ޚަބަރު / ގާޒީ އަބްދުﷲ ދީދީ

ޑީޑީގެ އެދިވަޑައިގަތުމަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށްފި

ފަނޑިޔާރު ޑީޑީ ޖޭއެސްސީ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނުކުމެ ވަޑައިގެން، ކާމިޔާބުގެ ނިޝާން މީޑިއާ އަށް ދައްކާލައްވަނީ. -- މިހާރު ފޮޓޯ/ހުސައިން ވަހީދު

ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އެދިވަޑައިގަތުމަކަށް އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލްކޮށްފި އެވެ.

ޑީޑީ އަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވީ ފުލުހުން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތެރެއިންނެވެ. މި ކަންކަން ތަހުގީގު ކުރަނިކޮށް އޭނާ ވަނީ ޖޫން މަހުގެ ފަހުކޮޅު ބޭރަށް ފުރާވަޑައިގެންފަ އެވެ. މަހެއްހާ ދުވަހު ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މަހުގެ 23 ގައި ޑީޑީ ރާއްޖެ ވަޑައިގަތެވެ.

މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް މި ދަތުރުގައި ވަނީ ކެންސަލް ކުރައްވައިފަ އެވެ. އިމިގްރޭޝަނުން އޯޑިނަރީ ޕާސްޕޯޓު ނަންގަވައި ޖެހިގެން އަދި ދުވަހުގެ ރޭ އޭނާ ވަނީ އަނެއްކާވެސް ބޭރަށް ފުރާވަޑައިގެންފަ އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ޚަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުން ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާނީ އެ ޕާސްޕޯޓް ކަމަށެވެ. އެކަމަކު މަގާމުގައި ހުންނަވައި އެ ޕާސްޕޯޓް ދޫކޮށްލައްވަން ބޭނުންވާ ބޭފުޅުންނަށް އެ އިޚްތިޔާރު އޮންނަ ކަން ހަސަން ފާހަގަކުރެއްވި އެވެ.

"އެއް ވަގުތެއްގައި ޑިޕްލޮމެޓިކް އަދި އޯޑިނަރީ ޕާސްޕޯޓެއް ނުގެންގުޅެވޭނެ. ފަނޑިޔާރު ދީދީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހަވާލުކުރައްވައި އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން އަޅުގަނޑުމެން ވާނީ އޯޑިނަރީ ޕާސްޕޯޓް ރައްދު ކޮށްފައި،" ޚަލީލް ވިދާޅުވި އެވެ.

އޯޑިނަރީ ޕާސްޕޯޓެއްގައި ޑީޑީ ބޭރަށް ވަޑައިގަތް އިރު އޭނާއަށް ތުހުމަތުކުރާ އިތުރު މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން އެ ކޮމިޝަނުން އަދި ނުބުނެ އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޑީޑީއާ ގާތް ގުޅުމެއް އޮންނަ ކަމަށް މެސެޖްތަކުގެ އިބާރާތްތަކުން އެނގެ އެވެ.

މި މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ޑީޑީ އަށް ދީފަ އެވެ. އެކަމަކު އެ މުއްދަތު އަދި ހަމައެއްނުވެ އެވެ.

ޑީޑީ މަގާމުން ވަކިކުރަން ނިންމައި އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަތުމަށް 30 ދުވަހުގެ މުއްދަތެއް އޮތީ ދީފަ އެވެ. ބަންދު ދުވަސްތައް ނުގުނައި އެ މުއްދަތު ހަމަވާނީ މި މަހުގެ 26 އަށް ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޑީޑީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވެފައިވާ ގޮތުގައި މުއްދަތު ހަމަވުމުގެ ކުރިން ޖަވާބުދާރީވެވަޑައިގަންނަވާނެ އެވެ.

ޑީޑީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރައްވަ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށެވެ.

