ޚަބަރު / ރާއްޖެ-ޔޫއޭއީ

ރައީސް އާއި މަޖިލިހުގެ ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުބާއީ އަށް ކުރައްވާ ދަތުރުފުޅުގައި މަތިންދާބޯޓުގައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރޭ ފުރާވަޑައިގެންފި އެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޔޫއޭއީ އަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅަކީ ޔޫއޭއީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ޔޫއޭއީގެ ވަލީއަހުދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްއާ އެކު ފުރާވަޑައިގަތުމުގެ ކުރިން، މަތިންދާބޯޓުގައި ރައީސްއާ އެކު އިންނެވި ފޮޓޯއަކާ އެކު، ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

President leaves to Abu Dhabi on Official Visit

President leaves to Abu Dhabi on Official Visit

President leaves to Abu Dhabi on Official Visit

ރައީސާއި މަޖިލީހުގެ ރައީސް ޔޫއޭއީ އަށް ފުރާވަޑައިގަތުން: ފޮޓޯ ގެލެރީ: ރައީސް އޮފީސް

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެއާއެކު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.

ޔޫއޭއީ އިން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ވެސް އެހީތެރިވަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގުޅުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ވެސް ވަނީ އެއްބަސްވެފަ އެވެ.

35 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 4%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެގުނުކަތީބު

01 December 2019

އެވަޑައިގެންނެވީ ސައުދީ ވަލީޢަހުދުގެ ފ.އަތޮޅު ޕްރޮޖެކްޓާބެހޭގޮތުން ސުވާލުކުރުމަށް! ގެންގޮސްފަ ފައިވްސްޓާ ހޮޓަލެއްގަ ބަންދުނުކުރިއްޔާ ރަނގަޅު؟؟؟

The name is already taken The name is available. Register?

ޢަބޫދާބީ

01 December 2019

ޢަޅޭ އެފް 1 ރޭސް ބަލައިލަންދޯ.......

The name is already taken The name is available. Register?

ރީތި މޫސަ

01 December 2019

ނަޝީދަކީ ވަރަށްމަކަރުމީހެއް ތިއުޅެނީ ބޮލަށްވަދެގެން ވެރިކަންއަތުލަން ވިސްނާތި މިކަންއެނގޭނެ އެމްޑިޕީގެ މާޒީބަލާލުމުން ލަހިކެއްނޫން އެހެންމީހަކަށް ބާރެއްލިބޭކަށް ކޮންމެސްގޮތަކުން ބޭރުކޮށްލާފަ އެމަޤާމެއް އަތުލާނެ

The name is already taken The name is available. Register?

ރައީސް މައުމޫނު

30 November 2019

ބޮޑުތިލަދުންމަތީ ރައީސް. މާލޭ މަޖިލިސް ރައީސް. އައްޑޫ ޕާޓީ އެމް.ޑީ.ޕީ ދެން ކިހިނެއް އެހެން ބަޔެއް ރާއްޖޭގެ ވެރިކަމަށް އަންނާނީ؟ މިއޮތީ ސިއްކަ ޖަހާ ނިމިފަ!

The name is already taken The name is available. Register?

ގަޅަބެ

30 November 2019

ޔޫ އޭ އީ 400 މ ވުރެ ގިނަ ގެ އިންވެސްޓްމެންޓް ވަނީ ހުއްޓިފައި ، މާފަރު އެއަރ ޕޯޓް ކަންތަކާ ހުޅުމާލެ ފުލެޓް ތައް އަޅަން ނެގި ލަރިވަނީ ކޮންމެވެސް ބަޔަކު ދިރުވައިލައިފި ، އެކަމަަށް ސޮލިއުސަނެއް ހޯދަން ކަންނޭގެ އެ ގެންދިޔައީ

The name is already taken The name is available. Register?

އެންދެރި

30 November 2019

ކޯލިޝަނުން މީހުން ބޭރު ކުރުމުގެ މަޝްވަރާ އެވެ.

The name is already taken The name is available. Register?

ޙާލުގެ ދުލުން

30 November 2019

އުފާވެރި އަމާން ދަތުރަކަށް އެދެން .. ތިއީ މިޤައުމަށް ހެޔޮބަދަލުގެނެސްދެއްވާނެ ދެރައީސުން .. އިންޝާﷲ ކުރިޔަށްއޮތީ މާއުފާފާގަތި ދުވަސްތަކެއް.

The name is already taken The name is available. Register?

ނޫން

30 November 2019

ކާރު ރޭސް ޖެހުމުގެ ރަސްމިއްޔާތަކަށް ދައުވަތު ލިބިގެން މި ދެމީހުން އުފަލުން މިދަނީ. ކުރިއަށް ދިވެހިން.

The name is already taken The name is available. Register?

އަންތަރީސް1

30 November 2019

ދިވެހިންނަށް ހޮސްޕިޓަލް އަޅައިދީ، ބްރިޖްއަޅައިދީ، ރިންގްރޯޑް ހަދައިދީ، ހުޅުމާލެ ހިއްކާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިން މީހާ ޖަލަށް ލާފަ ބަދަލޭ ކިޔާފަ ބައިތުލްމާލު ޕާޓީ ކުދިންނަށް ދީހުސްކޮށްގެން ތިބޭތަން ބަލަން ރައްޔިތުން ނުތިބޭނެ: 1. ނޫމަޑިއަށް 848 މިލިއަން ރުފިޔާ 2. ދީބާޖާއަށް 174 މިލިއަން 3. ބިޒްނަސް އިމޭޖް ގްރޫޕް(ބިގް) 78 މިލިއަން 4. ސީޖީޓީ ލިމިޓެޑަށް 22 މިލިއަން 5. އިބުރާއަށް 50 މިލިއަން 810

The name is already taken The name is available. Register?

ގަޅަބެ

30 November 2019

ގުޅީފަޅުން ފުލެޓް ގަނެގެން ބަޔަކު ގަނޑަ ތެޅޭ ތާ 10 އަހަރު ވެއްޖެ. އެއްވެސް ބަދަލެއް ނުލިބޭތާ ލާރި ކޮޅައް ވީ ގޮތް ވެސް ނޭގި ގެން އެބަ ބަޔަކު ހަނާވޭ ! ރައްޓެހިންނަން އެކަނި ގެއްލުން ވަނީ !

The name is already taken The name is available. Register?

44444

01 December 2019

ގުޅިފަޅުގެ ފްލެޓްތަކުގެ ފައިސާ ސަރުކާރުންވަނީ ދީފައި. ނުނަގަންތިބީ ހުޅުމާލެއިން ފްލެޓް ހޯދަން އެދުން މީހުން. އޭގެ ތެރެއިންވެސް ދެބައިކުޅައެއްބަޔަށްވުރެގިނަ މީހުނަށްވަނީ ފްލެޓް ދީފައި. ދޮގުހެދުމަކީ، ކިރުގަރުދިޔަގަނޑުގެ ވައްތަރު.

The name is already taken The name is available. Register?

EMMEN

30 November 2019

ސަޕްރައިޒް ޓައިމް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!