މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ރޭ މީހަކު ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާއިން ބެލިއިރު އޭނާ މަރުވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ 28 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ބަލަންޖެހޭ ބެލުންތައް ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.