ފުލުހުން އަތުލައިގަތް ޑްރަގްސް ޕެކެޓްތަކެއް. -- ފައިލް ފޮޓޯ
07 އޮކްޓޯބަރ 2019 - 09:36
އިންޑިއާއާ ގުޅިގެން ރާއްޖޭ ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭ ސަރަައްދުން 150 ކިލޯގެ ޑްރަގްސް އަތުލައިގެންފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭ ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
ހިންދުސްތާން ޓައިމްސް ނޫހުން ބުނީ މި އޮޕަރޭޝަން ހިންގީ އިންޑިއާ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގައުމާއި ލަންކާ އަދި ރާއްޖެ ގުޅިގެން ކަމަށެވެ.
ބޯޓު އަތުލައިގަތީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރަނިކޮށް ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ. ރާއްޖޭގެ ސިފައިންނާއި ފުލުހުން ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެންމެ އުތުރުން، ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގިކަން "މިހާރު" އަށް އެނގިފައިވެ އެވެ.
މި ޑްރަގް ޝިޕްމަންޓުގެ މައުލޫމާތު އިންޑިއާގެ ސަލާމަތީ ބާރުތަކަށް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ލިބުނީ އިންޑިއާގެ ކޮޗީއާ 500 ނޯޓިކަލް މޭލު ބޭރުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ބޯޓު އޮއްވަ އެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އިން ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑަށް މައުލޫމާތު ހިއްސާކޮށް އެ ދެ ގައުމުން ވެސް ބޯޓަށް ފާރަލަމުން ދިޔަ އެވެ.
"ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ވަނީ އެ ގައުމުގެ ކަނޑުގެ ސަަރަހައްދުން ބޯޓު އަތުލައިގެންފައި،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ބޯޓަށް މައުލޫމާތު ދީ ކަންތައް ކުރަންވީ ގޮތް އަންގަމުން ދިޔައީ، އެ އޮފިޝަލް ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ތިބި ބައެކެވެ. އަދި ބޯޓު ފާސްކުރި އިރު އެއިން ހެރޮއިން ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ބޯޓު އަތުލައިގަތް އިރު އެ ބޯޓުގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭ ޕާކިސްތާނު މަގުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ފަސް ވަނަ ޑްރަގް ޝިޕްމަންޓެވެ.
މިދިޔަ ޖުލައި މަހު ސްރީ ލަންކާގެ ކޯސްޓް ގާޑުން ވެސް ވަނީ ޕާކިސްތާނު މަގުން ބޭރުކުރި 140 ކިލޯގެ ޑްރަގްސް އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
07 October 2019
މަ ހައިރާނެއް ނުވާނެ ("އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭ ޕާކިސްތާނު މަގުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ފަސް ވަނަ ޑްރަގް ޝިޕްމަންޓެވެ") އިންޑިޔާ އޮފިޝަލުން އެވިދާޅުވާ ފަސް ޝިޕްމެންޓްއަކީވެސް އެވެރިންގެ ރޭވުމަކަށްވެ ފަޅާއަރާދުވަހުވެސް.
ލައުރާ
07 October 2019
ސައިކަލެއް ނުގަވައިދުން ޕާރކުކޮއްފަ ވާނަ މަ ގެންގޮސް ނައްތާލެވޭ ކީއްވެތޯ މިކަން ކުރާ މީހާޔައް މަރުގެ އަދަބު ނުދެވެނީ
ކައްކާ
07 October 2019
ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޑުރަގު ވިޔަފާރިއަކީ ރާއްޖޭގެ ވިޔަފާރީގެ ބޮޑު ޕަސެންޓެއް ހިއްސާކުރާ ވިޔަފާރިއެއް. ޑުރަގު އަތުލީމަ ވިޔަފާރި ހުއްޓި އިގުތިސޯދަށް އަސަރުކުރާނެ. އެކަމަކު ހުއްޓުވަންވެސްޖެހޭ އެބަ.
