ބިޝާމް މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި.-- މިހާރު ފޮޓޯ/ހުސައިން ވަހީދު
28 ނޮވެމްބަރ 2019 - 11:19
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަންގަވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވި ކަން އިއުލާންކުރެއްވީ ރައީސް ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
This morning, I have received the resignation of Prosecutor General Aishath Bisham. I thank Bisham for her services during her tenure as Prosecutor General and wish her every success in the future.
— Ibrahim Mohamed Solih (@ibusolih) November 28, 2019
ބިޝާމް މަގާމުން އިސްތިއުފާ މިދެއްވީ، އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީން ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން މިއަދު ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުވާން ވެސް އެންގި އެވެ.
އެކަމަކު، ބިޝާމް ވަނީ ކޮމިޓީ އަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފަ އެވެ. އެއީ ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ކަންކަން ސާފުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ބިޝާމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން އޭނާ ކުރިން ވެސް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލު ކޮށްފައިވެ އެެވެ. އެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވި އެވެ.
ޒިންމާ އަދާނުކުރެއްވި ބައެއް ކަންކަމުން މިސާލު ނެންގެވި އެވެ. ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް އެހީތެރިވެ ވަޑައިގަތް ކަމުގެ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.
އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ. އެކަމަކު އެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންގޮސް ދިގުދަންމާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާބެ
29 November 2019
ކޮބާ މިއީ ހާދަ ފްރީ މީހެކޭދޯ
ޙައްޖަތު
28 November 2019
އަލްހަމްދުﷲ. މިއަދަކީ އުފާވެރި ދުވަހެއް.
ޙުސަންބޭ
28 November 2019
ޕީޖީ ބިޝާމް ވެސް މިއޮތީ ހިބަރު ވަދުގަ ޖެހިފައެވެ.
ރަންދެލި
28 November 2019
ނޮވެމްބަރު މަހުގެ މުސާރަ ޖަމާ ވީމަ ތިޔަ އިސްތިއުފާ ދިނީ. އަދި ތަންކޮޅެއް އަވަހެއްނު؟؟؟
އޮނަރަބްލް އަފީފު ދީދީ
28 November 2019
ނުބައިވަގުތެއްގައި ބިޝާމް މިނިންމެވިނިންމުމަކީ ހިގަމުންދާ ޝަރީއަތަކަށް ނުފޫޒު ފޯރުވަން ނުވަތަ އެފަދަ ޝަރީއަތެއްގެ ޤާނޫނީ ޝަރުޢީ ސައްޙަކަމާއި މެދުގައި ސުވާލު އުފައްދާ ރައްޔިތުންގެ ތެރެއަށް "ނުބައި އަޑުތަކެއް ފަތުރާލަން ކުރެއްވެވިކަމެއް" ތޯ ބަލާ ފިޔަވަޅު އަޅާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
28 November 2019
ހަމައެކަނި 3 ނޮވެމްބަރގެބާޢީންނަށް "ބާޢީކަމުގެ ލަޤަބުދީފައި" ދައުލަތުގެޙަޒާނާއިންވައްކަންކޮށް "ތިޖޫރިކަޅާކޮށްލާ މީހުނާއި" ދައުލަތުގެމަޤާމްތަކުގައިތިބެ ޤާނޫނުއަސާސީއަށާއި ޤާނޫނަށްބެލުމެއްނެތި "ހިތުހުރިގޮތަކަށް ކަންކުރިމީހުނަށް" މިދެންނެވިފަދަ ލަޤަބުނުދީ "އިއްޒަތްތެރިންގެ ގޮތުގައި" ބޭތިއްބުމަކީވެސްއިންސާފާއިދެކޮޅު އަދި މިފަދަގޯސްތައްހެދުމަށްހިތްވަރުލިބޭނެ ކަމެއް. # ތަފާތު ކުރުމެއްނެތި ކޮންމެމީހަކަށްވެސް އޭނާކުރި ކުށަށް ޤާނޫނީ އަދަބު ދޭންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
28 November 2019
މަޤާމުން އިސްތިއުފާދެއްވުމުން ކަމަނާއަށް ދައުލަތުންދެމުންއައި މުސާރައާއިއިނާޔަތް ނުލިބިދާނެ. # އެހެނަސް މަޤާމްގައިހުންނަވައިގެން ދައުލަތުގެޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށްބެލުމެއްނެތި "އެހެންފަރާތަކުން އަންނައޯޑަރަށް" ކުރެއްވެވިކަންތައްތަކާއި އަދި އަމިއްލަފުޅުގޮތުން ޤާނޫނާއިހިލާފަށްކުރިކަންކަމާއި ޤާނޫނާއިއެއްގޮތަށްކުރާންޖެހޭ ދައުވާނުކޮށްދޫކޮށްލިމައްސަލަފަދަ އެތައްކަމަކާއި ކުރިމަތިލައްވާ ޖަވާބުދާރީ ވާންޖެހޭނެ. ތިގޮތަށް "ޓާޓާ ކިޔާފައި" ނުހުރެވޭނެ.
ފައިދިގުބޯވަ
28 November 2019
ކަނބުޅޯ! ޖޭޕީ އޭ ކިޔާ ޕާރޓީ އެއް އޮތީ ތިކަހަލަ ކަނބުލޮން ނަށް މަރުޙަބާ ކިޔަން ތައްޔާރަށް. ތިކަހަލަ އެންމެން އަރުވާ ޖަހާ އަންބާ ކިޔާފައި ރާގޮނޑި އައިނެއްހެން ގޮސް އެ ޕާރޓީ އަށް ސޮއި ކުރުމަށްފަހު އެ ޕާރޓީ ގެ ހަރަކާތް ތައް ބާރަށް ކުރިއަށް ގެންދިއުމަކީ ސޭޓު ޖީގެ ވަރަށް ބޮޑު އުއްމީދީ ހުފަނެއް. ފަހަރެއްގާ އަނެއްކާ ކޯލިޝަން ތެރޭން ތިއަށްވުރެ ރަގަލު މަޤާމެއްވެސް ލިބުން އެކަށީގެންވޭ.
ބަބުރަންޖީ ހާޖީ
28 November 2019
މަންޑޭލާ ނުރުހިއްޖެ މީހަކު ޖެހޭނީ އިސްތިއުފާދޭންށެވެ. އެއީ ރައީސް ސާލިހު ކަމަށްވީނަމަވެސް މެއެވެ.
އަރުވާލި އާދަނުވެ ސިޔާސީ ހާސަރު
28 November 2019
ޠާމީން ހުކުމާއި ޝަރީއަތާ ތިޔަ އިސްތިއުފާ އެއްދުުވަހެއް ޅައްކަ ވާހަކަ؟ ތޯ