ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
29 އޮކްޓޯބަރ 2019 - 13:34
އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓުގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގަތުމުން، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން، އެ ތުހުމަތުތައް ސާފުކޮށްދެއްވައިފި އެވެ.
ކަމާބެހޭ އިދާރާތަކުން އާއްމު ކޮށްފައިވާ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ އަދަދު 267 އަށް އަރަ އެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އެންމެންނަކީ ކުށްވެރިން ނޫން ކަމަށް ބުނެ ދިފާއުވުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކުން އޮތީ ދީފަ އެވެ.
ގާނޫނީ އިމުގައި ހުންނަވައި ހައްގަށް އަބަދުވެސް ބަސްވިދާޅާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަލީ ހުސައިން "މިހާރު" އަށް މިއަދު ވިދާޅުވީ ލިސްޓުގައި އޭނާގެ ނަން އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު، އެފަދަ އަޑުތަކެއް އިވިވަޑައިގަތުމުން ފުލުސް އޮފީހަށް ވަޑައިގެން އެއީ ކޮން ކަމަކާ ގުޅިގެން އަދީބު ދެއްވި ފައިސާއެއް ކަން ސާފުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުން ހިމެނޭ ލިސްޓުގައި އޮތް ގޮތުން ނަމަ އަލީ ހުސައިނަށް އަދީބު ވަނީ 500،000ރ. ދެއްވައިފަ އެވެ. އެއީ، 2014 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިންނެވެ. އެ އިންތިޚާބުގައި އަލީ ހުސައިން ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ.
ދެ ފަހަރެއްގެ މަތިން މި ފައިސާ ލިބުނު ކަން އަލީ ހުސައިން ދޮގެއް ނުކުރައްވަ އެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި، އެއީ އޭނާގެ ލޯފާމުން ކޮށްފައިވާ ސައްހަ މަސައްކަތްތަކުގެ އަގުގެ ގޮތުގައި އަދީބު ދެއްވަން ޖެހިވަޑައިގަންނަވާ ފައިސާގެ ތެރެއިން ބައެކެވެ. އޭނާ ކުރެއްވި މަސައްކަތުގެ އަގު އަދިވެސް ހަމަނުވާ އިރު، އަދީބުގެ ވަކީލަކަށް އުޅުނު ކޮންމެ މީހަކަށް ނުވަތަ ޚިދުމަތެއް ހޯދި ކޮންމެ މީހަކަށް ލިބުނު ފައިސާ އަކީ ޚިޔާނާތުގެ ފައިސާގެ ގޮތުގައި ބަލައި ލިސްޓުގައި ހިމެނިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އެ ފައިސާ އަކީ އަދީބަށް އަޅުގަނޑު ކޮށްދީފައިވާ ގާނޫނީ މަސައްކަތުގެ މުގާބިލުގައި އޭނަ ދޭން ޖެހޭ ފައިސާ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންތިޚާބުވީ ފަހުން އެއްވެސް ފައިސާއެއްގެ މުއާމަލާތެއް ހިންގާފައެއް ނޯންނާނެ.
"އެއީ، އަޅުގަނޑުގެ ލޯފާމުން ކުރި މަސައްކަތުގެ މުގާބިލްގައި ދޭން ޖެހުނު ފައިސާ. އެކަމަށް އަދީބު ވެސް ހެކިވާނެ، އެ މަސައްކަތް ކުރި ކަމުގެ ލިއުންތައް ވެސް ވާނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި،" އަލީ ހުސައިން ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން: ރަނިން މޭޓަކު ހޮވަން ޖޭޕީން ބޭއްވި އިންތިޚާބު ނާކާމިޔާބު ވިއަސް ހިތްވަރަކަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަލީ ހުސއިން ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން އަދީބުގެ އެދިވަޑައިގަތުމަކަށް އޭނާއާ ގުޅުން ހުރި ބައެއް ކޭސްތަކުގައި މަސައްކަތް ކުރެއްވި ކަމަށެވެ. ފުރަތަމަ ކޭސް އަކީ އަދީބުގެ ބައްޕަ ފުލުސް އޮފީހަށް ހާޒިރުކުރި އިރު އެކަމުގައި ގާނޫނީ އެހީތެރިކަން ދެއްވުމެވެ. އޭގެ ފަހުން އަދީބާ ގުޅުން ހުރި ތިން ކުންފުންޏެއްގެ ގާނޫނީ މަސައްކަތް ކުރެއްވި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"މި މަސައްކަތްތައް ހަވާލުކުރި ކަން އެނގޭނެ ލިޔެކިޔުންތައް ވެސް ޕޮލިހަށް ހުންނާނެ ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
ޓެކްސް ނެގުމާ ގުޅޭ ގާނޫނުތަކުގައި ހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ހައި ކޯޓުގައި ވެސް ވަކީލެއްގެ ގޮތުގައި އަލީ ހުސައިން މަސައްކަތް ކުރައްވާފައިވެ އެވެ.
