ފުޓްބޯޅަ މެޗެއް ބައްލަވަން ގަލޮޅު ދަނޑަށް ވަޑައިގެން ނަޝީދާ އެކު މައުމޫން ސެލްފީއެއް ނަންގަވާއިރު ރައީސް ޔާމީން އަރިހުގައި.-- ފޮޓޯ: ނޫނުޑެއިލީ
14 ސެޕްޓެމްބަރ 2016 - 12:48
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި މައުމޫނާ ގުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދު ވީޑިއޯ ކޮންފަރެންސިން މެދުވެރިކުރައްވާ ލަންކާގައި ތިބޭ ބޭރުގެ ނޫސްވެރިންނަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ދެން އޮތީ ދުވަސްކޮޅެއް ކަމަށެވެ. މި ވެރިކަން ބަދަލުކޮށް، ރާއްޖެ އަށް ޑިމޮކްރެސީ ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ މަހު ފަހުކޮޅު ލަންކާ އަށް ވަޑައިގެން ކުރެއްވީ ވެސް، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަސައްކަތްޕުޅެވެ. އެ ދަތުރުފުޅުގައި އިިދިކޮޅު ފަރާތްތަކާ އެކު ވާހަކަ ދެއްކެވިއިރު، ރައީސް ޔާމީންގެ ވެރިކަން "ގާނޫނީ އިމުގެ ތެރެއިން" ވައްޓާލަން މައުމޫނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ އެކި ބޭފުޅުންނާ މަޝްވަރާކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަބަދު މާޒީގައި އުޅެން ބޭނުން ނަމަ ކުރިމަގު ބިނާކުރާނީ ކިހިނެތް؟" މައުމޫންގެ ވެރިކަމުގައި އެކި ފަހަރު މަތިން ނަޝީދު ޖަލަށް ލުމާއި އެ ނޫން ވެސް އެ މަނިކުފާނަށް ކުރި ބައެއް ދަތިތަކަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.
މައުމޫން ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް ނަޝީދު ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާނެ އެވެ.
އެ ވާހަކަތައް މައުމޫނާއި ޕީޕީއެމުން ވެސް ސީދާ ދޮގުކޮށްފައެއް ނުވެ އެވެ. އެކަމަކު ޕީޕީއެމުން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް މައުމޫން ނުކުރައްވާނެ ކަމަށެވެ. އަދި މައުމޫން ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިވަޑައިގެންފައި ވަނީ ވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށެވެ.
މައުމޫނާ މަޝްވަރާކުރަމުން އަންނަ ކަމަށް އިދިކޮޅު އިއްތިހާދުގައި އިސް ދައުރެއް އަދާކުރައްވާ ނަޝީދު ވިދާޅުވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، މައުމޫނާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އެވެ.
އެ ޑޮއިކުމެންޓްރީގައި މައުމޫނާއި ނަޝީދަށް ވެސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން، އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ދެއްވަން މައުމޫން މި އަހަރުގެ ކުރީކޮޅުު އެދިވަޑައިގަތް ކަމަށާއި އޭގެ ތެރެއިން އެއް ބައި، 50،000 ޑޮލަރު (769،500 ރުފިޔާ) ނަޝީދު މައުމޫނަށް ދެއްވާފައިވާ ކަމަށް ބުންޏެވެ. އެކަމަކު، އެކަން އެ ދެ ބޭފުޅުން ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެތި
16 September 2016
ލޮނުޒިޔާރަތްކޮޅުގައި ކުރެއްވި ކަންތައްތަކަށް ބަލައި، ޖިފުޓިތަކުން ނެރުނު ދަޅުތަކާއި ފުޅިތަކާއި ބޭނުންކޮށްފައިވާ ތަކެއްޗަށް ބަލައި، ދަރިމައިވުން މަނާކުރާ އާލާތްތަކަށް ބަލައި، ރައްޔިތުން ބުނާނީ، ނުނެކޭ ތިޔައީ، މީހަކު ނުވަތަ ބަޔަކު އުޅޭކަށް ރަނގަޅު ގޮތެއްނޫނެވެ. ތިޔަގޮތަށް ނޫޅުއްވާށެވެ.
