އީދު ނަމާދަށް ފަހު ރައީސް ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ: ރައީސާއި ނައިބު ރައީސް ވެސް ވަނީ އީދު ނަމާދަށް ފަހު އީދު ސަލާން ކުރައްވާފައި -- ފޮޓޯ/ރައީސް އޮފީސް
11 އޯގަސްޓް 2019 - 12:52
މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި އީދު ސަލާމް ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އީދު ސަލާމް ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބަތުގައި އީދު ސަލާމް ކުރަން ވަޑައިގަތް ބޭފުޅުންނާ ރައީސާއި ނައިބު ރައީސް ސަލާމް ކުރެއްވީ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
އިސްލާމީ މަރުކަޒުގައި އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުންނާ ރައީސާއި ނައިބު ރައީސް ސަލާން ކުރައްވައި، އީދުގެ ތަހުނިޔާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އިސް ރަށްވެހިން ވެސް ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިން ވަނީ އީދުގެ ތަހުނިޔާ ހުރިހާ ރައްޔިތުންނަށާއި މިއަހަރު ރާއްޖެ އިން ހައްޖަށް ދިޔަ މީހުންނަށް ވެސް ފޮނުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުނިޔަ
11 August 2019
އެހެރީ އެއްކަލަ ކުޑަ ކުޑަ މަލީކްދޯ؟ ޢީދު މުބާރިކް!!
ނުހާދު
11 August 2019
ރަނގަޅު ގޮތަކީ ޢީދު މުބާރަކް.
ވާޓް
11 August 2019
ސޯ ވަޓް. ނަތިންގް އިންޓަރެސްޓިންގް ދޯ...
ދުންމާރިތާޅަފިލި
11 August 2019
ނައިބު ރައީސްވެސް ރައީސް އުޅޭ ގޮތަށް އުޅެން އުޅެނީ. ރައީސް ކަމެއްކުރާއިރަށް ކުރަނީ. ކޮޕީ ކެޓް
އެހެންތޭ
11 August 2019
ކަމެއް ނުކޮށް ސަލާމް ކުރާ ސަރުކާރު ދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ވޯލް
11 August 2019
މިއީ ވަރަށް ރަގަޅު ކަމެއް، ބޭކަރު ކަރަދުތަކެއް ކޮށްފަ ގަނޑުވަރުގައި ކޮންމެހެން ސަލާމްކުރުމުގެ ކަންކަން ބޭވުމުގެއް އެއްވެސް ބޭނުމެއް ނެތް. ކުރީގައި މައުމޫނު ޒަމާނުއްސުރެ މިކަން މިހެން ކުރީ އެ ރައީސް މިސްކިތައް ގޮސް ނޫޅޭތީ؛
މަރޭމިތުރު
11 August 2019
ލޯބިވެރިންނާއި މިތުރުން ފަރިވާނެ އުފަލުނެމިރޭ! އެކުވެގެން މައިދާނުގާ ރީތިހިޔާލާތުން ދިރޭ!................... ލޯބިވެރިންވެސް ރީތިހިޔާލުތަކުން ފަރިވެގެން ތިބޭނެ މިރޭ.
އިންޑިއާއެޖެންޓު
11 August 2019
ރައީސެއް މި ގައުމަށް ހޯދީ އީދު ސަލާންކޮށް ސެލްފީ ނަގަންތޯ؟ ގައުމުގެ ހިންގުމުގެ އިސް ވާޖިބު ކޮބައިތޯ؟ ގައުމު އެބަ ހިގާތޯ؟ އިގްތިސާދު ކުރިއަށް އެބަ ދޭތޯ؟
ޣޣ
11 August 2019
އުފާވެރި މަންޒަރެއް. އެމްޑީޕީ ރައީސް
އިއްސޭ
11 August 2019
އީދު މުބާރަކު. އީދުމުބާރިކު މިދެގޮތުން ރަނގަޅުގޮތަކީކޮބާ؟
އަހޫ
11 August 2019
މުބާރަކް
ސަމްސު
11 August 2019
ދެގޮތްވެސް ރަނގަޅު. އެއްގޮތަކީ އަރަބިވަންތަގޮތް. އަނެއްގޮތަކީ ދިވެހިވަންތަގޮތް.
ކޮމެންޓްކުރާމީހާ
11 August 2019
ޢީދު މުބާރަކް
އަރަބިބަސް
11 August 2019
މުބާރަކު