"މި ކޭސްތަކުގައި އަޅުގަނޑަށް ޕޭމަންޓެއް ނުލިބޭ. އަބަދުވެސް ވިދާޅުވަނީ ތިމަންނަ އަށް ކޮމިޓްމަންޓް ލިބިފައި އެބަހުއްޓޭ ފައިސާ ލިބުނީމާ އަނބުރާ ދޭނަމޭ. އަޅުގަނޑުގެ ލޯފާމުގެ ވަކީލަކު ފޮނުވައިގެން 2012 ގައި ވެސް ހުންނާނެ އަދީބު އެދިވަޑައިގަތް ކޭސްއެއްގައި މަސައްކަތް ކޮށްދީފައި،" އަލީ ހުސައިން ވިދާޅުވި އެވެ.
އެއީ، އަދީބުގެ ރައްޓެއްސަކު ހައްޔަރުކޮށްގެން ހުށަހެޅި މައްސަލައެއްގަ އެވެ. އެ މަސައްކަތް އޭނާގެ ލޯފާމާ ހަވާލުކުރީ އެހެން ލޯފާމްތަކުން 800،000ރ. ހުށަހެޅުމުން، އެ އަގު ބޮޑުވެގެން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ. އޭގެ ފަހުން 2013 ގައި ވެސް އޭނާގެ ލޯފާމުން ރސާޗްގެ ބޮޑު މަސައްކަތްތަކެއް ވެސް އަދީބުގެ ކުންފުންޏަކަށް ކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި އެ މަސައްކަތްތަކުގެ އަގު ނުލިބިގެން އެކި ފަހަރު އަދީބާ އެކަން ހިއްސާ ކުރެއްވި އެވެ.
"މިގޮތަށް ދިގުލައިގެން ގޮސް 2014ގެ އިންތިޚާބަށް އުޅުނު އިރު އަޅުގަނޑު ދެންނެވިން އެބަޖެހެއޭ ކޭސްތަކުގެ ޕޭމަންޓް ހަމައްޖައްސައިދޭން، އަދީބު އެ ފައިސާ ހަމަޖައްސައި ދެއްވި، އެއީ އަޅުގަނޑަށް ލިބެން ޖެހޭ ފައިސާއެއް." އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރަކަށް އިންތިހާބު ވެ ވަޑައިގަތުމުގެ ކުރިން، ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލަކަށް ވަޑައިގަތުމަށް އަދީބު ހުށަހެޅުއްވި ކަމަށެވެ. އެކަމަކު އެކަން ގަބޫލު ނުކުރެއްވީ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ޚިޔާނާތުގެ މަންފާގައި އޭނާ ޖެހިވަޑައިނުގަންނަވާ ހެއްކެއްގެ ގޮތުގައި، އަލީ ހުސައިން ދެއްކެވީ މަޖިލީހުގައި އޭނާ ވޯޓު ދެއްވާފައިވާ ގޮތެވެ. އޭރު ވެރިކަމުގައި އޮތް ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ފައިސާގެ ނުފޫޒު މެމްބަރުންނަށް ފޯރުވި އެވެ. އެވަރު ނުވެގެން ގާނޫނުއަސާސީ އާއި އެހެން ގާނޫނުތަކަށް ގެނައި އިސްލާހްތައް ފާސްކުރަން ވެސް މަޖިލީހުގެ މެމްބަރުންނަށް ފައިސާގެ ނުފޫޒު ފޯރުވި ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
އެއް އިސްލާހަކީ 35 އަހަރުން ދަށުގެ މީހުންނަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހެވެ. މި އިސްލާހަށް، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވޯޓު ދެއްވި އެވެ. މިއީ ސީދާ އަދީބަށް އަމާޒުކޮށްގެން ގެނައި އިސްލާހެކެވެ.
