05 މާޗް

March 05, 2020 11
ކޮރަޕްޝަން ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރައީސަށް

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި އެ ކޮމިޝަނުން އެ މަނިކުފާނަށް ފޮނުވާފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2020 22
ކޮރަޕްޝަން ބަލާ ކޮމިޝަނުން މެމްބަރަކު އިސްތިއުފާދީފި

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރު، އާސް އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2019 63
ތުހުމަތު ސާފުކޮށްދޭން އަލީ ހުސައިން ހާޒިރުވެއްޖެ

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓުގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގަތުމުން، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން، އެ ތުހުމަތުތައް ސާފުކޮށްދެއްވައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019 52
މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކަށް ހިޔާނާތުގެ ފައިސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 23
ޚިޔާނާތް 3 ބިލިއަންގައި، ރަށްތަކުން ހަމަ އަގު ހޯދަނީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖޫން

June 26, 2019 27
"ކޮރަޕްޝަން ބަލާ ކޮމިޝަނަށް ވީ އެއްވެސް ކަމެއް ނެތް"

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދެވި ރިޔާސީ ކޮމިޝަނަށްވި އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފާރިވެރިޔާ އަބްދުﷲ ޖާބިރު އެ ކޮމިޝަނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2019 7
ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ހިންގި 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ހުރިހާ މައުލޫމާތެއް ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2019 74
އެތައް މިލިއަނެއްގެ ކޮރަޕްޝަން ތުހުމަތުތަކުގައި މުބީން!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީންގެ ހިއްސާ އޮތް ކުންފުންޏަކަށް 59 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް އެއްވެސް މަޝްރޫއެއް ނުނިންމުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސްކޮށް...

10 ޖެނުއަރީ

January 10, 2019 18
ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ފަށައިފި އެވެ.

08 ޖެނުއަރީ

January 08, 2019 8
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.

02 ޖެނުއަރީ

January 02, 2019 57
ކޮރަޕްޝަން ބަލާ ކޮމިޝަންގެ މަސައްކަތް ލަސް ދުވެލީގައި!

ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން ސަރުކާރުގެ ފުރަތަމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރަމުން އަންނަ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2018 2
ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ކޮމިޓީއަށް

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ތައްޔާރުކުރި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 50
ކޮރަޕްޝަން ބަލާ ކޮމިޝަންގެ އަސްއަދުގެ ދައުވާ ނަގައިފި

ދައުލަތުގެ އެކި މަގާމްތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފައިނޭންސް ކޮންޓްރޯލަރު އަހްމަދު އަސްއަދުގެ މައްޗަށް އުފުލި...