ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބޯހިޔާވަހިކަމުގެ ޝަކުވާ އަށް ރައީސް ދެއްވީ އުއްމީދީ އަދަދުތަކެއް

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ބޯހިޔާވަހިކަމުގެ ވައުދު ފުއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ ދެ ކޮޓަރީގެ ފްލެޓްތަކުގެ އަގު 6،000ރ. އަށް ވުރެ ބޮޑު ނުކުރައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވައި ސަރުކާރުން ސަބްސިޑީއެއް ދީގެން ނަމަވެސް ހިޔާ މަޝްރޫއުގެ ފްލެޓްތައް ވެސް އެ އަގުގައި ދޫކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ ރައީސް ތަފްސީލު ދެއްވީ ބޯހިޔާވަހިކަމަށް މި ސަރުކާރުން މިހާތަނަށް ހޯދަން މަސައްކަތް ކުރި ހައްލުތަކާ ގުޅޭ ގޮތުންނެވެ. ގެދޮރުގެ ދަތި ކަމުގައި އެތައް ބަޔަކު ތާށިވެފައި ތިބި މައްސަލައިގެ ހައްލު ހޯއްދަވައި ދެއްވަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައިދޭން އަތޮޅުތަކުގައި 5،000 ހައުސިން ޔުނިޓު އަޅަން ބީލަމަށް ލާފައިވާ ކަމަށެވެ. އަމާޒަކީ މި އަހަރު އަމަލީ މަސައްކަތް ފެށުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި 4،600 ހައުސިން ޔުނިޓް އަޅަން ދެ ކުންފުންޏަކާ އެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ 4،600 ހައުސިން ޔުނިޓްގެ ތަފްސީލް

- މި މަޝްރޫއުގައި އިމާރާތް ކުރާ ދެ ކޮޓަރީގެ ފްލެޓެއްގެ އަގަކީ 6،000ރ.

- ތިން ކޮޓަރީގެ ފްލެޓެއްގެ އަގު 7،000ރ. އަށް ވުރެ ބޮޑެއް ނުވާނެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް: ޖާގައިގެ ގޮތުން ދަތި ފްލެޓްތަކުގެ އަގާ މެދު ރައީސް ކަންބޮޑުވުންފާޅުކުރެއްވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރަން މަސައްކަތް ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފަށައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަކީ ދިރިއުޅެން އެންމެ އެކަށީގެންވާ ތަންތަން ނޫން ކަމުގެ ކަންބޮޑުވުން މިއަދު ވެސް ރައީސް ފާޅުކުރެއްވި އެވެ. ތޮއްޖެހުން ބޮޑު އިމާރާތްތަކުން ދޫކުރާ ފްލެޓުގެ މަހު ކުއްޔަށް މި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،000ރ. އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ މިހާރު ހުރި ސްޓްރަކްޗާ އަށް އެއްވެސް ބަދަލެއް ނުގެނެސް މަހަކު ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގެވެ. މި ސަރުކާރުން ކުރިން ވިސްނާފައި އޮތީ ފްލެޓުގެ އަދަދު މަދުވިޔަސް ތިން ކޮޓަރި އަށް ބަދަލުކޮށްގެން ރައްޔިތުންނަށް ލުއި ގޮތެއް ހަމަޖައްސައި ދޭން ކަމަށް ވިދާޅުވި އެވެ.

"އޭރިއާ ބޮޑުކޮށްގެން ބަދަލުތައް ގެނައީމަ ދެ ކޮޓަރީގެ ފްލެޓަކަށް އެބަޖެހޭ 13،000ރ. ތިން ކޮޓަރީގެ ފްލެޓަކަށް 23،000ރ. އެބަޖެހޭ. ސުވާލަކީ މި ބަދަލު ގެންނާނީތޯ. އޭރުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭ އަގަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓްތައް ދެވޭނެ އެންމެ ކުޑަ އަގަކީ 11،000ރ. ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަނޑައަޅާފައި ވީ ނަމަވެސް އަގު ކުޑަކުރެވޭނެ ގޮތެއް ސަރުކާރުން އަންނަނީ ބަލަމުން ކަމަށެވެ. ސޯޝަލް ހައުސިންގައި އެ އަދަދަކީ ކޮންމެ މީހަކަށް ދެއްކިދާނެ ފަދަ އަގެއް ކަމަކަށް ރައީސް ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެހެންވެ ސަބްސިޑީއެއް ދީގެން ނަމަވެސް އަގު ކުޑަކުރެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

އަގު ކުޑަކުރާ ނަމަ މިހާރުގެ އަންދާޒާ އަކީ ރައީސް ވިދާޅުވި ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ދެއްކުމެވެ.

