ޚަބަރު / މަރު

ރިޒްވާންގެ ރައްޓެހިން ބުނަނީ އޭނާ މަރުވީ ފިޓުޖެހިގެން ކަމަށް: މަންމަ

އިބްރާހިމް ރިޒްވާން: އޭނާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް މަންމަ ބުނި -- ފޮޓޯ: ރިޒްވާންގެ ފޭސްބުކް

މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް މަރުވި ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރިޒްވާން (ބަގޭ) މަރުވީ ފިޓް ޖެހިގެން ކަމަށް، ކައިރީގައި ތިބި ރައްޓެހިންނާ ހަވާލާދީ އޭނާގެ މަންމަ މިއަދު ބުނެފި އެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކަށް ކުޅުނު ބަގޭ މަރުވި އިރު ރައްޓެހިންނާ އެކު އެހެން ގެއެއްގައި އުޅޭތާ ދެތިން މަސް ވެއްޖެ އެވެ.

ބަގޭގެ މަންމަ ޒުލޭހާ މަނިކު "މިހާރު" އަށް ބުނީ ދަރިފުޅުގެ މަރާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުންނާއި ހޮސްޕިޓަލުން ވެސް އާއިލާއަށް އަދި ދީފައި ނުވާ ކަމަށެވެ. ނަމަވެސް ތަހުލީލުކުރަން ބޭރަށް ފޮނުވަންވެގެން އޭނާގެ ސާމްޕަލްތަކެއް ނެގި ކަމަށާއި އޭގެ ތަފްސީލު އެނގޭނީ ނަތީޖާ ލިބުމުން ކަމަށް ވެސް ބުންޏެވެ.

"އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއް ނޫން. އޭނާގެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކަށަވަރުވެފައި ނުވާ އިރު، އަޅުގަނޑު އެދެން ވާހަކަތައް ސޯޝަލް މީޑިއާގައި ނުދައްކަން،" - ބަގޭގެ މަންމަ

ޒުލޭހާ ބުނި ގޮތުގައި ފިޓް ޖެހުން ފަދަ އެއްވެސް ބައްޔެއް އޭގެ ކުރިން ބަގޭއަށް ދިމާވެފައެއް ނުވެ އެވެ.

"އެކަމަކު އޭނާގެ ރައްޓެހިން ބުނި އެރޭ [އާދިއްތަ ދުވަހު] އޭނާ ހުރީ ހުންއައިސްފައި ކަމަށް. އަދި އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެ ބުރަކު ހޮޑުލެވުނު ކަމަށް ވެސް އެކުވެރިން ބުނި،" ޒުލޭހާ، 63، ކިޔައިދިނެވެ.

ރައްޓެހިންނާ ހަވާލާދީ އޭނާ ބުނީ އެމްބިއުލަންސް އައުން ލަސްވުމުން ދަރިފުޅު ހޮސްޕިޓަލަށް ގެންދެވުނީ މާ ލަހުން ކަމަށެވެ.

ބަގޭގެ މަރާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވާހަކަތައް ޒުލޭހާ ދޮގުކުރި އެވެ. އެގޮތުން ބަގޭ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އޭނާގެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކަށަވަރުވެފައި ނުވާ އިރު، އަޅުގަނޑު އެދެން އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ނުދައްކަން،" ހަތް ކުދިންގެ މަންމަ ބުންޏެވެ.

ޒުލާހާ ބުނި ގޮތުގައި އޭނާގެ ހަވަނަ ދަރިފުޅުގެ ކުއްލި މަރަކީ "އަޅުގަނޑުގެ ދުނިޔެ ވީރާނާ ވެގެން ދިއުމެ"ވެ.

އުމުރުން 33 އަހަރުގެ ބަގޭ މަރުވި އިރު އެއްވެސް ވަޒީފާއެއްގައި ނޫޅުނަސް ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތްކުރި އެވެ.

ބަގޭ ތިން ކައިވެނިކުރި އެވެ. ފުރަތަމަ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅުގެ އުމުރަކީ 10 އަހަރެވެ. އެ ކުއްޖާ ދިރިއުޅެނީ މަންމައާ އެކު ނ. މާފަރުގަ އެވެ.

16 ކޮމެންޓް, 142 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 87%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާފަރު

20 August 2019

އާއިލާ އެއް އޮވެ، ރައްޓެހިން ނާއެކީ ދިރުއުޅެނީ ކީއްވެބާ؟

The name is already taken The name is available. Register?

ހޭބަލި

21 August 2019

އެއީ ކަލެއާ ބެހޭ ކަމެއް ނޫން.

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

20 August 2019

ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަކުޅުންތެރިން މިހާރު މަށަށް ނޭންގޭ މަގޭ އަމިއްލަ ނަފުސް ދިވެހި ފުޓްބޯޅައާއި މިހާދުރަށް މިދިޔަ ސަބަބު މަށަށްވެސް ނޭންގެ. ޢިގިރޭސި ސްޕޭން އިޓަލީ އަދި އެއް މަސްހޫރު ކުލަބުތަަކުގެ ކުޅުންތެރިން އެނގޭ. މަރުހޫމަށް ޝިފާލައްވާށި އާމީން

The name is already taken The name is available. Register?

މީހަކު އަޅެ........

