީދު ފުރަތަމަ ވެސް އިއުލާން ކުރައްވަންވީ އީވާގެ ނަމެވެ. އެހެން ނަމަ، އާންމުންގެ ބޮޑު ފާޑުކިޔުމަކުން އެމްޑީޕީ ސަލާމަތްވީސް ކަމަށް ބެލެވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބައެއް މަގާމްތަކަށް އާއިލީ ގޮތުން ގުޅުން އޮތް ބޭފުޅުން އައްޔަން ކުރެއްވި ކޮންމެ ފަހަރަކު އާއިލީ ވެރިކަމުގެ ތުހުމަތު އަޅުވަ އެވެ. އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ، ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހަމަޖެއްސެވުމެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ ކޮއްކޯފުޅަކާ އެވެ.
Maldives Political Star Parivaar: New Chapter pic.twitter.com/iWlOUpXN1e
— The unbearable Addu Bitch 🍞🌹👹👹 (@Faathiye) May 27, 2019
މި ފާޑުކިއުމުން ދިފާއުވެވަޑައިގަންނަވަމުން، ހަމީދު ވިދާޅުވެފައި ވަނީ، އޭނާ މަގާމަށް އައްޔަން ކުރެއްވީ ފުލުހުންގެ މުއައްސަސާގައި ކުރެއްވި ޚިދުމަތުން ކަމަށެވެ. އެއީ، ރައީސްގެ އާއިލާއާ ގުޅުން އޮވެގެން އޭނާ އަށް ލިބިވަޑައިގަތް މަގާމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ހަމަޖެއްސެވި އިރު، އެންސްޕާގެ ޑެޕިއުޓީ ސީއީއޯ އަކަށް ހަމަޖެއްސީ އޭނާގެ އަނބިކަނބަލުން އަދި ރައީސްގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ރުގިއްޔާ މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
30 May 2019
ރައީސް ނަޝީދު އެއްނޫން ދެއްތޯ މަގާމުތައް ދީހަދަނީ.
ޑިސެމްބަރ
30 May 2019
ބަނާނާ ސަރުކާރުގެ ޗަރުކޭސް!
ސަންފަ
29 May 2019
އެއީ 2003 ވަނަ އަހަރެވެ. ނަޝީދު ސިޔާސީ ދާއިރާއަށް ނިކުތީ މައުމޫނާ ރުޅިން ތިބި މާލޭގެ ވަރަށް ގުޅޭ 10 ވަރަށް އާއިލާގެ އެހީގައެވެ. ނަޝީދަކީ މަޝްހޫރު މީހަކަށް ހެދިއެވެ. 2008 ގެ އިންތިހާބުން ރައީސް ނަޝީދު އިންތިހާބުވުމަށް ފަހު ދެން އެބައިމީހުން ރައްޔިތުންގެ ބޯ ކާލިއެވެ. އާސަންދަ ފަދަ ރައްޔިތުންނަށް މުހިންމު އެތައް ކަމެއް ތައާރަފް ކުރިއެވެ. އޭރުވެސް އަމާޒަކަށް ވެފައިއޮތީ އެހެން ބަޔަކަށް ކައިރި ނުވެވޭ ވަރަަށް ވެރިކަމުގައި ބާރުގަދަ ކުރުމެވެ.
ކިއްތާނި ސަކީނާ
29 May 2019
އާއިލާގެ މީހުން އިސް މަގާމުތަކުގައި ތިބުމަކީ ދީން މަނާ ކުރާ ކަމެއް ނޫން. ގާނޫނު މަނާ ކުރާ ކަމެއް ނޫން. ގަވައިދެއްގައިވެސް މަނާ ކަމެއް ނޫން. ވަކީން ޚާއްސަކޮށް ރައްޔިތުން އިންތިޚާބުކޮށްގެން ލިބޭ މަގާމުތމުގައި ތިބުމަކީ އެއްވެސް ގޮތަކުން މައްސަލައެއް ނޫން.
Ahmed Mohamed
29 May 2019
ގާނޫނަނަކުން ނުވަތަ ގަވައިދަކުން މަނާ ނުކުރާ އެތައްކަމެއް އާދަކާދައާއި ދިރިއުޅުމުގަ މަނާ ކުރޭބާ؟ ކޮންމެ ކަމަކީ ގާނޫނަކުން ނުވަތަ ގަވައިދަކުން މަނާ ކުރަންޖެހޭ ކަމެއްނޫން. މަސްލަހަތު ފުށު އެރުމަކީ ބޮޑު މައްސަލައެއް އަދި 3 ބާރުގަ އާއިލާމީހުން ތިބުމަކީ ނުފޫޒު ފޯރުވައި އާއްމުންނަށް އެތައް ގެއްލުމެއް ލިބިދާނެ ކަމެއް.
ކެރަފާ
29 May 2019
ވަރައްސަލާމް އެކަމަ ހައިވަކަރު އޮޑި މައުމޫނު ނަންވާނީ.
ހަމްޒަތު
29 May 2019
އާޢިލީ ވެރިކަމެށް ކުރުމަކީ މައްސަލަ ނުން. އެކަމަކު އާއިލީ ވެރިކަމެއް ކުރާތީވެ އެކަމާ ވާހަކަ ދެއްކީވެސް ނަަޝީދު. މިހާރު އެކަންތައް ވެސް އޯކޭ. ދިވެހި ރައްޔިތުން އަކީ ނަޝީދުގެ ހަރު މުދާ ގާޑެއް
ކަނބިލި
29 May 2019
މިހާރު ތިޔަ ގޮތްވެސް އޯކޭ. އަނެއްކާވެސް ޑިމޮކްރަސީގެ ވާހަކ ދައްކާނީ ވެރިކަން ދިޔާމާ. ބަހަނާއަކަށް ޑިމޮކްރަސީ ދައްކައިގެން މިއުޅެނީ ޢާއިލީ ވެރިކަމެއް ކުރަން.
އާދަމް ބާއީ
28 May 2019
ރަސްކަމުގެ ކޮޅުމަތި.......
ޜުން
28 May 2019
ނަޝީދު އާ އީވާ އަކީ ކަޒިންސް، ، ދެބެނެދަރި ދެބެއިން އެކަމަކު ބޮޑު ބޭބެ މި ޖަހަނީ އޮޅުވާލަން ނުންތޯ!
އިސްމާއިޅް އަބުދުﷲ
28 May 2019
މިހާރު ފެށެން ތިޔަ އުޅެނީ އާއިލީ ވެރިކަމެއް ނޫނީ ރަސްކަމެއް. ކިހާވަރަކުން ދާނެބާ. މީގެ ކުރިން އާއިލީވެރިކަމޭ ކިޔައިގެން އެހެންމީހުނަށް ޖޯކުޖަހާ ފުރައްސާރަ ކުރި މީހުން ތީ. މިހާރު ތިޔަގޮތް ހަމަ އޯކޭ ތޯ. މަގާމާއި އާރާއި ބާރު ލިބިއްޖެ. ވައުދުތަކުގެ މަތިން މިހާރު ހަނދާނެއް ނެތް. އިންޓަނެޓު ކަހަލަ ޒުވާނުން ބޭނުންވާ ކަންކަމުގެ ދަޅަދައްކާފަ އކަންވެސް ކޮއްދޭން ބުނި މުއްދަތުތައް ފަހަނަ އަޅާގޮއްސި. އިސްޓިކާ ޖެހުން ޔާމީނެކޭ ތަފާތެއް ނެތް ވައުދު ކޮބާ.