ޚަބަރު / އެކްސިޑެންޓް

ހަދަމުންދާ އިމާރާތަކުން ދަގަނޑެއް ވެއްޓި މީހެއްގެ ބޯ ފެޅިއްޖެ

ހަދަމުންދާ އިމާރާތެއް: ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔަ -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މާލޭގައި ހަދަމުންދާ އިމާރާތަކުން ދަގަނޑެއް ވެއްޓި، މީހަކަށް ރޭ އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ މަގު ބަންދުކޮށްގެން ހަދަމުންދިޔަ އިމާރާތަކުންނެވެ. ރޭ 12 ޖަހާކަން ހާ އިރު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ އެ މަގުގެ ނުބައި ފަޅިއަކުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހަކަށެވެ. އަދި އެ މީހާގެ ބޯ ފަޅާއިގެން ދިޔަ ކަމަށާއި އޭނާ އަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިިޔަ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެ ތަނުން ވެއްޓުނީ އެތަނުގައި ސަލާމަތަށް ޖަހާފައި ހުރި ދަގަނޑެއް ކަމަސް ވެސް ފުލުހުން ބުންޏެވެ. އަދި ކަމާ ގުޅޭ ފަރާތްތަކާ އެކު މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަދަމުން ދިޔަ އިމާރާތަކުުން ސިމެންތި ބަސްތާތަކެއްގެ ވެއްޓި، އެތަނުގައި މަސައްކަތްކުރި ބިދޭސީއަކު ވެސް މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގުމުގެ ކުރިން އެ ހަފްތާގައި އެތަނުގައި ހިނގި އެހެން ހާދިސާއެއްގައި، ވިންޗް ކޭބަލެއް ކަނޑައިގެން ގޮސް ވެސް މީހަކަށް އަނިޔާވި އެވެ.

ކޮންސްޓްރަކްޝަން ހާދިސާތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އާންމުންނާއި މަސައްކަތްތެރިންނަށް އަނިޔާވާތީ، އެކަމަށް ހައްލެއް ހޯދަން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އިރު ސަލާމަތީ ކަންތައް ވަރުގަދަ ކުރަން އިމާރާތްކުރުމުގެ ގަވާއިދެއް އެކުލަވާލާފައި ވެ އެވެ.

11 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 24%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސް

17 July 2019

ކޮބާތަ ލާންބުނި ކޮމިއުނިޓީ ޕޮލިހުން....! ހާދަ ދެރަކަމެކޭމީ ނުވަންޏާ އިސްތިއުފާދީ ކައުންސިލް

The name is already taken The name is available. Register?

ނަވާބީ

17 July 2019

ތިނޫން ދުވަހެއް މިހާރު ނާދޭ. ސިމެންތި ބަސްތާއެއް، ބެލްކަންޖެއް. ހޮޅިއެއް.

The name is already taken The name is available. Register?

ޡިދުނާ

17 July 2019

މަގުގެ މެދުން ހިގަން އާދަކުރޭ.ސަލާމއތެއްނެތް.

The name is already taken The name is available. Register?

މުކި

17 July 2019

ވަރައް ގިނަ ފަހަރު ބުނެވިއްޖެ މަގުމައްޗަށ ބެލްކަނި ނެރުން ހުއްޓުވިގެންނޫނީ މިކަމަށް ހައްލެއްނާންނާނެއޭ. ޢަޑު އިވޭ މީހަކުނެތް

The name is already taken The name is available. Register?

ފެއިލް

17 July 2019

ދިރިއުޅެން ބިރުބޮޑު ތަނެއްނުން. ކޮންމެ މަހަކުހެން ދެތިން މީހެއްގެ ބޮލަށް ދަގަނޑުބުރިއެއް ނޫނީ ބެލްކަނީއެއް ނޫނީ ސިމެންތި ބަސްތާއެއް އެބަ ވެއްޓޭ. މިކަން ހައްލުކުރަން އެޅޭ ފިޔަވަޅެއް ނުފެނޭ.

The name is already taken The name is available. Register?

އެކަމަކު ދޯ

17 July 2019

ސަލާމަތަށް ޖަހާފައި ހުރިި ދަގަނޑު ހާދަ ސަލާމަތޭދޯ. ނުބައިފަޅިން ވަތް މީހަކަށް ވިއްޔާ މިކަހަލަ އަނިޔާ ލިބެން ޖެހޭބާ.. އެއީ ހިނގާފަ ދިޔަމީހަކަށް ވިނަމަ ކޮމެންޓް ކުރިމީހާ ކީކޭބާ ބުނާނީ

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

17 July 2019

މިއޮތީ ދަގަނޑު ފައިބާ މޫސުން ލައިގަނެފާ. ނުރައްކާ! އެންމެން ރައްކާތެރިވާތި!

The name is already taken The name is available. Register?

ނެކްސްޓް

17 July 2019

ހިނގާމީހުން ދަރިންގޮވައިގެން ފުރާނަ އަތްމައްޗަށް ލައިގެން ދާންޖެހެނީ މިކަހަލަ ތަންތަނުގެ ދަށުން. ދުއްވާއެއްޗެހީގައި ތިއްބަވާ ބެކަުލުން އަމަށަކު ރުޅިއެއްނުޫން އަންނަނީ

The name is already taken The name is available. Register?

ބަކޫ

17 July 2019

13.05 ހާއިރު ދާދި ދެއްމެޔަކު އަޅުގަންޑު ދަރިފުޅު އަމީނައްޔާއަށް ގެންގޮސްފަ އައި މަގުމަތީގަ އަސްރަފީ ބުކްސޮޕް ގޯޅިގަނޑަށް ވަންތަނާ ކަނާއަތް ފަރާތުގަ އިން ހަދަމުންދިޔަ އިމާރާތަކުން ބޮޑު އެލްމެނިއަމް ފަތިގަނޑެ ވެއްޓުނު ކިރިޔާ ބޮލުގަ ނުޖެހުނީ.................

The name is already taken The name is available. Register?

ފާފުހާ

17 July 2019

ސަލާމަތަށް ޖަހާފަ ހުންނަ ދަގަޑު ވެއްޓީ މަގުހިގާ މީހުން ނުރައްކަލުގެ ތެރޭގައި ތިބެންޖެހުނީމަ މީ ދެރަކަމެއް. ސަލާމަތައް ޖަހާފަ ހުންނަ ދަގަޑު ތައް ހުންނަންވާތީ ވަރަށް ސޭފްޓީކޮށް ހިފެހެއްޓިފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!