ޚަބަރު / މިނިވަން ދުވަސް

ފަރުދީ މިނިވަންކަމާއި މި ފަސްގަނޑު ހިމާޔަތްކޮށްދޭނަން: ރައީސް

ރައީސް: ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ވިދާޅުވި. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މި ފަސްގަނޑުން އެންމެ ތަންފުކެއްގެ ވެސް މިލްކުވެރިކަން ބޭރުގެ ބަޔަކަށް ދޫކޮށް ނުލައްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ވާހަކަފުޅު ފެއްޓެވީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީގެ އުފަލުގައި ރައްޔިތުން ބައިވެރި ކުރައްވަމުންނެވެ. މިނިވަން ދައުލަތަކަށް ލިބޭނެ އެންމެ މަތިވެރި ފަޚުރާއި ޝަރަފަކީ އެހެން ގައުމުތަކާ ފައިހަމަކުރުން ކަމަށް ވިދާޅުވި އެވެ.

އެއާ އެކު، ކޮންމެ މައިދާނެއްގައި ވެސް ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން ކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މޮރިޝަސްގައި މިހާރު ކުރިއަށް ގެންދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދިވެހިން އިހްސާސްކުރަމުން އަންނަނީ ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހީންނަށް ލިބިފައިވާ މިނިވަންކަމުގެ ފުރިހަމަ ކަމެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެން އުހަށް ދިވެހި ދިދަ އުފުލައިދިން ޒުވާން އަންހެން ޓޭބަލް ޓެނިސް ޓީމުގެ ހިތްވަރު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ޓީމު ސާބިތުކޮށްދިނީ ރާއްޖޭގެ މިނިވަންކަމާއި އިއްޒަތާއި ކަރާމާތް މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދޭނެ ފަޚުރުވެރި ޒުވާން ދަރިންތަކެއް ތިބި ކަމެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރުމެވެ. އުފާވެރިކަމާ އެކު ދިރިއުޅެވޭނެ ގެދޮރުވެރި، ފުދުންތެރި އަދި ފަޚުރުވެރި އާއިލާއެއް ބިނާކުރުން ކަމަށް ވިދާޅުވި އެވެ.

ފަރުދީ މިނިވަންކަން ހާސިލް ކުރެވޭނީ އެ މަގްސަދު ހާސިލް ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރޭ ބޭއްވެވި ބައްދަލުވުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ރާއްޖޭގެ ކަނޑުފަޅާއި ފަރާއި އެއްގަމާއި ވަޔާއި ކަނޑުން ގުޅިފައިވާ މި ބިޔަ ނޫ އިގްތިސާދުގެ ނަފާ ހުރަހެއް ނެތި ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް ހިމާޔަތްކުރެވި އަދުލު އިންސާފު ގާއިމްކުރެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަން ހޯދައިދެވިގެން،" ރައީސް ވިދާޅުވި އެވެ.

މި އަމާޒަށް ވާސިލްވާން އެންމެން އެއް އަޒުމެއްގައި މަސައްކަތް ކުރަން ރައީސް ގޮވާލެއްވި އެވެ.

ދައުލަތުގެ ހުރިހާ ބާރުތަކާއި މުއައްސަސާތަކުގެ ވެސް ހަގީގީ މަގްސަދަކަށް ވާން ޖެހޭނީ، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންގެ އަޑު އުފުލައިދިނުމަށް. --ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ގާނޫނުތަކާއި އުސޫލުތައް އުވާލާނެ އެވެ. އެ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިވަންކަމަކީ ކޮންމެ މީހެއްގެ ވެސް އިންސާނީ ވަންތަކަން ރަމްޒުކޮށްދޭ އެންމެ މަތިވެރި ސިފަ ކަމަށް ވިދާޅުވި އެވެ.

"އަދި އިންސާނީ ހައްގުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ހައްގު ވެސްމެ. އެއީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން ކޮންމެ މީހަކާ އެކުގައިވާ އަދި އެއްވެސް މީހެއްގެ ކިބައިން ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ އިންސާނީ ޝަރަފެއް،" ރައީސް ވިދާޅުވި އެވެ.

ގައުމެއްގެ ކީރިތިކަމާއި މޫރިތި ކަން ބިނާވެފައި ވަނީ ވެސް އެ ގައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިހްސާސްކުރެވޭ މިންވަރެއްގެ މައްޗަށް ކަން ފާހަގަކުރެއްވި އެވެ

ރައީސް ވިދާޅުވީ ފަރުދީ މިނިވަންކަމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަނީ ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ ފަރުދީ އަދި ޒާތީ މިނިވަންކަން ގެއްލި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ގެއްލުނު ހާލަތުތައް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށެވެ. ކުރީގެ ސަރުކާރުގައި ރައްޔިތުންގެ ފަރުދީ މިނިވަންކަން ނިގުޅައިގަނެވުނު ކަން ފާހަގަކުރައްވައި ރައީސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަމުން ރައްޔިތުން މަހްރޫމްވާނެ ފަދަ އެއްވެސް ހިނދުކޮޅެއް މި ގައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަަމަށް ރައީސް ވިދާޅުވި އެެވެ.