އަލީ ހުސައިން ވިދާޅުވީ އެ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އޭނާ މަޖިލީހުގައި ވޯޓު ދެއްވާފައި ނުވާނެ ކަމަށެވެ. އެ ހިސާބުން، އޭނާގެ ލޯފާމާ އެކު ވެފައިވާ އެއްބަސްވުންތައް ވެސް އަދީބު އުވާލެއްވި ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ފަހުން އަދީބު ހައްޔަރުކޮށްގެން ވެސް އޭނާ އެދިވަޑައިގެން ގޮސް ބައްދަލު ވެސް ކުރިން. ގާނޫނީ މަސައްކަތް ކޮށްދިނީމޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަޅުގަނޑުގެ ނަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެ މަސައްކަތް އަޅުގަނޑުގެ ލޯފާމުން ކުރިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތެއް ނޭނގެ.
އަލީ ހުސެއިން ވިދާޅުވީ އަދީބުގެ ގާތުން އަހައި އޮޅުންފިލުވައި ލިސްޓު އެކުލަވާލާފައި އޮތް ނަމަ، އާނާ އަށް ލިބިވަޑައިގަތް ފައިސާގެ ތަފްސީލުތައް އަދީބު ދެއްވާފައި އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. އަދީބު އެދިވަޑައިގަތް ކޭސްތަކުގައި އޭނާގެ އިތުރުން މަސައްކަތް ކޮށްދެއްވި އެހެން ލޯޔަރުން މިހާރު ވެސް އެބަތިއްބެވި ކަމަށާއި ފުލުހުންނަށް އެ ކަންކަން އިތުރަށް ސާފު ކުރެއްވޭނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީކޮ
30 October 2019
މިހެންވެތާ ގާސިމް މީނަޔަށް އިތުބާރު ނުކުރީ ނައިބު ރައީސް ކަން ދޭން. މީނަ ބަހައްޓާފަ މީހުން ނުވެސް ދައްނަ މީހަކު ނައިނު ރައިސް ކަމަށް ޖޭޕީ އިން ހަމަ ޖެއްސީމަ އޭރުވެސް ހިތައް އެރިއޭ ނުބައެއް އެބަ އުޅެއޭ.
މިގޭ
30 October 2019
ނެނގޭނެ އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގޭނެ. ކޮބާ ތެޅިއަނގަ. ބަލަ އަދީބު ބެހީ އެފައިސާކަންނޭނގޭކުޑަކުއްޖަކުވެސް ނުހުންނާނެ. ތިޔައީ އެންފޮނައެރުވި އެކަކު. ރެކެން މަސައްކަތްކުރާނެކަމެއްނެތް.
55555
30 October 2019
ރޫހާނީ ލީޑަރު ދީފައި އޮތް ކޮޕީޕޭސްޓް ކޮމެންޓާ ޓްވީޓް ކުރިއަސް 17 އެމްޕީން ހާމަ ނުކޮށް ފަރަކު ނުޖެހޭނެ. އެ ހާމަ ނުކޮށް އެނބުރުނަސް ދެން ނިމިއްޖެ. ދުނިޔެ ގިޔާމަތް ވާއިރުވެސް ނުވާނެ. 126. ހަމަ ކުރިއަށް. ދިވެހިންނަށް ހޭލެވިއްޖެ.
އަދާލަތު
30 October 2019
ޢަލީ ޙުސެއިންލައްވާ ކުރުވި މަސައްކަތަކަށް ކަނޑައެޅި އުޖޫރަޔަށް ދީފައިވަނީ، އެމްއެމްޕީއާރސީގެ ފައިސާކަން ނޭނގޭކަމަށްވާނަމަ، އެ ޚިޔާނާތުގެ ފައިސާ ޢަލީ ޙުސެއިން ހިފިކަމަށް ދެކެވޭ ވާހަކަޔަކީ، އެއްވެސް ބުރަދަނެއްނެތް ވާހަކައެއް.
