އިސްކަންދަރު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އޮކްޓޯބަރ 2019 - 12:01
މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއެކު ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.
އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާލޭގެ ސްކޫލުތަކުން އަންނަ އަހަރަށް ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ކަމަށެވެ. އެއަށްފަހު އެ ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.
I don’t think this is the best way to go about it tbh. Male’ ga ethah ahareh ulhefa thibi meehunge dharin ge haggu koba? https://t.co/NnoefjpF8S
— BlurrEhNu (@ShafaRameez) October 8, 2019
އެގޮތަށް ނިންމީ، މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނާގޮތުން، އެ ސްކޫލު ހިމެނޭ ސަރަހައްދު (ކެޗްމަންޓް އޭރިއާ) ގައި އުޅޭ ވީހާ ވެސް ގިނަ ދަރިވަރުންނަށް އަންނަ އަހަރު ފުރުސަތު ދިނުމަށެވެ. އެހެންވެ އެ އުސޫލުގެ ތެރެއިން އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސްކޫލަކުން ޖާގަ ހަމަޖެހުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެންދާނެ ކަމަށް ބުންޏެވެ.
This is contrary to article 17 and 20 of the constitution and it will amount to discrimination. https://t.co/isIXuaKf6S
— Ali Hussain (@AleeVoice) October 8, 2019
ނަމަވެސް އެ އުސޫލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މާލޭގެ ސްކޫލުތަކުން މާލޭގެ ރަށްވެހި ދަރިވަރުންނަށް ޖާގަ ދިނުމުގައި އިސްކަންދިނުމަކީ ތަފާތު ކުރުމެއް ކަމަށެވެ. ތައުލީމް ހޯދުމަށް އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ފުރުސަތު އޮންނަންވާނެ ކަމަށް އެ މީހުން ބުނެ އެވެ.
އެއް ބަޔަކަށް މައްސަލައަކަށްވީ ޖާގަ ދިނުމުގައި ދަރިވަރުގެ ދާއިމީ އެޑްރެހަށް ބަލާތީ އެވެ. އެއީ މާލެ އަށް އުފަން، މާލޭގެ ރަށްވެއްސަކަށް ވިއަސް އާއިލާއާ އެކު ކުއްޔަށް އުޅޭ ދަރިވަރުން ތިބޭތީ ކަމަށް، އެ އުސޫލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
Hospital ga token ves dhookuran vaanee furathama male' ge rahvehinnah. Sahara in mahanaves dhookuran vaanee thi usoolun.
— EhJu (@EhJu) October 8, 2019
Kankan rangalhu kuran masahkatheh nukuraathi olhigenves, kaleynney. Abadhuves fiyavalhu alhanvaanee fahathah. https://t.co/1hnDFfv2um
ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިގޮތުގައި ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގެ ރަށްވެހި ދަރިވަރުންނަށް އިސްކަންދިނުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާ ފުށުއަރާ ކަމެކެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ތަފާތުކުރުމެއް ކަމަށް ވިދާޅުވި އެވެ.
އެފަދަ އުސޫލެއް ކަނޑައެޅުމުގެ ބަދަލުގައި، ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަން ނުޖެހޭތޯ މީހަކު ސުވާލުކޮށްފައި ވެ އެވެ. ފާތުމަތު ނަފްއަތު އަހުމަދުގެ ނަމުގައި ޓްވީޓުކުރި މީހަކު ބުނީ ސްކޫލުތަކުގެ ހާލަތު ރަނގަޅުކުުރުމުން ތައުލީމް ހާސިލްކުރުމަށް ތޮއްޖެހިފައިވާ މާލެ އަށް ބަދަލުވާކަށް ނުޖެހޭނެ ކަމަށެވެ.
Shouldn't the ministry improve the island level schools so that they wouldn't have to migrate to a concrete jungle to get a proper education.
