ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މަރުވެފައި އޮއްވާ ފެނުނު މީހާއަށް އަނިޔާ ކޮށްފައި ހުރިކަމުގެ ނިޝާނެއް ނުފެންނަ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/މިހާރު
11 އޮކްޓޯބަރ 2019 - 19:27
މާލޭގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން ފެނުނު ޒަހަމްތަކަކީ އެހެން މީހަކު ދީފައި ހުރި އަނިިޔާއެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހެންވޭރު ގެއެއްގައި މިއަދު މަރުވެފައި އޮއްވާ ހެނދުނު ފެނުނީ 28 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވި ކަން އެނގުނީ ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާ އިން ގޮސް ބެލުމުންނެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނު އިރު އެ މީހާގެ އަނގައިން ފޮނުތަކެއް ނިކުމެފައި ހުއްޓެވެ. އަދި ނިތްކުރީގައި ތިލަކޮށް ޒަހަމެއް ފެންނަ ހުރި ކަމަށެވެ. އެކަމަކު އެ ޒަޚަމަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ ޒަހަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއީ އެހެން މީހަކު ދިން އަނިޔާއެއް ކަމަށް ވެސް މިހާތަނަށް ބެލިބެލުމުން ފާހަގަވެފައި ނުވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކަައީލް
16 November 2019
ގޮތްނޭގޭ މަރު ހާދަ ގިނަވެއްޖޭ
ރަނު
12 October 2019
ބަލަ އޯޓޮޕްސީ ނަހަދާ ކިހިނެއް އިގެނީ. ޓޮކްސޮލޮޖީ ނަހަދާ ކިހިނެއް ވިހަ ޒަހަރަކުން ނޫން ކަން އިގެނީ. ތިތާތިބި ރާއްޖޭގެ އެތެރޭ ޑޮކްޓަރުން އެބަޖެހޭ މި ޓެސްޓުތައް ހަދާފަ މަރު ސާބިތު ކުރަން.
ރާއްޖެ މަންޖެ
12 October 2019
އެހެން ކަންކަން ތަހުގީގު ކޮއްފައި ނޫނި ފުލުހުންނަށް އެކައްޗެއްވެސް ނުބުނެވެ. މުޅިންވެސް ތަހުގީގު ކުރަމުންދާތި އެއްޗެކޭނު ބުނެވިފަ އޮންނަނީ، ކީވެބާ ތަހުގީގު ނުކޮއް އެގޮތަށް ނިންމީ. ތިމައްސަލައިގައި ފުލުހުންނާމެދު ސައްކުކުރެވެ....
އިންސާފް
12 October 2019
ރާއްޖެއިން ބޭރު ރަށެށް ރާއްޖޭގަ ހުރޭބާ . އަހުރެމެން ނަކީ ހުސް ރާއްޖެ ތެރޭމީހުން . ތަފާތު ކުރަންނޫޅެމާ .
ހުސެން
11 October 2019
އަނގައިން ފޮނުތަކެއްނިކުމެފައިހުރި، ނިއްކުރީގައި ތިލަކޮށް ޒަހަމެއްހުރި، އެކަމަކު އެޒަހަމަކީ ފުރާނައަށް ނުރައްކާ ވާ ފަދަ ޒަހަމެއްނޫން ކަމަށްވެސް ފުލުހުން ނިންމައިފި، ކޮންކަމެއްގެ މައްޗައްބޭސްކޮށްފަތޯ އެގޮތަށް ނިންމީ؟ ޕޯސްޓުމޯޓަމް ހެދީތޯ؟ އަޖައިބެއްވަރުގެ ބައެއް މިފުލުހުންނަކީ، ތިޔަތަނަށް ތަޢުލީމީ މީހުން ނުވައްދައެއް އެއްވެސް ކަމެއްނުވާނެ، ޑޮކުޓަރުންނާ ހަވާލާދީ ހާމަކުރަންޖެހޭ މަޢުލޫމާތުތައްވެސް އަމިއްލައަށް ނިންމާލަނީ!
ނިންނޮން
11 October 2019
ބަލަ ފުލުހުންގެ ތެރޭގަވެސް މޭޑިކަލް ޑޮކްޓަރުން އެބަތިެްބޭ! ކަލޭމެން ރާއްޖެތެރޭ މީހުންނަށް ހީވަނީ އިންޓަނެޓު ލިބުނީމާ ހުރިހާ އެއްޗެއް އިނގުނިއްޔޭ!
ޜަައަސފި
12 October 2019
އެތާ ތިބި މެޑިކަލް ޑޮކްޓަރުންނަކީ ރާއްޖެ ތެރޭގެ މީހުނޭ
ރައި
12 October 2019
ބަލަ ..ނިންނޮންް ރާއްޖެތެރެއޭ ބުނާއިރު ހީވަނީ މިއީ ރާއްޖޭން ބޭރުން އައިސް ހުރި މީހެއްހެން .. މާލެއަކީވެސް ރާއްޖޭގެ ރަށެއް ?
ހުސެން
12 October 2019
@ނިންނޮން، މިތަނުގައި މިދައްކަނީ އިންޓަރނެޓުގެ ވާހަކައެއްނޫން، ފުލުހުންގެ ތެރޭގައި މެޑިކަލްޑޮކުޓަރުން ތިއްބަސް މަޢުލޫމާތު ހާމަކޮށްފައިވަނީ މެޑިކަލް ޑޮކްޓަރަކާ ހަވާލާނުދީކަމަށް ކޮމެންޓުކޮށްފައިވަނީ! ޑެތުކޭސްއެއްގަ، ފުލުހުންނަށް އަމިއްލައަމިއްލައަށް ގޮތެއް ނުނިންމޭނެ، މިފަދަކޭސްތަކުގައި ފޮލޯކުރަންޖެހޭ އުސޫލުތަކެއް ހުރޭ! ރާއްޖެތެރެއޭ މާލެއޭ މިހާރު ތަންދޮރުދަންނަ މީހަކު ނުވެސް ކިޔާނެ، މިހެން ކިޔާއުޅެނީ ތަނެއްދޮރެއްނުފިލާ ޖާހިލުން ރޯނުއެދުރުން
މާލޭގެ
12 October 2019
ނިންނޮން ތަންދޮރު ނޭގި ކޮމެންޓު ނުކުރިއްޔާ ރަގަޅު.