"ފުރިހަމަ މިނިވަން ކަމެއް އިހްސާސް ކުރެވޭނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ހާސިލްކުރަން އެދޭ ކޮންމެ ކަމެއް ހަގީގަތަކަށް ހެދޭނެ ކަމުގެ ޔަގީންކަން ލިބިގެންވާ މާހައުލެއް، މި ރާއްޖޭގައި އުފެދިގެން. އެފަދަ މާހައުލެއް އުފެއްދުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- މިނިވަން ދައުލަތެއްގެ އެންމެ މަތިވެރި ފަޚުރާއި ޝަރަފަކީ އެހެން ގައުމުތަކާ އެއްހަމައެއްގައި ފައިހަމަކުރުން. ކޮންމެ މައިދާނެއްގައި ބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން ލިބުން.

- މޮރިޝަސްގައި ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ތެރެއިން އަޅުގަނޑުމެންނަށް އިހްސާސް ކުރެވެމުން އެދަނީ ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހިންނަށް ލިބިފައިވާ މިނިވަންކަމުގެ ފުރިހަމަކަން.

- މިނިވަންކަމުގެ ފަހަތުގައި ވަނީ ގައުމީ ބަތަލުންތަކެއްގެ ގުރުބާނީ އާއި ޖިހާދު.

- މިިނިވަންކަން ދަމަހައްޓަން ހޭލައި ތިބެންޖެހޭ ކަންކަން އޭގެ ޒާތުން ބަދަލުވެއްޖެ، އަނެކާގެ ވިސްނުމާއި ފިކުރަށް އިހްތިރާމް ނުކުރުމުގެ ސަގާފަތް ގަބޫލެއް ނުކުރެވޭ.

- ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ ފަރުދީ އަދި ޒާތީ މިނިވަންކަން ނިގުޅައިގަތް ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި.

- ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަނެވޭނެ އެއްވެސް ހާލަތެއް މި ގައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން.

- ފުރިހަމަ މިނިވަން ކަމެއް އިހްސާސް ކުރެވޭނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ރާއްޖޭގެ ގާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެގެން.

- ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރުން.

- ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތް ގިނަ. އަޅުގަނޑު ނުކުރާނެ ކަމަކީ މި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަން ވެސް، ބޭރު ބަޔަކަށް ދޫކޮށްލުން.

- ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން. ރާއްޖެ އަކީ ގައުމުތަކާ ގުޅުން ބަދަހިކުރާނެ ގައުމެއް.

"ހައްދުފަހަނާޅައި ދާކަށް ނުރުހެން"

ރާއްޖޭގެ މިނިވަންކަމަށް މަސައްކަތް ކޮށްދެއްވި ގައުމީ ބަތަލުންގެ ހަނދާން ރައީސް އާ ކުރައްވައި، މި ގައުމަށް ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވި ކުރީގެ ރައީސް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތޯބު ދެއްވުމުގެ ކުރިން ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގޭ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ހޭލައި ތިބެން ޖެހޭ ކަންކަން ބަދަލުވެއްޖެ އެވެ. ކަނޑި އާއި ބަޑީގެ ހަނގުރާމަތައް ފިކުރީ އޮއިވަރަށް ފުރޮޅިއްޖެ ކަން ފާހަގަކުރައްވައި ތަފާތު ހަރުކަށި ވިސްނުންތަކާއި ހައްދު ފަހަނަޅައިދިޔުމުގެ ކަޅު ވިލާތައް ބޯމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ކަންބޮޑުވުންތައް ތަފާތު. އެއީ އަނެކާގެ ވިސްނުމާއި ފިކުރަށް އިހްތިރާމް ނުކުރުމުގެ ސަގާފަތް. ތަހައްމަލްކުރުން ނެތި ގޮސް، ކެތްތެރިކަން ކޮޅުންލުން. ތިމާގެ ގޮތް ނޫން ގޮތަކީ، ނެތް ގޮތެއް ކަމަށް ގަބޫލުކުރުން،" ރައީސް ވިދާޅުވި އެވެ.