މީކޮ
30 October 2019
ކޯޓައްދާ ކޮއްމެ ފަހަރަކު 5 ލައްކަ ރުފިޔާ ލޯޔަރަށް ދޭންޖެހޭތަ. އަދި މީގެއިން އެއްވެސް ކޭސްއެއް ވިން ވީކީއެއްވެސް ނޫން. ދެން ލޯޔަރު ފީ ކަނޑައަޅާފަ ހަދާފަ އޮތް އެގްރީމެންޓް ދައްކަބަލަ އޭގެ ހުރީ ތި އަަދަދުތޯ ބަލަން. އޭރުން ދޯ ގޮތެއް ނިންމަން އިނގޭނީ
1234
30 October 2019
ގޯހެއްނޫން އަދީބު ތިފައިސާ ބެހީ ރައްޔިތުންނަށް ތިއީ ރައްޔިތުންގެ ފައިސާ ؟ ހުރިހާ ރައްޔިތުންނަށް ހަމަ ހަމައަށް ބެހިނަމަ ވަރަށް ރަގަޅުވީސް ؟ ދެންއެފަދަކަންތަށްކުރާމީހުން އެކަމަށްވީސްނާނެ.
ޔާމިން
30 October 2019
ތީވައްތަރީބައިވެރިވިކަމައް ހައްގުއަދަބުދޭންޖެހޭނެ
މޫސާމަނިކް
30 October 2019
ވަގަކައް1000ވެރިއަކައްއެއްދުވަސް ދޫނުކުރާތި
މާރިޔާ
30 October 2019
ތީހަމައޭގެމީހެއް ދޫނުކުރާތި
މުޅިންރަނގަޅެއްނޫން
30 October 2019
އަލީގެ ވާހަކަ މުޅިން ރަނގަޅެއް ނޫން. މިހެން މި ބުނީ އެންމެ ބޮޑަށް ހޫނުވެގެންދިއަ އެއް ވޯޓަކީ ޕްރޮސެކިއުޓާ އައްޔަން ކުރި ވޯޓް. އެ ވޯޓްގަ އަލީވަނީ އަދީބުފަޅިއަށް ވޯޓް ދީފަ.
ކިނބޫ
30 October 2019
ފިހާރައެއްގެ ކައުންޓަރުމަތީ އޮތް ވޮލެޓަކުން ވަގަށް ފައިސާ ނެގި މީހާވެސް، ވެމްކޯ މުވައްޒަފެއް ގައިގަ އެސްލޮން ހޮޅިއަކުން ތަޅާ ހުތުރު އެއްޗިހި ގޮވާހެދި މީހާވެސް އަމިއްލައަށް ފުލުހަށް ހާޒިރުވީ ތުހުމަތު ސާފުކޮށްދޭންތަ؟ އަދިވެސް ލަދެއް ގަންނާކަށް ނޭނގުނެއްނު. ދުނިޔެމަތީގަވެސް ބޭޒާރު ކުރައްވާނެ ތިހެން ތިބޭ ނުބައިނުލަފާ މީހުން.
އަޙުމަދު.
29 October 2019
އަލީހުސައިނު ކޮންމެ އެއްޗެކޭ ވިދާޅުވިއަސް ދެތިން ހަތަރު މައްސަލައެއްގަ ޤާނޫނީލަފާދީ އަދި ކޯޓުގަ ވަކާލަާތު ކޮށްދިނަސް ތިވަރަކަށް ފައިސާއެއް ނުދެވޭނެ. ތިފައިސާއަކީ ކޮންގޮތަކަށް އަދީބު ހޯދައިގެން އުޅޭފައިސާއެއް ކަން އެގޭނެ.ތިމަސައްކަތް ތި އަގަށް ކޮށްދިނުމަށް ހަދާފަހުރި އެއްބަސްވުންތަށްވެސް މީޑިޔާގަ ހިއްސާ ކޮށްލާދިބަލަ. 2 ވަނަ ކަމަކީ ފައިސާޖަމާވީ ލޯފާމުގެ އެކައުންޓަށްތޯ ނުވަތަ އަލީހުސައިންގެ އެކައުންޓަށްތޯވެސް ބުނެލަދީބަލަ.