މަފް
07 October 2019
މަލިކު ކައިރިން ހިފެހެއްޓި މަސް ދޯންޏާ މިޝިޕްމަންޓާ ގުޅުމެއް ވެދާނެބާ؟
ރަޓު
07 October 2019
އެހެންތަ ބަލަ އެއީ ކަންނެލި ބާނަން ނުކުމެ އުޅުނު ދޯންޏެއް.. ކަންނެލި މަސްވެރިކަން ކުރާ ބަޔަކަށް އިނގޭނީ ވާނުވާ މަލިކާއި ހިސާބަށް ބަޔަކު އަލަށް ގޮސްގެނެއް ނޫން މިއުޅެނީ ކަންނެލި ބާނާ ދޯނިތަކުގަ އުޅެ މީހުން ގާތުގަ އަހާލަބަލަ
ހިގޮ
07 October 2019
ބިއްލާދިން މަރާލަން ޕާކިސްތާން ސިފައިންނަށް ނޭގި އެމެރިކާ ސިފައިން ޕާކިސްތާނަށް ވަތް ގޮތަށް މިގައުމުގެ ސިފައިންނަށް ނޭގި މިގައުމަށް އިންޑިއާ ސިފައިން ވަނުމަކީ ކިހާދެރަ ކިހާނުރައްކާ ކަމެއްތޯ؟ކީއްވެ ރާއްޖެ ސިފައިންނަށް ނޭންގީ ތިކަހަލަ ގުޅުމެއް ދިވެހިން ބޭނުމެއް ނޫން
ޑާކާ ގައިޒް
07 October 2019
ބުރޯ ލިޔެފައޮތް އެއްޗެއް ކިޔާފަތަ މޮމެންޓް ތި ކުރަނީ؟
ީއެމް
07 October 2019
ނޭގިޔޭ ބުނެފަ އެބައޮތްތަ. ގުޅިގެން ހިންގި އޮޕަރޭޝަނެކޭ އޮތީ.
ހަކީމް
07 October 2019
މާތް ކަލާކޯ އާޓިކަލް ކިޔާފަ ކޮމެންޓް ކޮއްބަލަ ..
ތިއޭ އެއްކަލަ
07 October 2019
ޑާކާ ގައިޒް، ބުރޯ ވެސް ލިޔެފަ އޮތް އެއްޗެއް ކިޔާފަތަ (ކޮމެންޓް) ތި ކުރީ؟
ކޮރަލް
07 October 2019
އުފާވެރި ހަބަރެއް ނޫނެވެ. މިނިވަން ދޫތިކެއް އުޅޭހެން އެމީހުން އުޅެއެވެ. ސިޔާސީ އަދި ބައެއް ވިޔަފާރިވެރީން އެކުދީން ދެކެ ލޯބި ވެއެވެ. އެއްދޮރުން ވަދެ އަނެއް ދޮރުން ނިކުންނަނީއެވެ.
ހަކީމް
07 October 2019
" މިކަމާ ބެހޭ ގޮތުން ރާއްޖޭ ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ. " މިހެން މިވަނީ ދިވެހި ފުލުހުންނަށް އަދި މިކަހަލަ ޕެކެޓެއް ފެނުނަސް މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭތީ ... މިސަރަހައްދުގެ ހުރި އެންމެ ވަރުގަދަ ފޮރެންސިކް ލެބުން ޓެސްޓް ކޮއްފަ ޔަޤީން ވީމާ ދިވެހި ފުލުހުން އެއްޗެކޭ ބުނާނީ.
އާމިނަތު މުޙައްމަދު
07 October 2019
ވަސްމީރު އަށް ބުނެލަން އޮތީ އޭރުއްސުރެން ފެށިގެން ހިންގަމުން އަންނަ ޖަރީމާ އެކޭ...ވ.ސަލާމް..މި ކޮމެންޓް ޖަހާލަ ދެއްޗޭ..ސާބަހޭ ދިވެހި ފުލުހުން..
ކަރީމުއްދީން ބާޝާ
07 October 2019
ފެން އޮތްތަނަކަށް މަސްދާނެއެވެ.
ދޯ.....
07 October 2019
އަތުލައިގަނެވުނީމަ ނިމުނީތަ ސާބިތުވާ މީހުންނަށް އަދަބުދިނުމަކީ މިހާރު ކުރާކަމެއްހެނެއް ހިޔެއްނުވޭ ހައްޔަރު ކުރާދުވަހުނޫން އަނެއްދުވަހު އެއްވެސް ކުށެއްނެތް މީހެއްގެ ގޮތުގައި އެމީހަކު ހުންނަނީ ދޫކޮއްލާފަ މިނިވަނެއްގެ ގޮތުގައި ހީވަނީ މީ ކުޅޭ ކުޅިވަރެއް ހެން...