9 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 3%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޭމު ޑޮން

01 August 2019

ނިކަން ބަލާ ކަންތަށް ހިގާގޮތް.. މީނައަކީ ކުއްލިއަކަށް މަތިވި މަތިވީނުން ބިމު ތިބީނަށް ނުވެސް ފެންނަ ހިސާބަށް ދިޔަ މީހެކެވެ.އެކަމަކު ކުއްލިއަކަށް ވެއްޓި ޖެހުނީ އެވެ. ދެން އަހަރެމެން ވެސް އޭނާއަށް ފެންނާނެ އެވެ. މާތް ﷲގެ ކުޅަދުން ވަންތަ ވެރި ކަމާއެވެ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

01 August 2019

ތިކަލޭގެ ރާއްޖެ ނައިސްފިނަމަ އަވަހަށް އޭނަގެ ޕާސްޕޯރޓް ކެންސަލްކޮއް މެލޭސިއާގެ ސަރުކާރަށް އަންގާ އޭނާ ހައްޔަރުކޮއްގެން ރާއްޖެ ގެނެސްދިނުމަށް. ހާމިދު ސޭޓު ގެނައިގޮތައް މި އޭނާ ވެސް ގެނެވެންޖެހޭނެ. އެހެން ފުއްޕާފައި ރައްޔިތުންނަށާއި މިސަރުކާރަށް ޖެއްސުން ކޮއްފައި ހުރެދީގެން ނުވާނެ. އަވަހަށް ރާއްޖެގެނޭ. ހައްޔަރުކުރޭ. ޙުކުމްވެސްކުރޭ.

The name is already taken The name is available. Register?

ޗޗޯރު

01 August 2019

އަމުރެއްތަ؟؟ ކުރީ ކެންސަލް ކުރަން

The name is already taken The name is available. Register?

ވަގުންހިފާ

01 August 2019

އެބުރި ނާންނަން ފިލީ. މަގާމުން ވަކިކުރާ އިރަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަވާލުކުރަންޖެހޭނެ. އެހެންވެ އެ ދިނީ.

The name is already taken The name is available. Register?

ވޯލް

01 August 2019

ފިލީ، މިފެންނަނީ މިރާއްޖޭގައި ފަހުގެ ތާރީހުގައި ހިނގި ބޮޑެތި މަރުތަކާއި ވައްކަމުގެ އެންމެ އަޑިގައި ތިބި މީހުން

The name is already taken The name is available. Register?

މަހާތީރުބިންހުރާ

01 August 2019

ތިވެދާނެ މެލޭޝިޔާ އިމިގްރޭޝަންސް އިން ޑިޕްލޮމެޓިކް ޕާސްޕޯޓް އަކަށް ރެސިޑެންސް ވިސާއެއް ނުޖަހާދޭތީ ކުރިކަމަކަށް.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

01 August 2019

ވެރިކަމަށްވަޑައިގަތުމަށް ވީވައުދާއި ރައްޔިތުން އެދޭއެދުން އެގިވަޑައިގަންނަވާތީ ޔާމީންގެ ވެރިކަންބަދަލުކޮށް ރައްޔިތުން ވެރިކަމަށް އިސްކުރެއްވެވި ސޯލިޙް ވަނީ ދައުލަތް ކަޅާކޮށްލި ވައްކަމުގެބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރަނގަޅު ދަލެއްޖަހާ ފިލައިނުގަނެވޭނެގޮތްތައް ރާވަމުން. * * އިހައްދުވަހު ޤާއިމްކުރި Treaty between the Republic of Maldives and the Republic of India އަކީވެސް ކުށްވެރިން ކޯޓަށް ހާޒިރުކުރުމަށް ހޯދައިގަތް ޤާނުނީ ބާރެއް.

The name is already taken The name is available. Register?

ކަސަބު

01 August 2019

ޑީޑީ އެހައްދަވަނީ އެންމެ ރަނގަޅަށް ދެން އަމިއްލަފުޅަށް ހުކުމެއްޖަހާފަގޮސް މަޑުމަޑުން ޖަލުތެރެއަށް ވެދެވަޑައިގަންނަވާ، އެއިރުން ޖަލުގެ ދޮރުއާނު ތަޅުލީމަ އެހެރީ ޖަލަށްލެވިފަ

The name is already taken The name is available. Register?

ޞަހުރުވަ

01 August 2019

މީ ވަރަށް މަޖާ ގައުމެއް މިގައުމުގެ ވަގުންނާ ވާހަކަ ދައްކަންޖެހެނީ ވަރަށް މާތްކޮއް، ވައްކަން ނުކުރާމީހުންނާ ވާހަކަ ދައްކަންޖެހެނީ މަގުމަތީ ބަހުރުވައިން، އެހެންވީމަވެސް ބުނެވިދާނެ މީހެޔޮނުބާ ވަކި ކުރަން ނޭނގޭ މީހުން ދިރިއުޅޭ ގައުމެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454