ޚަބަރު / އަބްދުﷲ ލުތުފީ

ލުތުފީ ފެނުނީ އާންމުން ހީކުރި ގޮތަކަށް ނޫން!

މީގެ 31 އަހަރު ކުރިން ރާއްޖެ އަށް ދިން ހަމަލައިގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭ އެއާޕޯޓަށް ގެނެސް ޕޮލިސް ވެހިކަލަށް އަރުވަން ގެންދަނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންތަކެއް އަބްދުﷲ ލުތުފީ ސިފަކުރެއްވީ އުމުރުން 70 އަހަރުވެ، ގައިބާރު ދެރަވެފައިވާ މީހެއްގެ ގޮތުގަ އެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަޖިލީހުގައި އެ މެމްބަރުންގެ ވާހަކަ ހުރި ގޮތުން، ގޮޅީގައި އޮވެވޭރަށް ވުރެ ވެސް ލުތުފީގެ ބަލި ހާލު ބޮޑެވެ.

ގިނަ ބަޔަކު ހީކުރީ ނުވަ އަހަރު ފިލައިގެން އުޅުނު ލުތުފީ ފެންނަ އިރު ވެސް ހުންނާނީ މިފަދަ "ނިކަމެތި ގޮތަކަށް" ކަމަށެވެ.

އެކަމަކު ރޭ ލުތުފީ ފެނުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. އޭނާއަށް ހަމްދަރުދީވެވަޑައިގެންނެވި މެމްބަރުން ސިފަކުރެއްވި ފަދަ ނިކަމެތި ކަމެއް އޭނާގެ ހަށިގަނޑަކުން ނުފެނެ އެވެ. އޭނާ ހުރީ 2010 ގައި ބޭސްފަރުވާ އަށް ފޮނުވާލި އިރަށް ވުރެ ވެސް މާ ފިޓްކޮށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ލުތުފީ ނުކުތީ ސްޓައިލްގަ އެވެ. ނޫ ކުލައިގެ ޖީންސަކާއި އަޅި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ލުތުފީގެ ބޮލުގައި ތޮއްޕެއް އޮތެވެ. އަވި އައިނު އޮތީ ދަތްދޮޅިއާ ދިމާލަށް ވައްޓާލައިފަ އެވެ.

މާލެ: ޖުލައި 9، 2019- މީގެ 31 އަހަރު ކުރިން ރާއްޖެއަށް ދިން ހަމަލައިގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭ އެއާޕޯޓަށް ގެނައުމަށްފަހު ޕޮލިސް ވެހިކަލަށް އަރުވަން ގެންދަނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކޮނޑުގައި ދަބަހެއް އަޅުވައިގެން ހިނިތުންވެ ހުރެ ލުތުފީ އެރީ ފުލުހުންގެ ވެހިކަލަށެވެ.

އޭނާގެ ހަށިގަނޑު ކުރިއަށް ވުރެން ފިޓްކޮށް ފެނުމުން އެއީ ލުތުފީތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މީގެ 31 އަހަރު ކުރިން 1988 ގައި އޭނާ ހައްޔަރުކުރި ފޮޓާތަކާއި ފަހުން 2010 ގައި ބޭސްފަރުވާ އަށް ފޮނުވި އިރު ފުލުހުން ނެގި ފޮޓޯތައް އަޅާބެލި އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެއަށް މަޝްހޫރު ކުށްވެރިޔާއަށް އަމާޒުކުރި މަލާމާތުގެ އެ ޓުވީޓްތަކުގައި ފިލައިގެން އުޅެ، ޖިމަށް ގޮސް ކަސްރަތު ކުރީތޯ ވެސް އެހި މީހުން މަދެއް ނޫނެވެ.

އެއާޕޯޓުން އޭނާ ފެނުމާ އެކު ވެސް އެއް ބަޔަކު ނުރުހުން ފާޅުކުރި އެވެ. އޮންނަން ޖެހެނީ ގޮޅީގައި ކަމަށް ދިމާލަށް ބުންޏެވެ.

ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ނެރުނު އިރު އަތުގައި ބިޑިއެއް ނެތެވެ. އެހެންވެ މިއީ "ރަސްމީ އިއްޒަތުގައި" ލުތުފީ މާލެ ގަނައުން ކަމަށް ސިފަކޮށް ވެސް އެއް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ލުތުފީ މާލެ އަރުވައި ފުރަތަމަ ގެންގޮސް ވެއްދީ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ދިވެހި ގައުމަށްޓަކައި މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށް، ނޮވެމްބަރު 3 ގައި ޝަހީދުވި ހުސެއިން އާދަމްގެ ހަނދާނުގައި އިމާރާތްކުރި ފުލުހުންގެ މައި މަރުކަޒަށެވެ.

