މި މަހުގެ 28 ބަންދު، އީދާއެކު އަންނަ މަހުގެ 15 ވެސް ބަންދު

މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ. އެއާއެކު އަޟްހާ އީދާ ގުޅިގެން އަންނަ މަހުގެ 15 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ނިންމައިފަ އެވެ.


މިއަހަރުގެ މިނިވަން ދުވަސް ވަނީ ޖުލައި 26 ވާ ހުކުރު ދުވަހަށެވެ. އެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަސް ވެސް ބަންދެވެ. އެހެންކަމުން އިތުރު ކުރި އެއް ދުވަހާއެކު، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ވެސް ސަރުކާރު ބަންދުވާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަސް ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. އަޟްހާ އީދުގެ މުނާސަބަތުގައި ބަންދުކުރާ ހަތަރު ދުވަހާއެކު، ނުވަ ދުވަހުގެ ބޮޑު ބަންދެއް ލިބޭނެ އެވެ.