"ސަބްސިޑީއެއް ދީގެން ނަމަވެސް އަޅުގަނޑުމެން މިހާރު މިއަޅާ ފްލެޓްތަކުގެ އަގުގައި ހިޔާ ފްލެޓްތައް ފޯރުކޮށްދެވޭތޯ އަޅުގަނޑު މި އަންނަނީ މަސައްކަތް ކުރަމުން. އެކަން ހަމަޖެހުމާ އެކުގައި ތިބޭފުޅުންނަށް އެކަން ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭ އިރު ރައްޔިތުންނަށް ނުއުފުލޭވަރުގެ ބުރައެއް މި ސަރުކާރުން ނުޖައްސާނެ އެވެ.

"ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ބަޔަކު ވެސް އެބަތިބި. އެކަން މިހާރު އަންނަނީ ދިރާސާކުރަމުން،" ކެމްޕޭންގައި ވެވަޑައިގަތް ވައުދު ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވި އެވެ.

"އުޖޫރައަކާ ނުލައި އެއް ބަޔަކަށް ފްލެޓް ދޭނަން. ލުއި ގޮތުގައި ފްލެޓް ލިބޭނެ ގޮތް ހަދައި ދޭނަން. އަދި އެއްފަހަރާ ދައްކައިގެން ފްލެޓް ގަންނަ ފަރާތްތަކަށް އެކަން ވެސް ކޮށްދޭނަން."

ގުޅީފަޅު ފްލެޓު ގަނެ ނިކަމެތިވި މީހުންނަށް ހައްލެއް

އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އަދިވެސް އެތައް އާއިލާއެއް އެބަތިއްބެވެ. ގުޅީފަޅުގެ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި ބައެއް މީހުންނަށް އެކި މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ހަވާލުކޮށްފައިވެ އެވެ.

އޭގެތެރެއިން މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި 142 އާއިލާއެއް އެބަތިއްބެވެ.

ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައީސް ވިދާޅުވީ ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި ތިބި މީހުންނަށް ހޯއްދެވި ހައްލަކީ ހުޅުމާލެ އިން ފްލެޓެވެ. މި ސަރުކާރުން އަޅާ 4،000 ފްލެޓުގެ ތެރެއިން ފުރަތަމަ ބުރުގައި އެ އާއިލާތަކަށް ފްލެޓް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އަދި [ގުޅީފަޅުން ފްލެޓް ގަތުމަށް] އެ ފަރާތްތަކުން ދައްކާފައިވާ ފައިސާ ފްލެޓްގެ އަގުން ކެނޑޭ ގޮތަށް އެކަން ހަމަޖައްސާނީ. އަޅުގަނޑު ހިތުން މިވަގުތު އެކަމަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލަކީ އެއީ،" ރައީސް ވިދާޅުވި އެވެ.

ސީ ލައިފްގެ ހުށަހެޅުމެއް ސަރުކާރަށް

އެޗްޑީސީން އިއުލާން ކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީ ލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ. އެކަމަކު ފަހުން ފަޅާއެރި ގޮތުގައި އެއީ، ބޮޑު އޮޅުވާލުމެކެވެ. އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން އެޑްވާންސަށް ފައިސާ ނަގައި ސީ ލައިފްގެ އިސް ބޭފުޅުން ފިލީ އެވެ.

މި މައްސަލައިގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނާއި ސީ ލައިފުން ވެސް އޮތީ ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ. ސީ ލައިފުން ޝަރީއަތަށް މައްސަލަ ވެއްދީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އެ ކުންފުންޏާ އެކު އެއްބަސްވީ ގޮތަށް އަމަލު ނުކޮށްގެންނެވެ.

"މި މައްސަލަ ހައްލުކުރަން ސީ ލައިފާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަގެންދަން. އެ ކުންފުނިން ހުށަހަޅާފައި އޮތް ހުށަހެޅުމެއް ވެސް އެބައޮތް. އެޗްޑީސީއާ އެކު އިރާދަކުރެއްވިއްޔާ ހޮނިހިރު، އާދީއްތަ ދުވަހު އަޅުގަނޑުމެން އިށީންނާނަން،" ރައީސް ވިދާޅުވި އެވެ.