— Fathimath Naf'ath Ahmed (@ath_naf) October 8, 2019
"މިއީ މިކަން ދާންޖެހޭ އެންމެ ރަނގަޅުގޮތް ކަމަކަށް ނުދެކެން. މާލޭގައި އެތައް އަހަރެއް އުޅެފައި ތިބި މީހުންގެ ދަރިންގެ ހައްގު ކޮބާ؟" ކަންބޮޑުވުން ފާޅުކޮށް ޝަފާ ރަމީޒްގެ ނަމުގައި ކުރި ޓްވީޓެއްގައި ބުންޏެވެ.
ޖާގަ ދިނުމުގައި ދެ ވަނަ އަށް އިސްކަންދޭނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސާކިއުލާ ބުނާގޮތުން، އެ ސްކޫލުގައި އުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ދަރިވަރުންނަށެވެ. އެކަމަކު އެ ދަރިވަރުންނަކީ ވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ވާންޖެހެ އެވެ. އިސްކަންދިނުމުގެ ތިން ވަނައިގައި ހިމެނެނީ، އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށެވެ.
ތަޢުލީމް އުނގެނުމިގައި އަދި އުނގަންނައި ދިނުމުގައި ދިވެހި ކޮންމެ ދަރިވަރަކަށްވެސް ހަމަހަމަ ފުރުޝަތު އޮންނަންވާނެ. @MoEdumv @presidencymv
— iqbaal ahmed 🇵🇸🇲🇻✌❤ (@IqbaalAhmed6) October 8, 2019
މާލޭގެ ސްކޫލެއްގެ އިސްވެރިއަކު ވިދާޅުވީ، އެ ސްކޫލު ސަރަހައްދުގައި އުޅޭ ދަރިވަރެއް ކަމަށް ބުނެ ސްކޫލުން ޖާގަ ހޯދަން ހުށަހަޅާ ކަމަށެވެ. ނަމަވެސް ކިޔެވުން ފަށާ ފަހުން، އެ ދަރިވަރު އުޅެނީ ހުޅުމާލޭގައި ކަމަށް ބެލެނިވެރިން ބުނާ ކަމަށް، ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ސްކޫލު ފަށާފައި ދެ ވަނައަށް ވާ ދުވަހު ބުނެފާނެ ތިމަންނަ އުޅެނީ ހުޅުމާލޭގައޭ، އެހެންވެ ބްރޭކެއް ލިބުނަސް ދަރިފުޅު ގެންދަން އުނދަގޫވާނެއޭ. އެކަމަކު އެ ބެލެނިވެރިން ވެސް ފޯމް ހުށަހަޅާފައިވަނީ ސްކޫލު ކުރިމަތީގައި އުޅޭ ދަރިވަރެއް ގޮތަށް. އެހެންވެ ރަނގަޅު ނިންމުމެއް ކަމަށް ދެކެނީ،" ސްކޫލެއްގެ ވެރިއަކު ވިދާޅުވި އެވެ.
މީގެ ކުރިން މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދީފައިވަނީ، ކޮންމެ ރަށެއްގެ ދަރިވަރަކަށް ވިއަސް އެ ދަރިވަރަކު ދިރިއުޅޭ އެޑްރަހަށް ބެލުމަށްފަހުގަ އެވެ. އެހެންވެ ވަކި ސްކޫލަކަށް އެ ދަރިވަރު ވެއްދުމަށް، އޮޅުވާލައިގެން ވެސް އެޑްރެސް ޖަހާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލީން
10 October 2019
މާލެ މީހުންނަށް ހުރިހާކަމަކުން އިސްކަން ދީފަ ބަހަށްޓާ. ރާއްޖޭގެ ރަށްތަކުގެ މީހުން ގޮތްހުސްވެގެން ރަށަށް ދިޔާމަ މާލޭގަ ގެދޮރު ކުއްޔަށްދީގެން މަސައްކަތެއްނުކޮށް އާމްދަނީ ހޯދައިގެން އުޅޭ މީހުން އިދަޖެހިފަތިބޭތަން ވެސްބަލާލަން
އައްޕާ
10 October 2019
ރަތަށް ނާރާ ރަޓަށް ދާންވޫ!
