ފުުވައްމުލަކު އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ އަދިވެސް ހެއެއްނާރާ

ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.


ސްޓޭޑިއަމް ކައިރިން ބާރަށް ދުއްވާފައި ދަނިކޮށް ސްޕީޑް ބަމްޕަރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒަހަމްވީ އެ ރަށު ސަނީސައިޑް، ހަސަން ޒާހިރު، 26، އެވެ.

އޭނާގެ ޅިޔަނު މުހައްމަދު އިހްސާން "މިހާރު" އަށް ބުނީ އިތުރު ފަރުވާ އަށް މިިދިޔަ އަންގާރަ ދުވަހު ޒާހިރު އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަކަމަށެވެ.

"އޭނާ [ޒާހިރު] އަދިވެސް ހެއެއް ނާރާ. ޑޮކްޓަރުން ވިދާޅުވަނީ އޭނާގެ ހާލަތާ ގުޅޭގޮތުން އިތުރު އެއްޗެއް ދަންނަވަން އިނގޭނީ ހޭ އެރީމާ ކަމަށް،" އިހްސާން ބުންޏެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.