"ސީ ލައިފުން އެބަ ހުށަހަޅާ އެޑްވާންސްކޮށް އެޗްޑީސީ އަށް ދީފައި ހުރި އެތައް މިލިއަން ޑޮލަރު، ސީ ލައިފުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ދީ ނިންމާފައި އަލުން ޕްރޮޖެކްޓް ކުރިއަށް ގެންދަން ތިމަންނަމެންނަށް ފުރުސަތު ދޭށޭ. އެޗްޑީސީއާ އެކު މަޝްވަރާކުރާނަން އެއީ ކުރެވިދާނެ ކަމެއްތޯ،" ރައީސް ވިދާޅުވި އެވެ.

އެއީ ކުރެވިދާނެ ކަމެއްތޯ ގާނޫނީ ގޮތުން ވެސް އަންނަނީ ބަލަމުންނެވެ.

ޓާޓާ ފްލެޓްތަކާ މެދު އަދި ގޮތެއް ނުނިމޭ

އެމްޑީޕީގެ ސަރުކާރުން ހުޅުވާލި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ބޮޑު އަގުގައި ފްލެޓް ގަންނަން ޖެހުނު ގާތްގަނޑަކަށް 47 އާއިލާ އަށް ލުއި ގޮތެއް ހޯދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ވިދާޅުވީ އެކަމުގައި އަދި ގޮތެއް ނުނިމުނަސް އެކަން ވެސް އަވަސްކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އެމްޑީޕީގެ ސަރުކާރުގައި ދޭން ނިންމާފައި އޮތް އަގަކު ނޫން ފަހުން ދިނީކީއެއް. ވަރަށް ބޮޑު އަގެއްގައި، އެހެންވީމާ އިންސާފު ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ވެށިފަހި މަޝްރޫއު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހުޅުވާލި އިރު ޔަގީން ކަން ދީފައި އޮތީ ދިގު މުއްދަތަކުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހެޔޮ އަގެއްގައި ފްލެޓް ދޫކުރާނެ ކަމަށެވެ. އޭރު ވާހަކަ ދެއްކި ގޮތުން ނަމަ އެ ފްލެޓްތަކުގެ ޑައުންޕޭމަންޓަށް 28،000 ރުފިޔާ ދައްކައި 20 އަހަރު ދުވަހުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހަމަޖެހޭނެ އެވެ. އެއީ، ގާތްގަނޑަކަށް މަހަކަށް މަދުވެގެން 7،000 ރުފިޔާ އެވެ.

އެ އުއްމީދުގައި ތިއްބައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމީ، ފްލެޓްތަކުގެ އަގުގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ޖެހޭ ގޮތަށެވެ. އެ އާއިލާތަކަށް 2016 ގައި މިގޮތަށް އެންގި ނަމަވެސް މިއީ، އާއްމުކޮށް ސޯޝަލް ހައުސިން ސްކީމްތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ.

ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމުގެ ކަންބޮޑުވުމުގައި ތިއްބައި ފްލެޓްތައް 2017 ގައި ބަދަލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށެވެ. އެ ތަނުން އެންގީ، ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ އަގު ޚަލާސްކުރާ ގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ. އެޗްޑީސީން ނިންމީ އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލާށެވެ.

އެހެންވެ އެއް ބަޔަކު ފްލެޓަށް ފައިސާ ދެއްކީ ބޭންކްތަކުން ކޮމާޝަލް ލޯނު ނަގައިގެންނެވެ. އެއީ 9-11 ޕަސެންޓު އިންޓްރެސްޓުގައި 15-20 އަހަރުން ދައްކާ ގޮތަށެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޭއިންސާފުން ފްލެޓް ދޫކުރި މައްސަލައިގައި ފިޔަވަޅު އަޅައި ހައްގުވެރިންނަށް ފްލެޓް ދޫކުރުމެވެ. އެކަމަށް ކޮމިޓީއެއް ވެސް ވަނީ އުފައްދަވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ބޭއިންސާފުން ފްލެޓް ދިން މައްސަލައިގައި ކޮމިޓީގެ ރިޕޯޓް އެމަނިކުފާނަށް އަދި ނުލިބެ އެވެ.