"ނަމަވެސް ހައްދުފަހަނަޅައި ދިޔުމަކަށް އަޅުގަނޑުމެން ނުރުހެން. ނިރުބަވެރިކަމާ ދެކޮޅަށް އަޅުގަނޑުމެން މިތިބީ ބައިނަލްއަގުވާމީ ގުޅުންތަކުން ބަނދެވިގެން."

"ހަތުރުވެރިކަމެއް ނެތް، މިތުރުވެރިކަން އިސްކުރާނަން"

ރައީސް ސިފަކުރެއްވި ގޮތުގައި ޚާރިޖީ ގުޅުންތަކުގައި ވެސް ރާއްޖެ އަބަދުވެސް އިސްކުރާނީ އެކުވެރި ކަމެވެ. ރާއްޖެ ދެމިއޮންނާނީ ގައުމުތަކާ ގުޅުން ބަދަހިކުރާ ގައުމެއްގެ ގޮތުގައި ކަަމުގެ ޔަގީންކަން ދެއްވި އެވެ.

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. އެއާއެކު އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރަސީ ދަަމަހައްޓައި މޫސުމީ ބަދަލުތަކަށާއި ތިމާވެށި ހިމާޔަތްކުރަން އިސްކަންދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

"ގައުމުތަކާ އެކު އަޅުގަނޑުމެން ގުޅުންތައް ދަމަހައްޓަމުން ދާނީ، މި ތަރަހައިގެ މަތީގައި،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ، ގައުމުތަކާ އެކު ގުޅުން ބަދަހިކުރާ ބައެއް. ހަތުރުވެރިކަމެއް ނެތި މިތުރުވެރިކަން އިސްކޮށް އާލާކުރާ ގައުމެއް."

ބިމުގެ މިލްކުވެރިކަން ބޭރު ބަޔަކަށް ދުލެއްނުކުރާނަން

މިނިވަންކަން ދަމަހައްޓަން ޖެހޭނީ ހުރިހާ މައިދާންތަކެއްގައި ކުރިއެރުން ހޯދުމުގެ އިތުރުން އިގްތިސާދީ ފުދުންތެރިކަމާ އެކުގައި ކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގޮންޖެހުންތައް ވެސް ގިނަ ކަމަށެވެ. ރާއްޖެ ތަރައްގީ ކުރަން ކިތަންމެ ބޭނުންވިޔަސް އެމަނިކުފާނު ނުކުރައްވާނެ ކަމަކީ ވަގުތީ މަންފާ އަށް މި ފަސްގަނޑުން ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަން ބޭރުގެ ބަޔަކަށް ދޫކޮށްލުން ކަމަށް ވިދާޅުވި އެވެ.

"މުދަލާއި ފައިސާ އިން އަގު ކުރެވޭ ވަރަށް ވުރެ، މި ޖަޒީރާތަކުގެ ގަދަރާއި ކަރާމާތް، އަޅުގަނޑުމެންގެ ކުރިމަތީގައި މާ މަތިވެރި،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީކުރާނީ، ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލައި ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ. އަދި ގައުމީ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށާއި އެންމެ އިސްކަމެއްގެ ގޮތުގައި އަދުލު އިންސާފުގެ ނިޒާމް މިނިވަންކޮށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދައިދެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ރައްޔިތުންގެ ކިބައިން ފުރަތަމަ ކަމަކަށް އެދިވަޑައިގަތީ ދިވެހިންގެ އަގު އުފުލައި ދިނުމަށެވެ. އެއާ އެކު، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށެވެ. އަދުލުވެރިކަމާއި ހަމަޔާއި އިންސާފު ގާއިމް ކުރުމަށްޓަކައި ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދަ އަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ރާއްޖެ އިސްލާހުކޮށް ތަރައްގީކުރާނީ، އަޅުގަނޑުމެން އެންމެން،" ރައީސް ވިދާޅުވި އެވެ.

54 ކޮމެންޓް, 78 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 1%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދޭ

28 July 2019

އޮއްޓަރެއް ހުރި ވާހަކައެއްވެސް ދައްކަން ނޭގޭ މީހެއް.

The name is already taken The name is available. Register?

ޡުލޭ

28 July 2019

ކީކޭ ކިޔަން އުޅޭ މިޙެއްތަ މީ؟

The name is already taken The name is available. Register?

ނުރަބޯ

27 July 2019

ވީޑިއޯ ، އޯޑިއޯއާއި އެއްކޮށް ހުންނަ ވީޑިޔޯ ފޭކެއް ކަމުގައި ނުވާނަމަ އެއީ ޝަރީއަތުގައި ބޭނުން ހިފޭ ސާބިތު ހެކިކަމަށް ފާސްކޮށް ތަސްދީގު ކުރަން އަވަސް ކުރަން ގޮވާލަން ! އެހެންނޫނީ ލޯންޑަރީ މައްސަލަ ތައް ވައިޓް އަންޑަވެޔަރ ގެ ވީޑިއޯހެން ވެދާނެ !

