ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ޚިޔާނާތުގެ މަންފާ ލިބުނު ފަރާތްތައް ތަހުގީގަށް ކިޔައިދެއްވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފައި.
07 އޯގަސްޓް 2019 - 12:55
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުރަތަމަ ފަހަރަށް ކޯޓުގައި އިއުތިރާފްވެވަޑައިގެން، އެ ފައިސާ ދައުރުވި ގޮތާއި މަންފާ ލިބުނު މީހުން ކިޔައިދެއްވާނެ ކަަމަށް ވިދާޅުވުމާ އެކު އެ ޚިޔާނާތުގެ ވަށައިގެން ތިބި އެންމެން ހާމަވާނެ ކަމުގެ އުއްމީދު އާވެއްޖެ އެވެ.
ދައުލަތަށް 1.3 ބިލިއަން ރުފިޔާ ގެއްލުނު މި ޚިޔާނާތުގެ ބައިވެރިން މިހާ ދުވަހު ތިބީ ފޮރުވިގެންނެވެ. ޚިޔާނާތަށް ހަތަރު އަހަރު ވި އިރު ވެސް ތަހުގީގީ އިދާރާތަކަށް މި މީހުން އަތުޖެހޭ ގޮތެއް ނުވި އެވެ. ނުވަތަ އެނގި ތިބެ ވެސް ސިއްރުކުރަނީ އެވެ. އެ މީހުންގެ ބާރާއި ނުފޫޒު ގަދަކަމުން ގާނޫނުގެ ދިގު އަތް ނުފޯރީ އެވެ!
އެކަމަކު އަދީބުގެ އިއުތިރާފާ އެކު އެ އެންމެންނަށް މިހާރު ވެސް ގުޑުން އަރައިފިކަމުގެ ނިޝާންތައް ފެންނަ ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ލިބުނު، (ޑޮލަރު ގަތުމުގެ ތެރެއިން ނަމަވެސް) 155 މީހުންގެ ލިސްޓެއް އާއްމު ކުރި އެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ. އެކަމަކު މި ލިސްޓުގައިވާ އެކަކު ވެސް ދައުލަތުގެ ފައިސާގައި ޖެހުނު ކަމަކަށް ނުވި އެވެ. އެއީ އެސްއޯއެފާ އެކު ހިންގި ޑޮލަރުގެ ސައްހަ މުއާމަލާތެއް ކަމަށް ބުނެ އެންމެން ބޯދަމައިގަތީ އެވެ.
އެކަމަކު ހިޔާނާތުގެ ބައިވެރިންނަށް މިފަހަރު އެހާ ފަސޭހަ އިން ސަލާމަތްވެވޭކަށް ނެތެވެ؛ އެ މީހުން ފަޅާއަރުވާލާނެ ކަމުގެ އިންޒާރު ދެއްވީ އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އަދީބެވެ.
އަދީބު ފުލުހުންގެ ބެލުމުގެ ދަށުގައި: އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފައި.
ކްރިމިނަލް ކޯޓުގައި އޮތް ބަންދާ މެދު ގޮތެއް ނިންމުމުގެ ޝަރީއަތުގައި އަދީބު ވިދާޅުވެފައި ވަނީ ފައިސާ އަށް ޚިޔާނާތްތެރިވި ގޮތާއި ލޯންޑަ ކުރެއްވި ގޮތާއި އެ ފައިސާ ލިބުނު މީހުންނާއި އެ މީހުންގެ ދައުރު ވެސް ތަފްސީލްކޮށް ކިޔައި ދެއްވާނެ ކަމަށެވެ. އެކަމާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ތަހުގީގަށް އަދީބު މިހާރު ވެސް ވަނީ ހިއްސާ ކުރައްވައިފަ އެވެ. ހެކީގެ ގޮތުގައި ފޯނުތަކާއި އެ ނޫން ވެސް ތަކެތި ފުލުހުންނާ ހަވާލުކުރެއްވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ރޭވި ހިސާބުން ފަށައިގެން ފުލުހުން ހިންގާ މި ތަހުގީގަށް އަދީބު އެއްބާރުލުން ދެއްވަމުން ގެންދަވަނީ ދައުލަތާ އެކު އޭނާ ހެއްދެވި އެއްބަސްވުމެއްގެ ދަށުން ކަމަށް އެނގިފައިވެ އެވެ.
ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވާލި އެ އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގަންނަވަނީ ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވާށެވެ. ބަދަލުގައި އަދީބަށް ވެސް ލުއިތަކެއް ލިބެ އެވެ. އޭގެތެރޭގައި، ވަކި މުއްދަތަކަށް ވުރެ ކުރު ހުކުމް އަންނަ ކުށްތަކުގައި ދައުވާ ނުކުރުން ހިމޭނޭ ކަން އެނގިފައިވެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕްލީ ބާގެއިން ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކާ އެކު އެއްބަސްވުން ހެދުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އޮންނަ ގޮތެއް ކަމަށެވެ. އެފަދަ އެއްބަސްވުމުގެ މާނައަކީ އެ ކުށްވެރިޔަކު ނުވަތަ ފުލުހުން މިހާރު ހަދައިގެން އުޅޭ އެއްބަސްވުމުގައި ނަމަ އަދީބު މިނިވަންކޮށް ދިނުން ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ހިޔާނާތާ ބެހޭ ގިނަ މައުލޫމާތުތަކެއް އަދީބު ފުލުހުންނާ ހިއްސާކުރައްވާފައަިވާ ކަން ސާފެވެ. އޭގެ އިތުރުން ވެސް އޭނާ އަށް އެނގޭ ކަންކަން ކިޔައިދެއްވަން ތައްޔާރަށް ހުންނެވި ކަން އަދީބު ކޯޓުގައި ވިދާޅުވުމަކީ ތަހުގީގަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ރިޔާޒް ސިފަކުރެއްވި އެވެ.
"އެހެންކަމުން މި ތަހުގީގުގައި ވަރަށް ބޮޑެތި ހަގީގަތްތަކަކާ ހަމައަށް ވާސިލްވާނެ ކަން ޔަގީން ކުރެވޭ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގު ބިނާވާން ޖެހޭނީ އަދީބު ހިއްސާކުރައްވާ މައުލޫމާތަށް އެކަންޏެއް ނޫނެވެ. އޭނާ ކިޔައިދެއްވާ ވާހަކަތަކާ ގުޅުން ހުރި ހެކިތައް، މައްސަލަ ސާބިތުކުރަން ފުލުހުން ހޯދަން ވާނެ ކަމަށާއި ތަހުގީގު ކުރިއަށް ގެންދާނީ އެގޮތަށް ކަމަށް ރިޔާޒް ޔަގީން ކުރައްވަ އެވެ.
"ޕްލީ ބާގެއިން އެއްބަސްވުމުގައި އެ މީހަކު ބުނާ އެއްޗެއް ހެއްކާ އެކު ހޯދާނީ. އެ ވާހަކަތަކަށް ބާރުދޭ ހެކި، މިސާލަކަށް އެ ބުނާ ދުވަހަކު ހިނގާފައި އޮތް ވަޓްއެޕް މެސެޖެއް ވިޔަސް އެ ނޫން އެއްބަސްވުމެއް ވެސް ނުވަތަ އެ ބުނާ ގޮތަކަށްތޯ އެ ޓްރާންސެކްޝަން ގޮސްފައި އޮތީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު މި ގޮތަށް ގެންދިއުމުން، އަދީބު ދެއްވާ މައުލޫމާތުގެ މައްޗަށް އެކަމުގައި ވަށައިގެން ތިބި މީހުން ސާފުވާނެ އެވެ.
އެމްއެމްޕީއާރުސީގެ ގިނަ މައުލޫމާތުތަކެއް ފުލުހުންގެ އަތުގައި ހުރި ކަން ޔަގީންވާ އެއް ކަމަކީ، ރިޔާޒް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ)އާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގަށް ފުލުހުން ހިއްސާކުރި މައުލޫމާތުންނެވެ. ކޯޓުގައި ހިނގާ މައްސަލަތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ދީދީ ސަސްޕެކްޓް 1 ކިޔާ މީހަކާ އެކު ހިންގެވި ފޯނު މުއާމަލާތްތަކެއް ވަނީ ތަހުގީގަށް ހިއްސާކޮށްފަ އެވެ. ސަސްޕެކްޓް 1 އަކީ، ޔަގީންވާ ގޮތުގައި، އަދީބެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް މިއީ. މިސާލަކަށް ބޭރު ތަންތަނުގައި ހުންނާނެ މީހުން މަރާލުމުގެ ބައިވެރިވި މީހުންނާއި އެކަމަށް އިންވެސްޓް ކުރި މީހުންނާއި އެ ރޭވި މީހުންގެ ތެރެއިން އެއްވެސް މީހަކު އެއްބާރުލުން ތަހުގީގަށް ދޭ ކަމަށް ވަންޏާ އެއްބަސްވުން ހަދާފައި،" ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގިހާ ބޮޑު ޚިޔާނާތެއް ރައީސުލް ޖުމްހޫރިއްޔާ އަށް ނޭނގި ހިންގޭނެ ކަމަކަށް. ފުލުހުން ވެސް ތިބީ ނިދާފައި. ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަކުން މި ކަން ބަލައިފައެއް ނެތް. ބޭންކް އޮފް މޯލްޑިވްސް އާއި އެމްއެމްއޭ ތެރެއިން މިކަން ނުބެލި ދިޔައީ."