ރާއްޖެތެރޭ ކުއްޖާ
10 October 2019
ކަލޭވެސް ދޭބަލަ
ސެންޓު
09 October 2019
ރަށު މަޖުލިސް މެންބަރުންގެ ގޮނޑިވެސް މާލެ ތަމްސީލް ކުރޭ. ޢޭރުން އޯކޭ!
ބޯގަންވިލާ
09 October 2019
ރަނގަޅު ނިން މު މެއް އަހަރެން ތާއީދު
ޅަފުތު
09 October 2019
ހުރިހާ ދަރިވަރުންގެ ބެލެނިފަރާތަކީ އެޑިއުކޭޝަން މިނސްޓްރީ. އެހެންވީމާ އެއްވެސް ކުއްޖަކު އުޅޭ ގެއްގެސަބަބުން ވަކި ރަށެއްގެ، ވަކިއާއިލާއަކަށް ނިސްބަތްވީތީ، އަދި ގެދޮރެއް ނެތް ކުއްޖަކަށްވީތީ ތަފާތު ކުރެވިގެން ނުވާނެ. ކުދިންނާއި އާއިލާގެ އިހްތިޔާރުގައި އެކަން އޮންނަންވާނީ ދާނެ ސްކޫލެއް އިހްތިޔާރުކުރުން. ޖާގައޮތީއްޔާ ދޭންވާނީ. ދޮން ނިޔަދުރުގެބާ އޮވެގެންނުވާނެ. މާލެއަށް ކިޔަވަން އަންނަނީ މުޅި ދިރިއުޅުން ދަރިންގެ ތައުލީމަށްޓަކައި ޤުރުބާންކުރާ ހާލުގައި
ޢަބްދުﷲނާފިޒް
09 October 2019
"މިއީ މިކަން ދާންޖެހޭ އެންމެ ރަނގަޅުގޮތް ކަމަކަށް ނުދެކެން. މާލޭގައި އެތައް އަހަރެއް އުޅެފައި ތިބި މީހުންގެ ދަރިންގެ ހައްގު ކޮބާ؟" ކޮން ހައްގެއްގެ ވާހަކަބާ!؟ ސްކޫލްކުރިމަތީ ހުރި ގޭގަ ނޫޅުނަސް ދިރިއުޅެނީ އެގޭގަކަމަށް ފޯމުގަޖަހާ މަކަރުހަދާ އޮޅުވާލުމުގެ ފުރުސަތު ނުލިބުމުގެ ޙައްޤުބާ!؟ އެއްވެސް ޙާލެއްގައި މިކުދިންގެ ޙައްޤު ގެއްލޭ ކަމަކަށް ނުދެކެން، އެކަމަކު އެކުއްޖާ ވައްދަން ބޭނުންވާ ވަކި ސްކޫލަކުން ޖާގަ ނުލިބިދާނެ،
ަްއާދިލު
09 October 2019
އަތޮޅުތެރޭ ދަރިވަރުން ރަށަށް ކިޔަވަން ދާށޭ ބުނަންވީނުން ކަންކަން ހައްލުކުރަން ނޭގެންޔާ އިސްތިއުފާ ދެއްވާފަ ގެޔަށް ވަޑައިގަން ނަވާ
ގިޔާސް
09 October 2019
ކުރިންވެސް އޮތްގޮތަށް އެމީހަކު ބޭނުން އެޑްރެހެއް ފޯމުގަޖަހާ އޮޅުވާލައިގެން، ބޭނުންވާ ވަކި ސްކޫލަކަށް ދަރިފުޅު ވެއްދޭގޮތަށް ފުރުސަތު އޮތިއްޔާ ރަނގަޅީދެއްތޮ.
