ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކުޅެފައިވާ އިބްރާހިމް ރިޒްވާން (ބަގޭ) މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޯޅީގެ ގެއަކުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:30 ކަންހާއިރެވެ.
އުމުރުން 33 އަހަރުގެ ބަގޭ ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ.