ޚަބަރު / ފާތިމަތު ނަހުލާ

ނަހުލާ ވިދާޅުވީ ދަށް ފެންވަރުގައި ވަޒީފާ އަދާކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް

މިރޭގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގިނައީ ވަރަށް ދަށް ފެންވަރުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި އެކަން ހައްލުކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވާ އޯޑިއޯއެއް މިރޭ އާއްމުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް، ސަންގު ޓީވީ މެދުވެރިކޮށް މި އޯޑިއޯ އާއްމުކުރީ އެތަނުގައި ވަޒީފާގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެ ހައްލެއް ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހެޅުމަށް ފަހު އެވެ. ނުހައްގުން ވަޒީފާ އިން ވަކި ނުކުރަން އެދިފައިވާ އެ ޕެޓިޝަންގައި ގާތްގަނޑަކަށް 50 މުވައްޒަފުން ސޮއިކޮށްފައިވެ އެވެ.

މި ޕެޓިޝަނާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ، ހާޒިރީގެ ރިޕޯޓެއް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވި ކަމަށާއި މުވައްޒަފަކަށް ފިޔަވަޅު އަޅަން އެދިފައި ނުވާނެ ކަމަށެވެ.

އެކަމަކު އާއްމުވި އޯޑިއޯގައި، މިނިސްޓަރު ވިދާޅުވަނީ ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ. އެތަނުގައި ގިނައީ ވަރަށް "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން" ކަމަށް ވިދާޅުވެ އެވެ.

މަސައްކަތަށް ފަރުވާކުޑަކުރާތީ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި ވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މުވައްޒަފުންނަށް އޮޅިފައެއް ނޯންނާނެ އެވެ. ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތެއް ނޯންނަ ކަމަށް ވިދާޅުވެ އެވެ.

ނަހުލާ ވިދާޅުވީ އޭނާއާ މެދު ހިތްހަމަނުޖެހިގެން މުވައްޒަފުން ކޮފީތަކާއި އެހެން ތަންތަނުގައި ވާހަކަ ދައްކާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ އެއްވެސް އެއްޗެއް މަދުވެގެން ނޫން ކަމަށާއި ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކަ، ހިތްހަމަނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިއަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ،" ނަހުލާ ވިދާޅުވި އެވެ.

"ފަހަރެއްގައި ވެސް ހީނުކުރާތި އަޅުގަނޑަށް ލިބޭ 60،000-70،000 ރުފިޔާގެ ބޭނުމުގައޭ މި ހުންނަނީ. އަޅުގަނޑަށް އުނި އެއްވެސް ކަމެއް ނެތް."

ނަހުލާ: ވަޒީރުކަމާ ހަވާލުވެވަޑައިގަތް ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކަމަށް ވިދާޅުވި.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވި ގޮތުގައި ކުޑަ ހަ ކުދިން މަންމައާ ހަވާލުކުރުމަށް ފަހު ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށެވެ. އެއީ ﷲ އަށްޓަކައި ހައްދަވާ ތެދުފުޅެއް ކަމަށް ވެސް ވިދާޅުވެ އެވެ.

ކޮންމެ ހައިސިއްޔަތެއް، ނުވަތަ ކޮންމެ ފެންވަރެއްގެ ބޭފުޅަކަށް ވިޔަސް މައްސަލައެއް އުޅެންޏާ ޖެހޭނީ އެ މީހަކު ބަދަލުކުރަން ކަމަށް ނަހުލާ ވިދާޅުވެ އެވެ.

"އަޅުގަނޑު ބަދަލުކުރަން ޖެހޭ މީހަކު އަޅުގަނޑު ބަދަލުކުރާނަން މިތަނުން،"

އޭނާ ދެއްކެވި ވާހަކަ އަށް މުވައްޒަފުން ވިސްނައި އެގޮތަށް އަމަލުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޯޑިއޯ އިން އިވެ އެވެ.

ޓްރާސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭތީ ކަންބޮޑުވުންފާޅުކުރަމުންދާއިރު، އެއީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޚިދުމަތްތައް ލަސްކަމަށް ބުނެ އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ އެއް ތަނެވެ. ސަރުކާރުގެ އެހެން އިދާރާތަކުގެ ހިދުމަތްތަކަށް ފަސޭހަ ބަދަލުތަކެއް އައި ކަމުގައި ވިއަސް ޓްރާންސްޕޯޓަށް ޒަމާނީ ބަދަލު ނާންނަ ކަމުގެ ޝަކުވާ ބޮޑުވި އެވެ. އެކަމަކު އެކަން ހައްލުކުރަން ފަށައި މިހާރު ވަނީ ބައެއް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެތެރޭގައި ބައެއް ޚިދުމަތްތަކަށް އޮންލައިން މެދުވެރިކޮށް އެދުން ހިމެނެ އެވެ.

