ހއ. ކެލާ. އެ ރަށުގައި ވަރުގަދަ ހުމެއް ދަނީ ފެތުރެމުން.
17 އޯގަސްޓް 2019 - 12:13
ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރު އެޑްމިޓް ކުރަން ޖެހުމުން އެހެން ޑޮކްޓަރެއް ގެންގޮސް ބަލި މީހުން ބަލަން ރޭ ފަށައިފި އެވެ.
ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަ އިބްރާހިމް ރުޝްދީ ވިދާޅުވީ ހުން އައިސް ހޮޑުލާ ހަދާތީ އިއްޔެ އެކަނި ވެސް ސިއްހީ މަރުކަޒަށް ދައްކަން 25 މީހުން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި 60 ޕަސަންޓަކީ ކުޑަކުދިން ކަމަށާއި އެއްވެސް މީހެއްގެ ހާލު ގޯސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުގައި އެންމެ ޑޮކްޓަރެއް ހުންނައިރު ހުން އައިސްގެން އޭނާ ވެސް އެޑްމިޓް ކުރަން ޖެހުމުން ބަލި މީހުން ބެލުމުގައި ހަރަކާތްތެރިވީ ދެ ހެލްތު ވޯކަރުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުން އަންނަނީ އެންމެ ދެ ކުދިންނަށް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލި މީހުން ބެލުމަށް ހއ. ދިއްދޫ ހޮސްޕިޓަލުން ވަނީ ޑޮކްޓަރެއް ގެންގޮސްފަ އެވެ. އަދި ހދ. ކުޅުދުއްފުށިން ޑޮކްޓަރަކު ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މިހާތަނަށް ހުން އައިސް ހޮޑުލާތީ ފަސް މީހަކު ދައްކަން މަރުކަޒަށް އައި،" އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި މީގެ ކުރިން ދުވާލެއްގެ މައްޗަށް އެކި ބޭނުންތަކަށް ސިއްހީ މަރުކަޒަށް ދަނީ 10-12 މީހުންނެވެ. އެކަމަކު، އިއްޔެ ގިނަ އަދަދަކަށް މީހުން ހުން އައިސްގެން ދިއުމާއި އޭގެ ތެރޭގައި ގިނަ އިން ކުޑަ ކުދިން ތިބީމަ ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު، މިހާރު އާންމު ހާލަތަކަށް ބަދަލުވަމުން އަންނަ ކަމަށް ބެލެވެނީ، އެސްޓީއޯގެ ބޭސް ފިހާރަ އިން ވަނީ އަންގާފައި ބޭސް ވެސް ހުރި ކަމަށް،" އިބްރާހިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
18 August 2019
އެގަންޖާ19 ތަފާތުވާނެ
މަޓޭ
17 August 2019
އަދި ތިއެއް ނޫން އިންޑިއާ ފެރީފެސީމަ މާ ބަލި ގިނަވާނެ
މުރާސިލް
17 August 2019
މިސަރުކާރުގެ ސިއްޚީނިޒާމް ވަނީ ހަމަރަގަޅައްވެސް ފެއިލްވެފަ
ާއުނިމާ
17 August 2019
ތަފާތު ވައްތަރުގެ ރޯގާތައް ބާރު ސްޕީޑުގައި ފެތުރެމުންދަނީ
ޖުލައި
17 August 2019
މި ސަރުކާރު އައި ފަހުން ސިއްހީ ހާލަތު ދަށަށް. އާއްމު ސާފުތާހިރު ކަން ރަނގަޅު ކުރުމަށް އެއްކަމެއްވެސް ނުކުރެވޭ. އެއްވެސް މިނިސްޓަރަކަށް ކުރަންވީ ކަމެއް ނޭގެ.
ޑޮކްޓަރބެ
17 August 2019
ފުޑް ޕޮއިޒަން އެއް ކަމަށް ވެދާނެ.