ފޯނު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފި

މާލޭގައި މޮބައިލް ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރައަށް ވަދެ ފޯނުތަކެއް ވަގަށް ނަގައިފި އެވެ.


ފުލުހުން ބުނީ މާފަންނުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފައިވަނީ ރޭ ފަތިހު ކަމަށެވެ.

އެ ފިހާރައިން 18 ފޯނު ވަގަށް ނަގާފައިވާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މިހާރު އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.