ކައުންސެލަރު
15 September 2016
މައުމޫނުގެ ޓްވީޓުން މިހާރު ތިޔައޮތީ އަންނި އަމިއްލައަށް އަތަށްގޮވާފަ............ ކަނޑުކޮހުން ސަހާދެއްމިބުނީ......... މީ ވަރަށް ސީދާ ވާހަކައެއް.. ބުނަން ތިޔަ ފާޑުފާޑަކަށް މައުމޫނަކާ ނުކުޅެވޭނެ ހަނދާން ކުރައްޗެ މިކަން.
މިސޮރު
15 September 2016
ނަޝީދު ތީ މުޅި އިސްލާމީ އުންމަތުން މާފަށް އެދެންޖެހޭ މީހެއް.
Mamen
15 September 2016
މައުމޫނު މާފަށް އެދެންޖެހޭވަރު ކަމެއް ނަޝީދުއަށް ކޮށްފައެއްނޯންނާނެ. ނަޝީދުއާބެހޭގޮތުން ވިދާޅުވެފައިވާނީ ނަޝީދަކީ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއްނޫނޭ. އެކަންވަނީ ނަޥީދު އަމިއްލައަށް ސާބިތުކޮށްދީފަ.
ބުއްޅޮބޭ
15 September 2016
އައްދޯތް! ހަމަ ހުވާތަ؟ ދެން ކަލެޔަށް ކޮށްފައި އޮތް 13 އަހަރު ދުވަހުގެ ޖަލު ޙުކުމާއި، އަދި ކުރިޔަށް އޮތް 50 ވަރަކަށް އަހަރުގެ ޖަލު ޙުކުމަށް މާފު ކުރާނީ ކާކުބާ؟ ކަލޭ މާފު ކުރީމޭ ބުނީމާ ދެން އެ ނިމުނީދޯ ހުރިހާ ކަމެއް! މާތްކަލާކޯ، ވެރިކަމާގެން ދަހިވެތިވިޔަސް ފުކެއް ބޮޑުވަރު.
ލާހިފުތު.
15 September 2016
ރާއްޖޭގެ ސިޔާސީ ދައުރު ހަލަބޮލިވެ ބަނަކަމެއްގެ ތެރެއަށް ވެއްޓި ގައުމުގެ ޙާލަތު ބަދަލުވީ މައުޟުނުގެ ވެރިކަމުގައި ނަޝީދު އިސްވެ ހުރެެގން އުފެއްދި ޕްރެޝަރުތަކުން. ވީމާ މައުމޫނުގެ ކިބައިން މަޢާފަށް އެދެންޖެހޭނީ ނަޝީދު. އަނެއްކާ ގައުމަށް ހެޔޮއެދޭނަމަ ވެރިކަން ވައްޓާލުމުގެ ވާހަކައެއް ނުދައްކާނެ. ހެޔޮއެދޭ ކެތްތެރި ކަމެއް ހުރިނަމަ ވެރިކަން ވައްޓާލުމުގެ ބަދަލުގައި 05 އަހަރަށް މަޑުކުރަންވީ. ވެރިކަން ވައްޓާލުމުގެ ވާހައަކީ އެވާހަކަ ދައްކާ މީހަކާ ދެކޮޅަށް ދިވެހިރައްޔިތުން ތެދުވަންޖެހޭ ވާހަކައެއް.
ހޭނެތިއްޖެ
15 September 2016
ރައީސް މައުމޫނަށް މާފުކޮށްފީމޭ ބުނުމަށް ފަހު އަނެއްކޮޅުން މިސަރުކާރު ވައްޓާލަން ބުނުން އެއީ ތިބާއަށް މާފުކޮށް ފީމޭ ދާށޭ ކިޔާ ޗާބޫކުން ތަޅާ ދަރުބާރުގެ އަކަށް މީހަކު ހާޒިރު ކޮށް އެމީހާ އަށް މާފުކުރުމުން އެމީހާ އުފަލުން ދާން ފެށުމުން ޗާބޫކުން އެމީހާގެ ބުރަކަށީގައި އަނެއްކާ ޖެހުން ފަދަ ކަމެއް ނޫންތޯއެވެ.
