ކްރިމިނަލް ކޯޓު: އުތުރު ކޮރެއާގެ ބޯޓަކާ އެކު ކަނޑުމަތިން ތެލުގެ މުއާމަލާތް ހިންގަން އުޅުނު ކަމަށް ބުނެ ކުރި ދައުވާ ވަނީ ބާތިލް ކޮށްފައި -- ފޮޓޯ/މިހާރު
18 ސެޕްޓެމްބަރ 2019 - 16:17
އދ. ގެ ނިންމުމަކާ ޚިލާފު ވުމަކީ ކުށެއް ކަމަށް ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނެތުމުން، ނޯތު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މުއާމަލާތް ހިންގަން އުޅުނު ކަމަށް ބުނެ މީހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށް، އުތުރު ކޮރެއާގެ ބޯޓަކާ އެކު ކަނޑުމަތިން ތެލުގެ މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ މިދިޔަ އަހަރު މާޗް މަހު ޖަޕާނު ސިފައިންނަށް ފެނިގެންނެވެ.
އެ މައްސަލާގައި ގދ. މަޑަވެލީ އަރިނަގާގޭ އަބްދުﷲ ފަހުމީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ އދ. ގެ ނިންމުމާ ޚިލާފަށް އުތުރު ކޮރެއާއާ އެކު، ތެލުގެ މުއާމަލާތް ކުރަން އުޅުނު ކަމަށް ބުނެ އެވެ. މިއީ އދ. ގެ ނިންމުމަކާ ޚިލާފުވި ކަމަށް ބުނެ ރާއްޖޭގައި މީހަކަށް ދައުވާކުރި ފުރަތަމަ ފަހަރެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ހުކުމުގައި ވަނީ ފަހުމީގެ މައްޗަށް އެ ދައުވާ ކުރަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާ ޚިލާފުވި ކަމަށް ބުނެ ކަމަށް ވިޔަސް، އުތުރު ކޮރެއާއާ އެކު ދިވެހި ރައްޔިތުން ނުވަތަ ރާއްޖޭގެ އުޅަނދުތަކުން ތެލުގެ މުއާމަލާތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ނުވަތަ ރާއްޖޭގެ ގާނޫނެއްގައި ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަކާ ގުޅިގެން އެއްވެސް މީހަކަށް އަދަބެއް ދިނުން ގާނޫނުއަސާސީ މަނާކުރާ ކަން އެ ހުކުމުގައި ވެ އެވެ.
މީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކަކީ އޭގެ ދަށުން މީހަކަށް ދައުވާކޮށް، އަދަބު ކަނޑައެޅޭނެ ހައިސިއްޔަތު ލިބިގެންވާ ނިންމުންތަކެއް ކަމަށް ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއް ނެތް ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެހެންވެ، ފަހުމީގެ މައްޗަށް ކުރި އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
19 September 2019
ކްރިމިނަލް ކޯޓްގަތިބި ފަޑިޔާރުންނަށް ކިޔަވާދޭން ވެއްޖެނުން. ޔޫ.އެން.ގެ މުއާހަދާތަކުގަ ބައިވެރިވެ ދިވެހި ސަރުކާރުން ސޮއި ކޮށްފަ އޮއްނަނީއަކީ ރާއްޖޭގެ ފަސްގަޑާ ގަސްގަހާގެހި އެއަށް ތަބާވާކަށް ނުންކަން މި ފަޑިޔާރުންގެ ބޮލަކަށް ނުވަން. ބަލަ އެއަށް އަމަލުކުރަންޖެހެނީ ދިވެހި ރައްޔިތުންނޭ.
އެޑްމުންޑޯ
19 September 2019
ރާއްޖޭގެ މަސްދޯންޏެއްގެ ވަގުރަޖިސްޓްރަި އެއް ހަދާ ޓްރާންސޕޯޓްގެ ތައްގަޑެއް ވަގަށް ހަދާ ތިބުނާ ތެލުގެ ވިޔަފާރީގައި ވަގު މުއާމަލާތްތަކެއް ހިންގުމަކީވެސް ކުށަކަށް ނުވަނީތޯ
އަލީރާޖާ
19 September 2019
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ރުހުންދީ ސަރުކާރުން ސޮއިކޮށްގެން އެއްވެސް މުއާހަދާއެއްގައި ބައިވެރިވީމާ ދެން އެއަށް އަމަލު ކުރުން އެއީ ލާޒިމް ކަމެއް. ދީނީގޮތުންވެސް އަހްދެއް ވައުދެއް އެއްބަސްވުމެއް ވެވިއްޖެ ހަމަ އެއަށް އަމަލުކުރުން މަޖުބޫރު. ގާނޫނު އަސާސީގައިވެސް ރާއްޖެބައިވެރިވެފައިވާ މުއާހަދާތަކާ އެއްގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށް ލިޔެފައި އެބައޮތް.