މާލެ: ޖުލައި 9، 2019- މީގެ 31 އަހަރު ކުރިން ރާއްޖެއަށް ދިން ހަމަލައިގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭ އެއާޕޯޓަށް ގެނައުމަށްފަހު އެއާޕޯޓުގެ އެރައިވަލް ގޭޓުން ނެރެނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މާލޭ ޖަލަށް އޭނާ ގެންދިޔައީ ފުލުހުން ފުރިހަމަކުރަން ޖެހޭ ރަސްމީ ކަންކަން ނިންމައިފަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި ބޭސްފަރުވާ އަށް ފޮނުވާލުމުން ފިލައިގެން އުޅެފައި ލުތުފީ އަމިއްލަ އަށް އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭނާ އަތުލައިގަންނަން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ނާކާމިޔާބުވީ ނަމާއި ސިފަ ބަދަލުކޮށް ފިލައިގެން އުޅުމުންނެވެ.

މާލެ: ޖުލައި 9، 2019- މީގެ 31 އަހަރު ކުރިން ރާއްޖެއަށް ދިން ހަމަލައިގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭ އެއާޕޯޓަށް ގެނައުމަށްފަހު ޕޮލިސް ވެހިކަލަށް އަރުވަން ގެންދަނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އޭނާ ފިލައިގެން އުޅުނީ އެކި ފަހަރު އެކި ނަން ނަމުގަ އެވެ. އެއް ފަހަރު ޒާންގެ ނަމުގައި އުޅެނިކޮށް ވެސް ފަޅާއެރި އެވެ. އޭނާ ހުރި ތަން އެނގިގެން ހައްޔަރުކުރަން ފުލުހުން ދިޔަ ފަހަރުތަކުގައި ވެސް ފިލާފައި ވެ އެވެ.

ލުތުފީއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

ނޮވެމްބަރު 3، 1988 ގައި ބަޑިޖަހައި 19 ދިވެއްސެއްގެ ލޭ ދިވެހި ބިމަށް އޮހޮރުވާލުމަށް ފަހު ވެސް ލުތުފީ އަވަސްވެގަތީ ފިލައިގެން ދާށެވެ. ހަމަލާ ނާކާމިޔާބު ވުމުން، ރާވާފައި އޮތް ގޮތަށް އޭނާ ގޮސް އެރީ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށެވެ. ޓެރިރިސްޓުން އަތުލައިގަންނަން އިންޑިއާގެ މަނަވަރުން ހަމަލާދޭން ފެށުމުން އެންމެ ފަހުން އަމާންދިނެވެ.

ޕްރޮގްރެސް ލައިޓްގައި ތިބި ރަހީނުންނާއި ޓެރަރިސްޓުން މޫދަށް ފުންމާލުމުން، އިންޑިއާ ސިފައިން ގޮސް އެ އެންމެން ނެގި އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި ނޮވެމްބަރު 3 ގައި، ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު މާލޭގައި ލުތުފީ އުޅުނީ ވިގެއް ޖަހައިގެންނެވެ. އެކަމަކު އަތުލައިގަނެގެން މާލެ ގެނައި އިރު ފެނުނީ ބޮލުގެ މެދުން ފަތް ގޮސްފައި ހުއްޓަ އެވެ.

އޭރުގެ ބައެއް ސިފައިން ބުނާ ގޮތުގައި، ލުތުފީ އެ ދުވަހު އުޅުނީ ވިގެއް ޖަހައިގެން ކަން ނުވަތަ ނޫންކަން ކަށަވަރެއް ނޫނެވެ.

ނުވަ އަހަރު ވަންދެން ފިލައިގެން އުޅެފައި މިދިއަ މޭ 1 ގައި ލަންކާގެ އެމްބަސީ އަށް ލުތުފީ ދިޔައީ އެ ގައުމުގައި ދެން އެގޮތަށް ފިލައިގެން ނޫޅެވޭނެ ކަން އެނގި އިތުރު މަގެއް ނެތުމުންނެވެ. އޭނާ އަނެއްކާވެސް މިހާރު ހުރީ ޖަލުގަ އެވެ.

ފިލައިގެން ނުގޮސް ލުތުފީ ޖަލުގައި ހުރި ނަމަ، 2014 ގައި އޭނާ މިނިވަންވީހެވެ. މަރަން ހުކުމް ކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހަށް ބަދަލުކޮށްފަ އެވެ. އޭރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަނީ 25 އަހަރެވެ.