މުހައްމަދު20
15 September 2016
ރައީސް މައުމޫންއަށް ނަޝީދު މަފްކޮއްފީމޭ ބުނަން ޖެހުނީ މައުމޫންގެ ކޮންކުށަކަށްބާ ފެންނަފެނުމަށް މައުމޫންގެ ވެރިކަން ނިމުމައްފަހު މައުމޫން ދިރިއުޅުއްވި ގެކޮޅުކައިރިޔަށް ޕާރޓިކުދިން ފޮނުވައިގެން ގާއުކީ ނަޝީދު އިސްވެހުރެ އަދި ގަދަަކަމުން ފުލުހައް ހާޒިރުކުރަން އުޅުނިވެސް ނަޝީދުގެ ރޭވުމުން ނުވިތާކަށް ޚުދުމުޚްތާރު ވެރިއެއްކަުގަ މުޅި ދުނިޔޭގަ ލޭބަލް ޖަހަން މަސައްކަތްކުރީ ނަޝީދު އެންމެފަހުން ރިޝްވަތުގެ ތުހުމަތުގަ އަގުވައްޓާލަން ކުރިމަސައްކަތައްފަހު ހަމަ ނަޝީދު ނުކުމެ މައުމޫން އަށް މާފްކޮއްފީމޭ ބުނީމަ ވާނީ ޖޯކަކަށް
ފަސީޙު
15 September 2016
ދެންވާ އަތުނުވަަނެކަން ޔަޤީން ވީމާ. އަވަހަށް ގޮތެއް ހަދާލީ ދޯ. ކަލެޔާ ބުނާކަށް ފިރުއައުނު ވެސް ގޮތް ހުސްވީމާ މޫސާގެފާނަށް ތަބައަވާން އުޅުނު. މިފެންނަނީ ﷲ އިންސާނުންނަށް ދައްކަވާ މިސާލުތައް. ސުބުޙާނަﷲ
Fazeel
15 September 2016
1. ބަލަ ކަލޭ މައމޫނަށް މާފު ކޮށްފީމޭ ބުނާއިރު މައމޫން އެއީ ކުށްވެރިއެއްތަ؟ މިއަދުވެސް ކަލޭ ތި ހުރީ ޖަލުގައި ކުށްވެރިވެގެން. އަނެއްކާ މިއަދު ތި ހުރީ ފިލާ. 2. ޢަނެއްކާ މައމޫނަށް ހެއްދެވި ނުހެއްދެވި އަށް ގޮވާފަ ހުރީވެސް ކަލޭ. މައުމޫނު ކަލެއަށް އެއްޗެއްބުނާތީ އަޑުއެހި ކަންފަތެއް މި ގައުމަކު ނުހުންނާނެ. ވީއިރު މީހުނަށް އޮޅުވާލަން ކުށްވެރިޔާ މައުސޫމު މީހާއަށް ދިމާއަށް މާފު ކޮށްފީމޭ ބުނުމަކީ މީސްތަކުންގެ ކުރިމަތީ މައުސޫމު މީހާއަކީ ހަގީގީ ކުށްވެރިޔާކަމަށް ހަދައި ހަގީގީ ކުށްވެރިޔާ އަމިއްލައަށް މައުސޫމު މީހަކަށް ވާން މަސައްކަތްކުރުން. މީ އަބަދުވެސް ވެރިކަން ފޭރިގަންނަން ކަލޭ އަބަދުވެސް ބޭނުންކުރާ އުކުޅު. ޢެކަމަކު ދެން ކަލެއަކަށް ތި އުކުޅު ބޭނުން ކޮށްގެން މި ގައުމު އޅުންބަލުން ވިއްކާލުމުގެ ބާރުވެރިކަން ލިބޭ ހިސާބަކާ 100 ފޫޓާ ގާތަށްވެސް ކަކެއަކަށް ނާދެވޭނެ. އަދި އެ ހިސާބަޖާ އެންމެ ގާތުންވެސް ހުންނާނީ އެތަނެއްގައި ކަކޭ އމުރު ހޭދަކުރަން ޖެހޭ ޖަލު. އެއީ 100% ކަށަވަރު ކަމެއް. އެއީ މި ގައުމުގެ ރައްޔިތުން އަމިއްލަ ނަފްސަށް ވެފައިވާ ވައުދެއް.
މގ
15 September 2016
ކޮށްކޯ އެސޮރު ހުންނަނީ 7ސްޓަރ ގަ. ޔޫރަޕް ގަ.