ރައީސަށް ހުށަހެޅި ޕެޓިޝަންގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް އެޕްރައިސަލް ފުރިހަމަކޮށްފައެއް ނުވެ އެވެ. ކުރީގެ ސަރުކާރުގައި، މިދިޔަ އަހަރު "އެއްލަކިން ލައިސަންސް"ގެ ނަމުގައި ހިންގި ޕްރޮގްރާމްގައި މުވައްޒަފުން ރޭގަނޑު ވެސް ވަރަށް ދަންވަންދެން މަސައްކަތްކޮށްފައި، ހެނދުނު ގަޑި އަށް ވަޒީފާ އަށް ހާޒިރުވާން ޖެހުނުކަން ފާހަގަކޮށްފައިވެ އެވެ. ގާތްގަނޑަކަށް ދެ މަސް ވަންދެން އެގޮތަށް މުވައްޒަފުން މަސައްކަތް ކުރި ކަމަށް ޕެޓިޝަންގައިވެ އެވެ.

މިހެން ކަން ހިނގާފައި ވަނިކޮށް، ރަނގަޅަށް ނުބަލައި ނުހައްގުން ވަޒީފާ އިން ވަކި ނުކުރަން ޕެޓިޝަންގައި މުވައްޒަފުން އެދިފައިވެ އެވެ.

107 ކޮމެންޓް, 175 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 3%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

7777

01 October 2019

ހާދަ އަނިޔާވެރި އިންސާނެއް

The name is already taken The name is available. Register?

ާއުނިމާ

01 October 2019

ރައްޔިތުންނަށް ޚިދުމަތްކޮށްދޭހިތުން ނިދި ނައިސްގެން މިއުޅެނީ!

The name is already taken The name is available. Register?

އަޅުގަނޑު އާރިފް

01 October 2019

ނަހުލާއަށް. ހަ ކުދިން މަންމައާ ހަވާލުކުރުމަށް ފަހު ވަޒީރުކަންކުރައްވާ ބީދައިން ޅަދަރިންތައް ދޫކޮށްފައި ގޮސް ވަޒީފާ އަދާކުރާ ބަޔަކު އޮފީސްތަކުގައި އުޅޭ. އެއީކީ މާ ފަޚުރުވެރިވެ ނޫނީ ހިތާމަކުރަންޖެހޭވަރު ކަމެއް ވެސް ނޫން. މޮޅެތި ލީޑަރުންނަކީ ދަށުގައި ތިބޭ މުވައްޒަފުން މީހުންނަށް ހަދައިގެން އެމީހުން ފަހަތުލައިގެން މޮޅަށް ކަންކަން ހިންގާ މީހުން. ހިތަކަށް އުމުރުދުވަހު ބަދަރު ހިންގަން ހަވާލުކުރީމާ ނުވިމީހަކަށް ލައިގެން ކޮން ޓްރާންސްޕޯޓެއްތޯ ހިންގޭނީ.

The name is already taken The name is available. Register?

އަޅުގަނޑު އާރިފް

01 October 2019

ހަލާލަކަސް ނަހަލާލަކަސް ލީޑަރުން މުވައްޒަފުންނަށް "ބެވުން" ނޯވޭ. ފުދުންތެރިކަމުން ބިރުދެއްކުމެއް ވެސް ނޯވޭ. ކަމުނުދާ ނަމަ އޮންނަ އުސޫލުގެ ތެރެއިން ކަނޑާލަންވީ. ހުރހިާ އެންމެން ހައްގަށް ވަކާލާތުކުރާ ޒަމާނެއްގައި އަދި އަމުދުން ދެފަރާތުގެ ހައްގުވެސް ހިމާޔަށް ކުރަންވާނެ. ޓްރާންސްޕޯޓްގެ ވާހަކަ އަބަދުވެސް އިވެނީ ކަރަޕްޝަނާ ދޯދިޔާ ކަމުގެތެރޭން. މުވައްޒަފުންނަށް އަދަބުދިނަކަސް ނުވާނޭ. ވާނީ ހިނގަން ތިބިމީހުން ބަދަލުކޮށްގެން. އެއީ ބޮއްސުންލުމުގެ އަސްލު.

The name is already taken The name is available. Register?