"އެކަމަކު ޔަގީންކުރައްވަންވީ ކަމަކީ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ތެރޭގައި ފްލެޓް، ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް އެކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

34 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 3%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

06 July 2019

10 އަހަރު ސަރުކާރުން ދަތި ޙާލު ޖައްސާފަ ބަދަލުނުދެނީ އަޅެފަހެ ކޮންމެ ސަރުކާރަކުންވެސް ނިކަމެތިންނަށް ނިކަމެތި ގޮތްހަދަންތާ!! މިކަން މި އެނގުނީ!! ބަލަ ބަދަލު ދޭން ޖެހޭނެ ! ސަރުކާރުން އަހަރެމެން ގަތް ފުލެޓުތަށް އެހްނބަޔަކަށް ކުއްޔަށް ދީގެން ފައިސާ ހޯދާތާ ކޮން ޒަމާނެއް!!! ބަދަލު ދޭން ޖެހެނީ ވަކި ބަޔަކަށްދޯ! ﷲ ގަންދީ ހުވާކޮށްފަ މިބުނީ މަށަކީ ގުޅިފަޅުން ފުލެޓު ގަތްމީހެއް! މަށަކާ ބައްދަލެއްނުވެސް ކުރޭ !! ކާކާ ބައްދަލުކުރީ؟ ސުވާލުގެ ޖަވާބު ބޭނުން!

The name is already taken The name is available. Register?

ކަރީޕަހުމީ

06 July 2019

މާލޭގެ ރައްޔަތުންވެސް ޓެކްސް ދައްކާ ވީމާ ޙުދުމުހުތާރު މިވަނީ މާލޭގެ ރައްޔަތުންނަށް އެކަނިތޯ ޕޯޗްގީޒް މީހުންގެ އަޅުވެތިކަމުގަވެސް ތަފާތު ކުރުމެއްނެތި ބިން ހިލޭ ލިބޭ އަހަރުމެން ވޯޓްލައިގެން ހޮވިމީހުން އަހަރުމެން އަޅުވެތި ލާއިންސާނީ މީމާލޭގެ ރައްޔަތުންނށް ކުރާ ނަސްލީ އަނިޔާ ނޫންތޯ

The name is already taken The name is available. Register?

ސައީދުތުރީ

06 July 2019

އަތޮޅުތެރޭގެ ބޮޑެތި ރަށްތަކުން ދޫކުރަނީ 3000އަކަ ފޫޓްގެ ގޯއްޗެވެ އެހެންކަމުން މިގޮތައް ކީއްވެގެންތޯ މާލޭގެ ރައްޔަތުން ނައް ނުދޫކުރަނީ ކޮބާތޯ ގާނޫނުގަ ބުނާ ހަމަހަމަކަން ކުލަޔަކައް ނަސްލަކައް ނުބަލާ މިމާލޭގެ ރައްޔަތުން ނަށްތޯ ނުދެވެނީ މީކޮން އުސޫލަކުން ހިންގާ ނަސްލީ އިމްތިޔާޒެއްތޯ މިމާލޭގެ ރައްޔަތުންވެސް ޓެކްސް ދައްކާ ވީމާ ޙުދުމުހުތާރު މިވަނީ މާލޭގެ ރައްޔަތުންނަށް އެކަނިތޯ ޕޯޗްގީޒް މީހުންގެ އަޅުވެތިކަމުގަވެސް ތަފާތު ކުރުމެއްނެތި ބިން ހިލޭ ލިބޭ

The name is already taken The name is available. Register?

ޔާގޫތު

06 July 2019

މާލޭމީހުނަށް އެހެރީ ލ.ގަމުން ތީގެ ހަތަރުގުނައިގެ ގޯތި ދީފަ. ޅ.މާފިލާފުށިންވެސް މާސިންގާ ގޯތި ދޫކުރި މާލޭ މީހުނަށް. އޮޅުވާނުލާ. އެކަމަކު އެތަނުގައި ކުލީގެ ކުޅިވަރު ނުކުޅެވޭތީ ތަމެން ނުހޯދީ.

The name is already taken The name is available. Register?

ލަކުޑި ހަމީދު

06 July 2019

ބޯހިޔާވެހިކަމަށް ސީރިއަސް ކަމެއް ނެތް މިންވަރު ފެނޭ އަދާލަތައް ހައުސިން މިނިސްޓްރީ ދިނުމުން. އެމް.ޑީ.ޕީގެ ބޮލުން ރެކޭގޮތައް އެކަހަލަ ހުރިހާ މިނިސްޓްރީއެއް ދީފަހުރީ އެހެން ޕާޓީތަކަށް.

The name is already taken The name is available. Register?