ޟިން
09 October 2019
ބަލަ ކުއްޔަށް މާލޭގައި އުޅޭ މީހުން ތިބޭނީ އަބަދުވެސް އެއްގެއިން އަނެއްގެއިން ، އެއްއަވަށުން އަނެއް އަވަށުން ދަރިން ގޮވައިގެން ބަދަލިވޭވެ. އެއީ ފިލާވަޅު ނަގައިދޭ މީހާގެ ހަމަޖައްސާ ދޭ ތަންތަނެއްނޫން
ހަސަދު
09 October 2019
އެންމެން މާލެ އަށް ޖަމާ ނުވެ ވާނެ ގޮތަކަށް ވިސްނަން ވެއްޖެ. މާލޭ މީހަކަށް ދަރި ސްކޫލަށް ވެސް ލެވޭކަށް ނެތް. މާލޭ މީހަކަށް ބިން ކޮޅެއް ފުލެޓެއް ވެސް ލިބޭކަށް ނެތް، ސިޔާސީ ނުފޫޒެއް ނެތި. ނާސިރަން ފަހު ބޮޑަކަށް ނޫނީ މާލޭ ބިންކޮޅެއް ވެސް ދެވިފައެއް ނެތް. މާލޭ ހިއްކީ މާލޭ މީހުންގެ ކާބަފައިން ލައްވާ، ކަލޭމެންގެ ދަރިންނަށް ބިންދޭން ވެގެންނޭ ކިޔާފާ. ލިބުނު އެއްޗެް ނެތް. ހުޅުމާލެ ހިއްކީ ވެސް ހަމަ އެހެން ކިޔާފާ. ލިބުނު އެއްޗެއް ލުބުނީ ބޮޑުންނަށް.
އިބްރާ
09 October 2019
ބެލެނިވެރިން ރަތަށް އަރާނެ ކަމެއްނެތް. ރަށްފުށުގެ ސްކޫލްތައް އިނދަ ޖައްސާލާފައި މާލޭ ސްކޫލްތަކަށް ދަރިން ވެއްދުމުގެ ބޭނުމެއް ނެތް. ރަށްފުށުގެ ސްކޫލްތަކުގައި ވެސް ރަނގަޅަށް މޮޅަށް ކިޔެވޭނެކަން އޯލެވެލް އަދި އޭލެވެލް ޓޮޕް ޓެން އިން އެބަފެނޭ. ރަށްފުށުގެ ސްކޫލްތަކުގައި ތިބޭ މޮޅެތި ދަރިވަރުން މާލޭގެ ސްކޫލްތަކަށް ވައްދައިގެން ރަނގަޅު ނަތީޖާއެއް ހޯދީމާ މިނަންވަނީ މާލޭ ސްކޫލް. ޙަޤީޤަތަކީ އެބުނާ މޮޅެތި ކުދިންނަށް ހަދާފަ މިތިބެނީ ރަށްފުށުގެ ސްކޫލްތަކުން.
ބީރާ
09 October 2019
ބަލަ އިބްރާ! ރަށަކުން ނެތޭ ވަޒީފާ ލިބޭކަށް ވަޒީފާޔަށްދާން އަންނަން މިޖެހެނީ މާލެއަށް އެހެންވެ މިޖެހެނީ ވަޒީފާގައި އުޅޭ ތަނެއްގައި ދަރިންވެސް ގެންގުޅެން. މީ ބޯހިމަނާއިގެން، ދައުރުވާ ފައިސާވެސް، އާމްދަނީވެސް، ބަލައިގެން ވަރަށްރަނގަޅަށް ދިރާސާކޮށް ރާވާ ހަމަޖައްސަމުން އަންނަކަމެއް. ރާއްޖޭގެ ކޮންމެ ސަރަހަދަކުންވެސް 5ޕަސެންޓާއި 10ޕަސެންޓް އަބަދުވެސް މާލެއަށް ހިޖުރަ ކުރަންޖެހޭގޮތަށް. އެއީ ވިހާނިސްބަތަށްވެސް ބަލައިގެން. އައުމަށްފަހު ނޯންނާނެ ދެވޭކަށް