ލުތުފީއާ އެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އެރި، އަނެއް ޚާއިނު، ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ މިނިވަންވެފަ އެވެ.

ލުތުފީ ރާއްޖެ ގެނައުމާ އެކު، ގައުމު ދެކެ ލޯބިވާ ދިވެހިން ގޮވަމުން އަންނަނީ މިހެންނެވެ؛

"ބާޣީ ލުތުފީ އަށް މާފެއް ނެތެވެ. އޭނާ އޮންނަން ޖެހޭނީ ގޮޅީގަ އެވެ. ސިފަ ބަދަލުކޮށް ފިލުމުގެ ފުރުސަތެއް ދެން ދީގެން ނުވާނެ އެވެ."

75 ކޮމެންޓް, 123 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 14%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހޫ

11 July 2019

70 ވިިޔަސް ފިިޓް މީހުން ޒުވާންް ވާނެ! ޒުވާން ކަމަކީ އުމްރަކަށް އޮންނަ ކަމެއް ނުންކަން ލުތުފީ ދައްކާދިނީ.. ސިިއްހަތު އެއްޗަކީ... ފިިޓް މިންވަރު... އަމީތާބު މެން 70 އަހަރުގަ މުސްކުޅި ފިޓްނުންވީމަތާ

The name is already taken The name is available. Register?

ހަސަނު

11 July 2019

މަ މިހާރު ބޭނުމީ ލުތުފީ އެ ހެދި ގޮތެއް ސާފުކޮށް ހަމަ އެހެން މަވެސް ހަދަން.. އޭރުން މަ ވެސް ރީތިވެދާނެ...

The name is already taken The name is available. Register?

ބަސީ

11 July 2019

ޔާ ﷲ ނޮވެމްބަރު ތިންވަނަދުވަހު މަރިވެ ދިޔަ މީހުންނަށް ޝަހީދުންގެ މަތިވެރި ދަރަޖަ ދެއްވާދޭވެ! އަދި އެއުރެން ޝަހީދުކޮށްލި ބާޣީނަށް ދިނިޔޭގައިވެސް އާޚިރަތުގައިވެސް ނިކަމެތިކަމާއި އަޒާބު މިންވަރު ކުރައްވާދޭވެ

The name is already taken The name is available. Register?

އިޙްސާސް

11 July 2019

ފިންގަ ޕުރިންޓުއެއީ ދެމީހެއްގެ އެއްގޮތް ނުވާނެ އެއްޗެއް. މީނާގެ ފިންގަޕުރިންޓު ދިމާވޭބާ؟ ލުތުފީ ދެންވެސް ބަސްއަހައިގެން ގޮޅީގައި އޮވެބަލަ. ކުރިންވެސް ބަސް ނޭހުނީމަ ދޯ ތިޔަކަމެއް ލައިގަތީ. މީނާއަށް ރައީސް މާފު ނުދެއްވާތި. ޝަޙީދު ވި މީހުންގެ ވާރިސުން މީނާއަށް މާފު ދިނިއްޔާމު ނޫނީ މިކަމަކުން މީނާއަށް މާފެއް ނެތް.

The name is already taken The name is available. Register?

ހުއްބުއްވަތަން

11 July 2019

ލުތުފީ އޭ ކިޔާ އިރަށް 03 ކާއި ފެބުރުއަރީ 07 އެއްހަމަޔަކުން ގުނަން ބަޔަކު އެބައުޅޭ! ބަލަ އަހަރެމެން ޕާޓީން ވެރިކަމަށް އަހަރެމެން ހޮވިމީހާގެ އަމިއްލަޔަށް އިސްތިއުފާ ދިނީކީ ނޫންތަ! ބޭރުގެ ޓަރަރިސްޓުން އެދުވަހުމާލެ އެރިތަ މީހުން މަރާ މީހުންގެ މުދާ ފޭރިނުތަ ރާއްޖޭގެ ދިވެހިންގެ އަމިއްލަ ވެރިކަން ދެމިއޮތޭ އެދުވަހުވެސް އެހެންވެ މިއަދު އެމްޑީޕީއަށްވެސް މިވެރިކަން ހިންގެނީ!

The name is already taken The name is available. Register?