އައްމަޑޭސ

05 July 2019

ރާއްޖޭގަ އިމާރާތްކުރުމުގެ އަގުތައް ހުރިގޮތުން ގެއްލުމެއްނުވެ މިއަގައްހަމަ ދެވޭނެބާ. ސަރުކާރުން ގެއްލުމުގަ ހިފާގޮތައްދޭނަމަ އެދެވެނީ އެހެންރައްޔިތުން އަގުގެ އެއްބައިގަ ހިފާގޮތައް. ހަމަ މިގޮތައް ހަރަދުކުރާބަޔަކައް ރިސޯޓެއްހަދަން ރަށެއް ނޫނީ އެހެން މަންފާއެއްވެސް ދޭނަމަ އެކަމުގެ އެއްބައިއެހަރަދު ކުރަނީ ރައްޔިތުންގެ ޖީބުން. ރައްޔިތުން ކަމަކައް ހަރަދުކުރާނަމަ ލޯނެއްނަގައިގެން ކުރިޔަސް އާޙިރުގަ އެފައިސާއެއްދައްކާނީ ހަމަ ރައްޔިތުން.

The name is already taken The name is available. Register?

ހޭބަލިމިތުރު

05 July 2019

ކަރަންޓްބިލް ފެންބިލް އިންޓަރނެޓް، އަގުހެޔޮވެ ނިމުނީތޯ؟. މިވެރިކަން ނިމިގެންދާއިރުވެސް އިވޭނީ ހުސް ބޭކާރުވާހަކަތޯ؟.

The name is already taken The name is available. Register?

މުޑަހަނދި

05 July 2019

ދައުލަތުގެ ކެރިފޯރުންތެރިކަން އެބަހުރިތޯ މާލޭގަ ބޯހިޔާވަހިކަންނެތޭކިޔައިގެން ބޮޑާހާކާ ކޮންމެ މީހަކަށް ލަގުޒަރީ އެޕާޓުމަންޓެއްދީފަ އޭނައަތުން ދޮޅެއް ނަގާފަ ކޮންމެ މަހަކު އޭނައަށް ދައުލަތުން 7 ހާސްރުފިޔާ ދެވޭހާ. ކޮބާތޯ ރާއްޖޭގެ އެހެން ރައްޔިތުންގެ ހައްގު.

The name is already taken The name is available. Register?

ނުފެނެއޭ

05 July 2019

ބޯހިޔާ ވައްސަށް ރައީސް އިބޫ ދެއްވީ އެއީ އުއްމީދީ އަދަދު ތަކެއް ކަމަށް އެއްގޮތަކަށް ވެސް މަމެން އަދިވެސް ގަބޫލު ނުކުރަމޭ ސޯޝަލް ހައުސިންގް ޔުނިޓްސް ތަކުގެ އަގު އުޅެން ޖެހޭނީ 2 ކޮޓަރީގެ އެޕާރޓްމެންޓެއްގެ އަގު މަހަކު 2 ހާސް ރުފިޔާ އަށް އަދި 3 ކޮޓަރީގެ އެޕާރޓްމެންޓެއްގެ އަގު 3 ހާސް ރުފިޔާ އަށް އަދި 2 ކޮޓަރީގެ އޭރިއާ 2 ހާސް އަކަފޫޓް 3 ކޮޓަރީގެ އޭރިއާ 3 ހާސް އަކަފޫޓް ހުންނަން ޖެހޭނެއޭ މީ ލައިފް ޓައިމް އަށް ލިބޭ ގޯތި ތަކެއް ފަދަ ތަންތަނޭ މިނޫން ގޮތެއް

The name is already taken The name is available. Register?

ރަށުމީހާ

05 July 2019

މިސަރުކާރަކީ ވައުދުފުށްދާނެ ސަރުކާރެއް ކަމާމެދު އަހުރެން ސައްކެއް ނުކުރަން. ވބޑސ

The name is already taken The name is available. Register?

ބޮޑުރިޔާ

05 July 2019

އަޅުގަނޑު ރައީސައް އިތުބާރުކުރަން އަޅުގަނޑުގެ ކަންބޮޑުވުމަކީ ރާއްޖެތެރޭގެ ގިނަރައްރަށަކީ ބިންބޮޑު ރައްރަށްކަމަށްވއިރު އެރައްރަށުގައި ފުލެޓްއެޅުމަށްވުރެ ރަނގަޅުވާނީ މީހުންނަށް ބިންދީފަ ލުއި ގޮތަކަަށް ލޯނުލިބޭގޮތްހަދައި ދެވިފައިނެތީމަ ދެން ފުލެޓް އެޅުންވެސް ތޮއްޖެހުންބޮޑު މާލެއަށް މަދުކަމުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454