21 August 2019

ކީކޭ ދެން ބުނާނީ؟ "މަރުހޫމަށް ޝިފާ ލައްވާށި އޭ؟" މިހިރީ މިމީހުންގެ ފެންވަރު! ޝިފާ ލެއްވުމަށް އެދި ދުޢާ ކުރާނީ ބަލިވެ އުޅޭ މީހުންގެ މައްޗަށެވެ. މީހަކު މަރުވުމުން ދުޢާ ކުރާނީ އެމީހެއްގެ ފާފަ ފުއްސަވައި، ސުވަރުގެ މިންވަރު ކުރެއްވުމަށް އެދިގެންނެވެ.

The name is already taken The name is available. Register?

ނުކި

22 August 2019

ބްރޯ ހަނުހުރިނަމަ މާ ސަޅިވީހެއްނު! ތިއޮތީ މުންޑު ބޭލިފަ

The name is already taken The name is available. Register?

55559

20 August 2019

ޖޮބަކަށް ނުދޭ، ތިން ކައިވެނި! މީ ލައްކަ ވާހަކަ ދޯ؟ ގައުމުގެ ޒުވާނުންގެ ހާލު

The name is already taken The name is available. Register?

ހަސަން އަލީމް

20 August 2019

އަޖައިބު! އޭނައަކީ ފުރަތަމަ ޑިވިޜަންގައި ފުޓުބޯޅަ ކުޅުނު މީހެކޭ! އެއީ ވަޒީފާއެއްނޫންތަ؟

The name is already taken The name is available. Register?

މަހުދީ

20 August 2019

ނޭގޭ ކަންކަމުގައި ޖަޖް ކުރުމަކީ ވަރަށް ނުބައި އާދައެއް. ހުންއައުމުގެ ސަބަބުން ފިޓްޖެހުމަކީ ވަރަށް ނުރައްކާކަމެއް. ހުންކޮންޓްރޯލުންނައްޓައިގެންދާކަހަލަ ނުރައްކާ ބަލިތައް މިމާލޭގައި ވަރަށް އާމު. ﷲ ބަގޭގެ ފުރާނައަށް ހެޔޮރަހުމަތްލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭ. އާމީން

The name is already taken The name is available. Register?

ތޮފް

20 August 2019

އެއްވެސް އެއްޗެއް ނުބޯކަން އިނގޭ ތިހެން ބުނީމަ. ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި! އާމީން.

The name is already taken The name is available. Register?

ހުސެން

20 August 2019

ޒުލޭހާ ބުނި ގޮތުގައި އޭނާގެ ހަވަނަ ދަރިފުޅުގެ ކުއްލި މަރަކީ "އަޅުގަނޑުގެ ދުނިޔެ ވީރާނާ ވެގެން ދިއުމެ"ވެ. ވަކިވެ ދިއުމުން އާއިލާގެ މީހުނާ ހެޔޮއެދޭމީހުން ހިތާމަކުރާނެ، ނަމަވެސް އެއީ ދިރިތިބީންގެ ދުނިޔެ ވީރާނާވެގެން ދާނެކަމެއްނޫން، ކޮންމެމީހަކުވެސް މަރުވާނެ، 10 އަހަރުގެ އަންހެން ދަރިއެއްހުރި އިރު ކުއްޖާގެ ކަންކަން ރަނގަޅަށް ބަލަހައްޓާ ރަނގަޅު ކުއްޖެއް ގޮތުގައި ބޮޑުކުރުމަށް އާއިލާއިން މަސައްކަތް ކުރުން ރަނގަޅުވާނެ،

The name is already taken The name is available. Register?

ވޯލް

20 August 2019

މީހާ އުޅޭ ދިރިއުޅުން ބަލާލީމަ އިނގޭ ދެން ތިކަންކަން ވީގޮތް. މިރާއްޖޭގައި މަސްތުވާ ފާޑުފާޑުގެ ބޭސްތައް ބޭނުންކޮށްގެން އޯވާރޑޮޒް ވެގެން މަރުވާ ޒުވާނުން އަންނަނީ ގިނަވަމުން.

The name is already taken The name is available. Register?

ސޫޖީ

20 August 2019

އެއްވެސް މީހަކަށް އެމީހެއްގެ ދަރި ގޯހެއް ނުވާނެ. ދަރިން ހަލާކު ކުރަނީ މައިންބަފައިން.

The name is already taken The name is available. Register?

ޒެލް

20 August 2019

މާފަރުގެ ނަން ހަބަރަކަށް ނާރާ ހަފްތާއެއްނުދޭ މިހާރު.

The name is already taken The name is available. Register?

މަނަދޫމީހާ

21 August 2019

އަރާނެދޯ އެއީ މަނަދޫ އިންޓަނޭޝަނަލް އެއާރޕޯޓްވެސް އޮންނަނީ މާފަރުގަ ވިއްޔަ.

The name is already taken The name is available. Register?

ޒުބޭދާ11

20 August 2019

ފަހު ދެ ޕެރެގްރާފް ކިޔާލީމަ ވަރަށް އެއްޗެހި ހިތަށް އަރާ.

The name is already taken The name is available. Register?

ނަހޫ

20 August 2019

ތީ އޭ ޒުބޭ މެންގެ މައްސަލަ އަކީ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454