މި ޚިޔާނާތް، ކުރީގެ ސަރުކާރުގައި އެއްވެސް އިދާރާއަކުން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކޮށްފައި އޮތް ކަމަށް، އާންމު ރައްޔިތުން ވެސް ގަބޫލެއް ނުކުރެ އެވެ. ތަހުގީގުތަކުގެ މަތީގައި އަތްއެޅީ ނުފޫޒު ގަދަ ފަރާތްތަކެވެ. އޭސީސީ އިން ހިންގި ތަހުގީގަށް އެތައް ހުރަސްތަކެއް ކުރިމަތިވި އެވެ. އެއާ އެކު އެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ހިންގާފައިވޭތޯ ސުވާލު އުފައްދާނެ ޖާގަ އެ ކޮމިޝަންގެ އިސް ފަރާތްތަކާއި އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ އޮތް ގުޅުމުން އޮތީ ލިބިފަ އެވެ.
އެއް ކަމެއް މިހާރު ވެސް ޔަގީނެވެ؛ ދިވެހި ރައްޔިތުންގެ ފައިސާ ބެހިގެން ދިޔަ ގޮތާއި ލިބުނު މީހުން ފުލުހުންނަށް ސާފެވެ. އެހެންކަމުން ދެން އޮތީ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. އެއީ ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅެއްތޯ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްތޯ ނުވަތަ ކުރިން ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުންތޯ ނުބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދާދި ފަހުން ފުލުހުން ވީ ވައުދު ފުއްދަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔ
08 August 2019
5 އަހަރު ވާއިރުވެސް ތިޔަކަން ވާނެބާ
ފަނިމީހާ
08 August 2019
އަންނި ބުންޏެއްނު އޭނަ އެޅުވި ކަތުރު ފަންޏެކޭ އަދީބަކީ! އެހެން ވީމަ އަންނި ނުބެދޭނެތަ؟ އެ އެއް ސާފު ކޮށްދީބަލަ ކޮންމެވެސް މީހެއް. ޕްލީޒް!
ތތތހހ
08 August 2019
އަދީބަކީ ހިޔާނަތުގެ ބޮޑުމީހާ، އޭނަ ކުށުން ބަރީެަވެ، ހިރިހާ ފައިސާއެއް ހިފައިގެން ދުނިޔޭގައިބއަރާމުގައި އުޅެވޭނެ މަގަކީ، އޭނާ އަތް ފޮޅާލާ ޑީލް ހަދާ މީހުން ބޭނުންވާ ނަންތަކެއް ކިޔާލަދިނުން ކަމަށްވޏްޏާ ދެން އެއީބހައްގު ކަމުގައި ގަބޫލުކުރާނީބސިކުނޑި ފާސިދުވެ ބުއްދި ފިލާފަ ތިބި ބައެއް.
މިއަދު
08 August 2019
ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބުގެފުށުން ހައްގުބަސް ބުނެދޭނެކަމަށް ގަބޫލެއްނުކުރަން ޑީލެއްގެދަށުން ދައްކާ ހުރިހާވާހަކައެއް ބިނާވާނީ ޑީލުގެ ޑްރާފްޓާ އެއްގޮތަށް އަދީމުގެ މައްޗަށް ހުކުމެއް ނާންނާނެ ހުރިހާ މަގަކުން
ލޮއްލޯ
08 August 2019
ކޮބާ މަހުލޫފު އިސްތިއުފާ ދޭކައްނުވޭތަ އަދި
އުނގޫފާރު މީހާ
08 August 2019
އަހަރެމެންގެ ލޮބުވެތި ޑރ.އަފުރާޝީމު އަލީގެ ގާތިލުންވެސް ތީގެ ތެރޭގައި ތިބޭނެ ކަމާ މެދު އެއްވެސް ޝައްކެއްނެތް. މިފަހަރު އަމިއްލައަށް ބޭޒާރުވާނެ. ﷲގެ ވާގިފުޅާއެކީ ޑރ.އަފުރާޝީމު އަލީގެބިނާ ހުޅުވުމުގެ ޝަރަފު ގާތިލުން އަދި ގާތިލުންނާއި އެއްވެސް ގުޅުމެއްވާ ބަޔަކަށް މިސްކިން ފެނުމުގެ ނަސިބު ނުދައްކަވާށިއެވެ. އަމިއްލައަށް ބޭޒާރުވާ ދުވަސް ވަރަށް ކައިރި ވެއްޖެ. ގާތިލުން ވީހާވެސް އަވަހަކަށް ފާލީހައް ކުރައްވަވާ ނިކަމެތި ކުރައްވަވާށި. އާމީން.
ސައުދާގަރު
07 August 2019
އަދީބާ ހިސާބުން ތިޔަކަން ނިމޭކަށް ނެތްތާ!
އަބްދޫ
07 August 2019
ނަސީދު ގޭގަ ބަންދުގަ ބަހައްޓާފަ އެމްޑީޕީ މެމްބަރުންގެ ނާއިބު ރައީސްގެ ވޯޓް ފާސްކުރުމަށް ނަސީދު އަށް ހަވާލު ކުރި ފައިސާގެ ވާހަކަ ވިދާޅުވާތި އަދި އިބޫސާލ؛ިހު ގެ ވާހަކަވެސް ތިޔަތަނަށް ގެންނަވާތި އޭރުން އަދީބު ބަރީއަ ވާނެ.
ރަބަރު
07 August 2019
ތި ނަންތައް ހާމަކުރިސް ތިއިން އެކަކަށްވެސް ހައްޤު އަދަބު ނުދެވޭނެ. ދެން ބޭކާރުކަންތައް ކުރަނީ ރައްޔިތުން ވާވައްދަންތަ؟
ފފފފ
08 August 2019
ހިޔާނާތުގެ ނަފާ އެންމެ ބޮޑަށްލިބި، މިލިއަނެރެއްގެ ގޮތުގައި ދިރިއުޅޭ އަދީބަށް ހައްޤު އަދަބަކީ ކޮބާ؟
ނަންނުޖަހާ !!!
07 August 2019
މިސަރުކާރުގެ މިނިސްޓަރުންގެ ގޮތުގައި ތިބި ކުރީގެ މެމްބަރުންނަށްވެސް ތިފައިސާ މިފައިސާ ލިބުނުވާހަކަ ދައްކާ. ޢަދި ނިޙާނާއި އަދުރޭ ބުނި މިހާރުގެ ރައީސްމީހާއަށްވެސް ބަޔެއް ލިބުނޭ. މިކަން ބެލޭނެބާ؟؟؟؟
ނަބްޖަހާ
07 August 2019
ޏިހާނާއި އަދުރޭ ދައްކާ ވާހަކަވެސް ހަމަސީރިއަސްކޮށް ނަންގަވަނީތޯ؟ ??
ރާއްޖެ
08 August 2019
އަދީބަކީ ތެދުވެރިއަކަށް ވީތޯ؟
ފފފފފ
08 August 2019
އަދީބާ، ނިހާނާ، އަދުރޭ މިއީ ހަމަ އިންސާނުން. މިތިންމީހުންގެ ތެރެއިން، ހިޔާނާތުގެ އެންމެ ބޮޑު ބައި ރައްދުވަނީ އަދީބަށް، އޭނާ ހިޔާނާތޭ ކިޔައިގެން ދައްކާވާހަކަ ގަބޫލުކުރާ ހޭބުއްދި ފިލާފަ ތިބި ބަޔަކު، މެންޓަލް ހޮސްޕިޓަލުގައި ތިބޭ މޮޔައިންގެ ވާހަކތައްވެސް އެއީ އެމީހާ އެދޭގޮތަށް ދައްކާ ވާހަކައެއްނަމަ، އެއީ، ހެކީގެ ގޮތުގައި ބަލާނެ. އަހަރެމެން ދިވެހިންގެ ފެންވަރަކީ މިހުންނަނީ، ލަދު ގަންނަން ނުވޭބާ؟