ފުޓްބޯޅަ މެޗެއް ބައްލަވަން ގަލޮޅު ދަނޑަށް ވަޑައިގެން ނަޝީދާ އެކު މައުމޫން ސެލްފީއެއް ނަންގަވާއިރު ރައީސް ޔާމީން އަރިހުގައި. ---ފޮޓޯ: ނޫނުޑެއިލީ
07 ސެޕްޓެމްބަރ 2016 - 11:28
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިވަޑައިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން މިއަދު ދީފި އެވެ.
ޕީޕީއެމުން ނެރުނު ކުރު ބަޔާނެއްގައި ބުނީ "މައުމޫން އަބަދުވެސް އަމަލުކުރައްވާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް މައުމޫން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެ ޕާޓީން ދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ޕީޕީއެމުން މި ބަޔާން ނެރެފައި މިވަނީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ނަޝީދު ވިދާޅުވީ މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށެވެ. މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެމަނިކުފާނަށް ފުރަގަސް ދިނުމަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، އެޅޭނެ "ޅައެއްޗެކެވެ".
ނަޝީދު މިހެން ވިދާޅުވުމާ އެކު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ދިވެހި ރައްޔިތުން މަސައްކަތްކުރަން ވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ.
ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތުގައި މައުމޫން ބައިވެރިކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ހުރިހާ އެންމެން ވެސް ގާނޫނުއަސާސީއާ އެއްގޮތަށް އަމަލްތައް ބަހައްޓަން އެކަނި މައުމޫން ގޮވާލެއްވުމުން ރައީސް ޔާމީން ފެކްޝަންގެ މެމްބަރުންގެ ފާޑުކިއުން ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު
07 September 2016
މައުމޫނެއް ގާނޫނާ ހިލާފު ކަމެެއް ނުކުރާނެ އަދި ނުވެސް ކުރޭ... ގާނޫނު އިރެއްގަ އޮންނަނީ އެމަނިކުފާންގެ ޖީބުގަ.. ބޭނުން އެއްޗެއް އުނިކޮއް އިތުރު ކުރުމުގެ ބާރު އެމަނިކުފާނައް އޮންނަނީ ލިބިފަ... ގާނޫނޫ އޮތްކަންވެސް ރަނގަޅުތާ...
އެމްސް
07 September 2016
މައުމޫނު ގޮވާލައްވަނީ ހުރިހާ ފަރާތްތަކުންވެސް ޤާނޫނުއަސާސީއާއި އެއްގޮތަށް ޢަމަލުކުރުމަށް، އެހެންވީމަ ޤާނޫނާއި ހިލާފު ވެއްޖެކަމުގެ ތުހުމަތު ކޮންމެވެސް ބަޔަކަށް އެބައޮތް!
އާސިމާ
07 September 2016
މައުމޫނު އޭނަގެ ވާހަކަ ދޮގުނުކުރެއްވިޔަސް މައުމޫނު ގަވާއިދާ ޚިލާފު ކަމެއް ނުކުރައްވާނެ. ާ
ނަޝީދު
07 September 2016
ރައީސް ނަޝީދު ވިދާޅު ވާހަކަ ދޮގު ނުކުރައްވާކަން އެބައެގޭ.
ާއައްޑޫ
07 September 2016
މައުމުނައްވެސް މާޒީގައި ކުރެވިފައިވާ ގޯސް ކަންކަމާ ދިވެހިންގެ ކިބައިން މާފު ލިބިގަތުމައް އިދިކޮޅު އިއްތިހާދު މަސައްކަތް ތަކައް އެއްބާރުލުން ދިނުންމީ، މައުމޫނައްލިބުނު ރަނުގެ ފުރުސަތެއް.
އަހުމަދު
07 September 2016
13އަަހަރުގެ ޖަލުހުކުމެއްގައި ހުރި ފަރާތަކާއި މައުމޫން ބައިވެރިވެ ސަރުކާރު ބަދަލުކުރަން މަސައްކަތް ފެށުމަކީ ކޮންކަަހަލަ ކަމެއްތޯ؟؟މައުމޫން ވިދާޅުވެ ދެއްވަ ބައްލަވާ މީހަކު ގަޔަށް ވަޅިޖަހާ މަރާލެވިދާނެތޯ ގާނޫނާއި އެއްގޮތައް..ނޫނީ ބަޣާވާތަކުން ސަރުކާރު ވައްޓާލެވޭނެތޯ ގާނޫނާއި އެއްގޮތައް