ޟަމީ

11 July 2019

ކިތައްމެ ވަރަކަށް އެދެސުވަސް ހަމަހަމަ ކުރަން އުޅުނަސް ނުވާނެ 19 ދިވެހިންގެ ފުރާނަޔާއި 173 މީހުންގެ ލެޔާއި ބޭރުގެ ޖަމާއަތެއް ރާއްޖޭގެ ވެރިކަމަށް ގެނައުމާއި ވަރަށއ ތަފާތު

The name is already taken The name is available. Register?

އިހުސާނާ

11 July 2019

މި ޚާއިނާ ދޭތެރޭ އެހެން ގޮތަކަށް ދެކޭ އަންހެނުންތައްވެސް މަދަކަ ބައިވަރެއް ނޫން އުޅެނީކީ އެއް! މީ ވަރަށް ވެސް އީގޯ ފަލަ ތިމާ އަށް ތިމާ ފެނިފަ ހުންނަ ލުތުފީ އެއް! އެއްބަނޑު މީހުންނާ އެއްކޮށް ވެސް ގޮތްގޮތަށް އުޅެގެން ފަޅާ އަރާފަ ހުރި މީހެއް ކަމަށް ވަނީ މީ އިނގޭ! ބަލާލުމަށް ހީވަނީ މީ އަންޑަރ އާމަރ އިން ސްޕޮންސަރ ދީގެން ގެނައި ސެލެބްރިޓީ އެއްހެން! ނޫނޭ ވާ ފާޑެއްގެ ބަޔެއް ދިވެހިންނަކީ އިނގޭ!

The name is already taken The name is available. Register?

މީރުބަހުރު

11 July 2019

މީނަގެ ކުރީގެ ފޮޓޯތަކާ އެއްގޮތް ކުރުމަށް ތުން ބައްދައިގެން ހުރުމާ އެގޮތަށް ހުރެވޭތޯ މަސައްކަތް ކޮށްފައިވާކަމަށް ފޮޓޯތަކުން ބަލާބަޔަކަށް ފެންނާނެ. މީނާ މިހާދުވަސް ވީއިރު މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް ހީވަނީ ކަސްރަތު ކުރުމާއި ހަށިގަޑު އެއްވަރެއްގައި ހިފެހެއްޓުމަށް ރަގަޅުކާނާ ބޭނުން ކުރުމާއި މެޑިކަލް ގަވައިދުން ހަދަމުން ގެންދިއުންކަމަށް ވަރަށްހީވޭ.

The name is already taken The name is available. Register?

11 July 2019

މިހާރު އެންގިއްޖެނު ބާގީ ލުތުފީ އެއީ ބަލި މީހެއް ނޫން ކަން. އަވަހަށް ފިލި ކަމުގެ އަދަބުދީ. ފިލުމަކީ ވެސް ކުށެއް . އެކަމާ ދައުވާކޮށް އަދަބުދީ. ބާގީ ޓެރަރިސްޓް ލުތުފީ ގެ ސަބަބުން ކިތަށް އާއިލާ ނިކަމެތިވި. ލުތުފީ ޓެރަރިސްޓުން ގޮވައިގެން މާލެ އަރާ އަނިޔާ ކޮށް ދިވެހިންގެ ގައިން ލޭ އޮހޮރުވާލި. ހަށްގު އަދަބުދީ

The name is already taken The name is available. Register?

ފާޒިލް

11 July 2019

"ދޯ" މަޖައްލާގަ ފިޓްލުތުފީ ގެ އިންޓަވިއުއެއް ފެންނާނެ ކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

1111

11 July 2019

ބާޣީންނަށްވީ ލުތުފީ މެން އެކަނި!ނާސިރު ގެ ވެރިކަމާ ދެކޮޅަށް ނުކުމެ އޭރު ވައްވައްޖެހި މީހުން..،2000ވަނަ އަހަރު ފަހުން ވެރިމީހާއާ ދެކޮޅަށް ނުކުމެ އޭރު ވައްވައްޖެހި މީހުން..، 2009ގައި.. އަދި 2014ގައި ވެރިކަމާ ދެކޮޅަށް ނުކުމެ އޭރު ވައްވައްޖަހި މީހުންވަނީ ކޮންބަޔަކަށް؟ހަތިޔާރާއެކު ވެރިމީހާއާ ދެކޮޅަށް ނުކުތީމަ ނުވަތަ ބޮޑުވަރުވީމަތަ ބަޣާވާތަކަށް ވަނީ! އިސްލާމް ދީނުގައި ސައްހަ ސަނަދުން ބަޣާވާތް މާނަ ކޮށްފައިވާގޮތް އޮޅުން ފިލުވަން ވެއްޖެއެއް ނޫންތަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454