02 އޯގަސްޓް 2019 - 18:53
ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ އަށް ގޮސް އުޅޭ އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގެ ހޮސްޕިޓަލުތަކުން އާސަންދަ ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށްފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދުތަކަށް އާސަންދަ ފޯރުކޮށްދެނީ ތާޑް ޕާޓީ އެޑްމިނިސްޓްރޭޓާ (ޓީޕީއޭ) މެދުވެރިކޮށް ކަމަށްވާއިރު ކުރިއާލައި އެންގުމެއް ނެތި މިދިޔަ ހޯމަ ދުވަހުން ފެށިގެން ޓީޕީއޭއިން ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ. އެހެންވެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އެކަންކަން ހައްލުކޮށް އަލުން ހިދުމަތް ދެމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން އާނާންތަޕޫރީ ހޮސްޕިޓަލާއި ޗައިތަންޔާގެ އިތުރުން އާރްސީސީ އާއި ކިމްސް އަދި އަމްރިތާ ހޮސްޕިޓަލުން މިހާރު އާސަންދަ ލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ގައުމުން ބޭސްފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން އާސަންދަ ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ މީހުން އެ ކުންފުނީގެ ހޮޓްލައިން 1400 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
04 August 2019
އާސަންދަ އަކީ ބޭރުގެ ހޮސްޕިޓަލް ތަކަށް "ވައްކަން" ކުރަން ހުޅުވާލެވިފައިވާ ދޮރަކަށް ވަނީ ވެފައެވެ. އާސަންދަ ޚިދުމަތްތަކަށް ބިލް ކުރަނީ އިންތިހާ އަށް ބޮޑުއަގު ޖަހައިގެންނެވެ. މިކަންިކަން ރަނގަޅު ކުރަން ޖެހެއެވެ.
ރެނދަން
03 August 2019
ހިންގަން ނޭނގުނަސް ތަންތަން ހިންގުމާ ހަވާލުވާތީ ދެރައީ، ތިޔަކަހަލަ ކަންކަން ވަނީ ހަމަ މެނޭޖްމަންޓްގެ ނާޤާބިލްކަމުން. އެހެން ނޫންނަމަ ތިޔަކަހަލަ ކަންކަން ދިމާނުވާނެ ގޮތަކަށް ކަންކަން ކުރިޔަށް ގެންދަން އެނގޭނެ.
މުޖައްރިބޫ
03 August 2019
ޔާމީނު ނުކުމެ ގަޅިޖައްސާލީމަ ތެޅިގަނެފަ އާސަންދައިގެ އޮފިސަރަކު ނެރެ ބަޔާނެއްނެރެފި. އެހެންތާވާނީ ތިތާއެމްޑީ އަކަށްވާނުވާނޭގެ. ބޯރޑަށް ރިޕޯރޓެއް ހުށަހަޅާލާ ފެންވަރުވެސް ނެތް. ކޮރަޕްޓް ވެފައިތިބިމީހުންގެ ޕަޕެޓެއް
ކޮބައިތޯއެވެ
03 August 2019
މެލޭޝިޔާގެ ކިޔަވަންތިބި ކުދިންކައިރިޔަށް ގޮސް 3މަސް ތެރޭ އާސަންދަ ލިބޭނޭ ކިޔައިގެން މިސަރުކާރު ވައުދުވި. އިބޫ މިއަށްޖަވާބުބޭނުން
އޮޓޯރިޕްލައި
04 August 2019
3 މަސް ގުނަނީ ބަންދުދުވަސްތައް ނުލާ.
އޮފީސަތަކުން
04 August 2019
ލެޓާއެއް ޑްރާފްޓްކޮށް ސޮއިކުރަން އެބަނަގާ 3 މަސްދުވަސް، އެއީ ބަންދުދުވަސް ނުލާ
ހަސީނާ ބީ
02 August 2019
އަދީބު ބުރޯ އިންޑިޔާގަ ހުރީމަތޯއްޗެ! މީވާ ސަރުކާރުތަކެއް!
އަލީ ރާޖާ
02 August 2019
ކަލޭމެންނަށް އެނގޭ ކަމެއް އެބައޮތްތަ؟ އާސަންދަ ކެނޑޭއިރު ނޭނގޭ. ގައުމުގެ ބޯޑަރު ހުރަސްކޮށް ކުށްވެރިން ވަދެނުކުމެ އުޅޭއިރު ނޭނގޭ. މުޖުރިމަކު ދައުލަތުގެ އިދާރާއެއްގަ ނިދާ ފެންވަރާ ކައިބޮއެ ދުފާ ދުންބޯއިރަކު ނޭނގޭ.
އައްދުކު
02 August 2019
އަހަރެމެން ގުޅީމަ ތިޔަ ތަނުން ދިނީ ކޮންޕިއުޓަރު ޖަވާބު.?ގޮތް ހުސްވެފަ ތިއްބާ ހައްލު ހޯދައިދިނީ ކޮންސުލޭޓް ގެ މުވައްޒިފުން.
އޯވަރޕެއިޑް
02 August 2019
ތިޔަ އާސަންދައިގެ ސަބަބުން އެކަނިވެސް މިޤާއުމު އިންޑިއާ އަށް ދަރާނެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހުންގެ ފަރުވާއަށް ބޭނުންނުވާ ނުވަތަ އިތުރަށް ޑިސްޕޯސަބްލްސް އަށް އެބަ ބިލްކުރޭ. ހާހެއްހާ ޑޮލަރަށްކުރެވޭ ސާރޖަރީ އަށް 8 ހާހެއްހާ ޑޮލަރު އެބަބިލްކުރޭ. ބެންގަލޫރުގެ މަޝްހޫރު ޕްރައިވެޓް ހޮސްޕިޓަލެއް އުޅެނީ މިކަމުގެ އެންމެކުރީގައި. އާސަންދަ ހަމަޖެހިފައި މިހާރު އޮންނަގޮތް ހަރުދަނާކުރަންޖެހޭ.
ޖުހާގު
02 August 2019
ކޮންމެ ކަމެއްގައިވެސް މަކަރާ ހީލަތްތެރިކަމާ އޮަޅުވާލުމާ ވައްކަން. ސާއިލުމެންނަށް އެނގޭނެ މިމަކަރުވެރި ސަރުކާރެއްކަން. ފައިސާއިން ލޯބި
ރާއްޖެ
02 August 2019
ކިތައް މިލިޔަން ދައްކަން ޖެހުނު ބާ؟ ޢިންޑިއާ ހޮސްޕިޓަލް ތަކުން މުޅި ދައުލަތް ފެލަނީ...