The name is already taken The name is available. Register?

ނުރަބޯ

27 July 2019

ސޯލިހު ނަފުސާ ގައުމައްޓާކާ އިސްކޮށް ކޮށްދޭންވީ ކަމެއް އެބައޮތް ! އެއީ ވީޑިއޯ އަދި އެއްކޮށް ހުންނަ ވީޑިއޯ އޯޑިއޯ ޤާނޫނީ ގޮތުން ގަބޫލްކުރާ ސާބިތު ހެކިކަމަށް ފާސްކޮށް ތަސްދީޤް ކުރުން . އޭރުން ތިޔަ ލޯންޑަރީ މައްސަލަޔާ ގެއްލުމާ މަރާ ރަގަޅަށް އިގޭނެ !

The name is already taken The name is available. Register?

ވެރިކަން

27 July 2019

އެއްޗެއް ބަލައިގެން ކިޔާއިރުވެސް ކޮށަކޮށައިގެން މިކިޔެނީ! މީ ކިހާ ދެރަކަމެއް. ހަދީސުގަވެސް އިންނަނީ ޖާހިލުންނާ ގައުމުގެ ވެރިކަން ހަވާލުވެއްޖިއްޔާ، އެތަނެއްފަސާދަ ވެގެން ހިނގައި ދާނެޔޭ.

The name is already taken The name is available. Register?

ހަސަދު

27 July 2019

އިންޑިޔާ ޔޭ ކިޔަކިޔަ ތިއްބާ ބަންގާޅުން ރާއްޖެ އެއްކޮށް ހިފައި، ދިވެހިންނަކީ އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވާން ކައިރިވެއްޖެ. މިހާރުވެސް ބާޒާރު ބަންގާޅުންގެ އަތްދަށުގައި، ހުރިހާ ފިހާރަ އެމީހުންގެ އަތްދަށުގައި، ކޮންސްޓަރކްޝަން އެމީހުން އަތްދަށުގައި. އިންޑިޔާއޭ ކިޔާ މީހުން އަސްލު ނުރައްކާ އެޑުރެސް ކުރުވިއްޔާ މާރަނގަޅުވާނެ. ފަލަސްތީނަށްވެސް ވީ ހަމަ މިކަހަލަ ގޮތެއް. ފަހުން މިނިވަންކަން ގެއްލި ދިޔައީ.

The name is already taken The name is available. Register?

މިމު

27 July 2019

ޝުކުރިއްޔާ ރައީސް

The name is already taken The name is available. Register?

އަލީއަރީފު

27 July 2019

ކޮބާ ފަރުދީމިނިވަންކަން ހިމާޔަށްކުރެވިފައި ދާދިފަހުން ތިޔަ ސޮއިކުރީ އިންޑިއާއަށްބޭނުންވެއްޖެ ހިދެއްގައި ދިވެހިން ހައްޔަރުކޮއް އިންޑިއާއަށް ފޮނުވޭނެ ކަމަށް! ދެން ިހާރުގެ އިންޑިއާ ސިފައިން 100 ހާމީހުން އެބަތިބި މިރާއްޖޭގައި! މިހާރު މީނަމެއްގައި މިނިވަންބައެއް! އަދި ނަތީޖާފެންނާނީ ފަހުން! ދިވެހިން ކަރަޕްސަންނައްތާލާށޭކިޔާފައި ގެނައި ސަރުކާރުގެ ހިތި އަދި މިއަށްވުރެ ބޮޑުކޮންފެންނާނެ!

The name is already taken The name is available. Register?

އުމަރުބެ

27 July 2019

ކޮބާ ބިން ހިމާޔަތްކޮށްދެވިފައި، މިހާރު ބިދޭސީންނަށް ރާއްޖޭގެ ރަށްތަށްވަނީ 99 އަހަރަށްދީފައި، އަދި އައްޑު އަތޮޅުގެ ބިންތަށްވަނީ އިންޑިއާގެ މިލިޓަރީއަކަށްދީފައި، މިއީތޯ މިނިވަންކަމަކީ؟

The name is already taken The name is available. Register?

ޢަހަންމާ

26 July 2019

ކޮބާތޯ އިންޑިޔާއިން އަޑޫގެބޮޑު ސަރަހައްދެއްގައި ހަދާ މިލިޓަރީ ބޭސް މާލޫގައި ބިންނެތިގެން އުޅޭއިރު ސޯސަންމަގުން އިންޑިއަން އެންބަސީ އަޅަން ދިންބިން؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454