24 އޮކްޓޯބަރ 2019 - 12:14
ހުޅުމާލޭ ގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކޮށްފި އެވެ.
އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ، 10 ކްލާސްރޫމްގެ ޕްރީ ސްކޫލާ ގުޅޭ އިއުލާން ބާތިލްކުރީ މިދިޔަ ހޯމަ ދުވަހެވެ. އިއުލާން ބާތިލްކުރީ ބީލަމާ ގުޅޭ ކަންކަމުގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ޕްރީ ސްކޫލާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ ލިޔެކިޔުންތައް ބެލިއިރު، އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ، އެ ކަންތައްތައް އިސްލާހު ކުރުމަށް ފަހު، އަލުން އިއުލާން ކުރަން އެންގީ ކަމަށް ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ، މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން ދެ ފަހަރެއްގެ މަތިިން އިއުލާން ކޮށްގެން ވެސް ތަރުހީބެއް ނުލިބުނެވެ. އެކަމަށް ތިން ފަރާތަކުުން ކުރިމަތިލީ ތިން ވަނަ ފަހަރަށް އިއުލާން ކުރުމުންނެވެ.
އެއީ ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަނާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެކެވެ. ނަމަވެސް ލިޔެކިޔުންތައް ފުރިހަމަ ނުވެގެން މެރިޓައިމް އެކަޑަމީގެ ބިޑް ބާތިލްވީ އެވެ.
ކޮމްޕިއުޓާ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ ޓޮލެރެންސް
24 October 2019
ސަރުކާރަށް ފައްފަށުން ތަހުނިޔާ ދަންނަވަން. 10 މަސް ފުރމުގެ މުނާސަބާ ފާހަގަ ކުރާއިރު، މިއީ ތޯ ސަރުކާރުގެ ޤާބިލް ކަމުގެ ފެންވަރަކީ؟ 3 ފަހަރު އިއުލާންކޮށް، އިވެލުއޭޓްކޮށް، މާކްސް ދީ ނިމުނީމަ އަނެއްކާ ކެންސަލް. 3 ފަހރު އިއުލާން ކުރި އިރުވެސް މައްސަލަ ހައްލެއް ނުވި އުތަ؟ މިޔަށް ރައްޔިތުން ކިޔަންވީ 100 ޕަސެންޓް ކޮރަޕްޝަނޭ ނޫންތޯ އިންސްޓެޑް ޔޫ ޗޭންޖް ދަ ވޯޑް 0 ޓޮލަރެންސް އެެންޑް ކްލީން ދަ ނާގާބިލް ޕީޕަލް އެޕޮއިންޑެޓް ޕުލީސް
ހެޔޮ ސަރުކާރު
24 October 2019
10 މަސްވީއިރު ތަނެއް ހަވާލުކޮށްނުލެވުނު؟