ހއ. ތުރާކުނު: މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެގެން އެ ރަށަށް ވަނީ ގެންގޮސްފައި
26 އޯގަސްޓް 2019 - 19:12
މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބަންގްލާދޭޝް މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
އއ. ތޮއްޑޫގެ "ނަސްރު 2" ދޯނީގައި ކައްކާއެއްގެ ގޮތުގައި އުޅުނު ނޫރު ނަމަކަށް ކިޔާ 40 އަހަރުގެ މީހާ މަރުވީ މެޔަށް ތަދެއް އަރައިގެން ކަމަށާއި އެކަން ދިމާވީ ހއ. ތުރާކުނު ކައިރިން ހަ މޭލު ބޭރުގައި އޮއްވައި ކަމަށް ދޯނީގެ ކެޔޮޅު ބުންޏެވެ.
ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީ "މިހާރު" އަށް ވިދާޅުވީ ބިދޭސީ މީހާގެ މެޔަށް ތަދެއް އަރައިގެން ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށް ކަމަށާއި އެތަނަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށެވެ.
"ނަސްރު 2" ގެ ކެޔޮޅު ވަސީމް އަބޫބަކުރު ބުނީ އެ މީހުންނާ އެކު ނޫރު މަސައްކަތްކުރަން ފެށީ މިދިޔަ ރޯދަ މަހުގެ ފަހުން ކަމަށެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ވަސީމް ބުނީ ނޫރު މަރުވީ ހާޓްއެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.
"މިއަދު މެންދުރު 3:15 ކަން ހާ އިރު ނަސްރުގެ މެޔަށް ތަދެއް އެރުމުން އަޅުގަނޑުމެން ތުރާކުނަށް ދާން ނިންމީ. އޭރު އަޅުގަނޑުމެން ތިބީ އެ ރަށާ ހަ މޭލު ދުރުގައި،" އޭނާ ބުންޏެވެ.
ތުރާކުނާ ހަމައަށް ދާން ހޭދަވި ގަޑިއެއްހާއިރު ތެރޭގައި ތިން ފަހަރަކަށް ނޫރު ހޮޑުލި ކަމަށް ވަސީމް ބުންޏެވެ. އޭނާ ބުނި ގޮތުގައި، ނޫރަކީ އެއްވެސް ބައްޔެއް ހުރި މީހެއްކަން އެނގިފައެއް ނެތެވެ.
ނޫރުގެ އިތުރުން ދޯނީގައި ދެން އުޅެނީ ނުވަ ދިވެހިންނެވެ. އެ މީހުން މަހަށް ނިކުމެ އުޅޭތާ ހަފުތާއެއް ވެއްޖެ އެވެ.
ބިދޭސީ މީހާ މަރުވި ހާދިސާ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
27 August 2019
އޮޑިދޯނިފަހަރުގައި މަހަށްދާން ބިދޭސީންނަށް ހުއްދައެއް ނުދޭ. މިކަމަށް އަޅާނެ ފިޔަވަޅެއް ޒީރޯޓޮލަރަންސްގެ ދަށުން އަޅާބަލަ މިފަހަރު.
ހުސެން
26 August 2019
މިރާއްޖޭގައި އެކިކަންކަމަށް މޮޅެތި ގާނޫނުތަކާ ގަވައިދުތައް ހަދާފައި އެބަހުރި، ނަމަވެސް މީން އެއްވެސް ކަމެއް ތަންފީޒެއް ނުކުރޭ! ތަންފީޒުމަރުހަލާ ގައި މިވަނީ ކިހިނެއްތޯ ބަލާ ގާނޫނުތައް ތަންފީޒު ކުރެވޭނެ ވަރުގެ ބަޔަކާ އެކަން ހަވާލުކުރަންވީނުން، މިސާލަކަށް ސިނގެރޭޓު ބުއިން މަނާ ތަންތަނުގައި ސިނގެރޭޓުބުއިން، މިކަން ބަލަހައްޓަންޖެހެނީ ޕޮލިހުން، އަޅައެއްނުލާ، ގެއްލުން އެންމެބޮޑަށް ލިބެނީ ކުޑަކުދިންނަށާއި މާބަނޑު އަންހެނުންނަށް
ވަގު ކަދުރު
27 August 2019
ޤާނޫނީ ގޮތުން މި ޤަޢުމުގައި މަނާވާނީ ޤަވައިދާ ޙިލާފަށް ޕާކުކުރުން އެކަށް ރެއާދުވާލު ފުލުހުން ބަލަހައްޓާ ފިނޭސް މިނިސްޠަރާއި ޓްރާންސްޕޯޓު މިނިސްޓަރާއި ކޮމިޝަނާރ އޮފް ޕޮލިސް އާއި ނައިބު ރަޢީސްއާއި އަދި ރައީސުލް ޖުމްޙޫރިއްޔާވެސް ބައްލަވާތޯއްޗެ އިސްޓިކާ ޖަހައިގެން އާމްދަނީ ލިބެނީ ކިހާވަރެއްތޯ! ރާއްޖޭގެ ޤާނޫނުގައި ބިދޭސީންނަށް މަސްވެރިކަށް ނުކުރެވޭކަށް އެނގެނީ މައްޔިތުންނަށްބާ؟؟؟؟؟
ދޮންމަނިކު
26 August 2019
ކޮރަޕްސަން ފަޅާ އެރީ ނަމަވެސް ހިތާމަވެރި.... ހަބަރެ..މަސްވެރިކަމުގައި ބޭރުމީހުން ގެންގުޅުން މަނާ ދޯނީގެވެރިފަރާތް 100000 ރުފިޔާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ޖޫރިމަނާ ... ؟0 ޓޯލަރެންސް މިކަން ކޮށްބަލަ.
މަސްސ
27 August 2019
މަސްވެރިކަމަށް ނުކުމެ ހުއްޓަސް، ގޭގަ މަޑުން އޮތަސް ވަގުތު އައިސް ޖެހުނީމަ ކުރެވޭނެ ކަމެއް ނޯންނާނެ!