ވާލުސޮރު
18 September 2019
ގާޒީ ބެއްލެވީ ކުށެއް ނެތް ސަލާމަތްވެވޭނެ ގޮތެއްތޯ. ކުށެއް ކަމަށް ކަނޑައެޅޭނެ ދެއްތޮ ގަވައިދާ ހިލާފަށް ވިޔަފާރިކުރުމާ ގައުމުގެ އަގު ވައްޓާލުމާ ބްލެކް މާކެޓްގައި ވިޔަފާރިކުރުންވެސް
ހެހެހެ
18 September 2019
ތިޔައީ އޯލްއިންވަން މާސްޓަރ މައިންޑެއްގެ ރޭވުމެއްގެދަށުން، ނުވަތަ އެފަދަ ޓީމެއްގެ ލަފާގެދަށުން ހިންގާފަވާކަމެއްކަން ކިތަންމެރީއްޗަށްވެސް އެބަސާބިތުވެއެވެ. ތިއޮތީ ބައިނަލްއަޤްވާމީ ޓީމެއްގެ އެހީހޯދައި ނުކުތާޖަހާފަ!
ދިވެއްސެއް...
18 September 2019
ދެން ދިވެހި ދައުލަތް ސޮއިކޮށްފައިވާ މުއާހަދާއަކާ ހިލާފު ކަމެއް ކުރުމަކީ ކުށަކަށް ނުވާނެތަ؟
އަލީި
18 September 2019
ނުވާނެ
ޖޭޑޮން
18 September 2019
އެކަމަކު ނާސިރު ދައުރުގައި އައިޓީއެފް ގައި މައްސަލަ ޖައްސާފައި ހަމަ މުސާރަ ހޯދާ، ސީމަނުން ރާއްޖެ އައުމުން "ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ކްރައިމްސް ޑިވިޝަން" އޭ ކިޔާ ކޯޓެއް ގައި ދައުވާ ކުރުމުން، 10 އަހަރަށް އަރުވާލުމަށް ހުކުމް ކޮށް، އެމީހެއްގެ ފޮށި ތަންމަތި( ލަގެޖް ކޮޅު) ވެސް ނީލަން ކިޔައި ސަރުކާރަށް ނެގިއެވެ.ވީމާ މިހާރު ކޯޓް ތަކުގެ ފަނޑިޔާރުންގެ މިނިވަންކަން ނިކަން ދެކެބަލާށެވެ.
މީއޮއް ގާނޫނެއް
18 September 2019
އަހެރެމެން ކުޑައިރު ކ. ކށާސިދޫ ތާރަމުހައްދު ކިޔާލަވައެއް ރޭޑިޔޯއިން ފޮނުވާނެ. އެލަވައިގައި ބުނާގޮތުން މިރުހެއް ބިނދެގެން ވަތުއުނގަށް ލައިގެން ދިޔައިމާ 2 އަހަރަށް އަރުވާލަނީ. މަރިޔަން އަލީ އާއި އޭނަޔާއި ވަކިވީ. އެންމެ ފަހުން އެކަމުގެ ހިތާމައިގައި އޭނާ އުޅެންޖެހުނީ. ރަނގަޅަށް ވިއްޔާ އެ ބޭ މަރުވާނީވެސް އެ ހިތާމައިގަ.
ބުލި
18 September 2019
އެހެން ވިއްޔާ ހާދަ ހެއްވާގާނޫނެކޭ ދޯ ފޮނިކަނޑަ ކަނޑާފަ މިވަރެއް ނެތޭކިޔައިގެން މިއުޅެނީ!
ކިއްލިބާޝާ
18 September 2019
ތެލަކީ ހާދަ ބިރުބޮޑު އެއްޗެކޭ.