ހާލުގެދުލުން

01 October 2019

ދެން މަސައްކަތް ނުކޮށް ހިދުމަތް ނުދީ ތިބޭ އިރުވެސް ލީޑަރުން ތިބެންވީ ހެވިފަ އަތް ޖަހަންތަ؟ އެތަނަށް ވަދެލަބަލަ ޚިދުމަތެއް ހޯދަން އޭރުން ސާފުވާނެ ވަޒީރު އެކިޔާ އެއްޗެއް.. އެހުރިހާ ކަމަކަށް ޒިންމާ އުފުލާ ޖަވާބުދާރީވާންޖެހެނީ ވަޒީރު..އެހެންވީމަ ފަރުވާ ކުޑަ ނާގާބިލް މީހުންނަށް ފިޔަވަޅު އަޅާ ވަކިކުރަންޖެހޭ. ނަހުލާ ހަމަ ހަބޭސް.. ތިހެން ގަޓުގަ ކުރިޔަށް ވަޑައިގަންނަވާ.

The name is already taken The name is available. Register?

ނަގިލި

01 October 2019

ދުނިޔޭގެ އެއްވެސްތާކު ބޮޑު މުސާރައެއް ހޯދައިގެން މުއްސަނދި ދިރިއުޅުމެއް އުޅެން ފޫގަޅައިގެންހުރިމީހަކު ސިވިލް ސާވިސްގެ ވަޒީފާއަކަށް ނުވަންނާނެ. އެފަދަ މީހުން ކުރަންޖެހޭނީ ވިޔަފާރިފަދަ މަސައްކަތް.

The name is already taken The name is available. Register?

ފޮނިކަލޯ

01 October 2019

ތިކަމެއްވެސް ވިޔަކަ ނުދޭނެ މީރާ އޮތީ ރެޑީ ގަ ރައްޔަތު މީހާ ފައިސާކޮޅެއް ގެންގުޅޭތަ، ވަގުބުޅަލައް މަސްވަސް ދުވާހެން މީރާ އެމީހެއްގެ ފަހަތުން ދުވެ މޮޅު ހިސާބު ތަކެއްހަދައިގެންވެސް އެ ފައިސާކޮޅު ހޯދާނެ، މީ ހަޤީގަތް

The name is already taken The name is available. Register?

ވާހަކަ

01 October 2019

ތި ވާހަކަ ނިކަން ފައްކާ ރަނގަލު..އެކަމު ވަޒީރުކަމަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫން..

The name is already taken The name is available. Register?

އަޅުގަނޑު އާރިފް

01 October 2019

އެއްޗެއް ބުނަން އެބަ ލަދުވެސް ގަނޭ. ކަންކަންކަމަށް ބަސްބުނެ އުޅުމަކީ ކަމުގެ ދެކޮޅުބަލާ އިންސާފުން އެއްޗެއް ބުނުން. ވަކި މީހަކުވީތީ ކަމުގޮއްސަ އެހެންމީހަކު ވީތީ ކަމުނުގޮސް! އިންސާފަކީ ހަމައެކަނި ކޯޓުތަކުގެ އެއްޗެއް ނޫން. އިންސާފު ފެއްޓިގެންއަންނަނީ ތިމާގެ ދުލާ ބުއްދިއާ ހިސާބުން. ގޯސްކަންކަން ގޯސްކަމަށް ހެޔޮ ކަންކަން ހެޔޮކަމަށް ބުނެގެން. މުސްލިމުން ވާންޖެހެނީ ލިބޭ ލައިކަށް ކުރާ ހުޝާމަދަށް ނުބަލާ ލޮލަށްބޮލަށް ނުބަލައި ސީދާ ތެދުބަސް ބުނާ މީހުންނަށް.

The name is already taken The name is available. Register?

ޙަލީމު

01 October 2019

ނަހުލާއަށް ސެލިއުޓް ކުރަން. ތިގޮތަށް ހިފަހައްޓާލާ، ތިއީ އެހެން ވަޒީރުންވެ ސް މި ސާލަކަށް ބަލަންވީ ވަޒީރެއް. ޓްރާން ސްޕޯޓް މިނިސްޓްރީ ހަމައަކަށް އަޅުވަން އެބަޖަހޭ.

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

01 October 2019

50 މީހުނަސްލާރިދިގެން ލައިކް ޖަހުވާފަ .ތަ؟ ކަމަކުނެދޭ އައިޝާ މިނިސްޓަރު ކަމަކަށް .

The name is already taken The name is available. Register?

މޯދީ

01 October 2019

ސަރުކާރުގަ ގިނަ އޮފީސް ބޭންކް ހޮސްޕިޓަލްތަކުގަ މަސައްކަތްކުރާ މުވައްޒަފުންނަށް ހީވެފަ އޮންނަނީ ޚިދުމަތްދިނުމަކީ ސޮއެކޮށްފަ ކޮފީބޯންދިއުންކަމަށް!

The name is already taken The name is available. Register?

ގޮބޮޅި

01 October 2019

ރަގަޅު ހަމަ ރަގަޅަށް މަސައްކަތްތައް ނުކުރަންޔާ ކަނޑާލައިފަ އެހެން މީހަކަށް ވަޒީފާ ދޭންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454