ޔާމީން ރަޝީދަށް ހަމަލާދިން ބައެއް މީހުން ހަރަކާތްތެރިވާ ފޮޓޯތަކެއް: އެ މައްސަލާގައި ހަ މީހަކަށް ދައުލަތުން ދައުވާ ކުރޭ
15 ޑިސެމްބަރ 2019 - 15:32
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރެއިން ހަތް މީހެއްގެ ނަން އަނބުރާ ގެންގޮސް، އެ މީހުންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ރަޝީދު ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ކުރިން ހުށަހަޅާފައި އޮތަސް، އޭގެ ތެރެއިން ހަތް މީހެއްގެ ނަން އަނބުރާ ގެންގޮސް، އެ މީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ކޯޓަށް މިހާރު ވަނީ އަންގައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އެ ހަތް މީހުންގެ ހެކިބަސް ނުނަގަން ނިންމީ އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތަށް ހުށަހެޅިފައި ނުވާތީ ކަމަށެވެ. އެކަމަކު ބާކީ ތިބި ހަތަރު މީހުންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށާއި އެ މީހުންނަކީ ޔާމީނަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތު ކުރެވޭ މީހުން ކަމަށާއި އެހެންވެ، އެ މީހުންގެ ފުރިހަމަ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށްވާތީ އެފަދަ އަމުރެއްގެ ދަށުން އެ މީހުން ހާޒިރު ކޮށްދޭން އޭނާ އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ވެސް ހިމެނެ އެވެ.
ދައުލަތުން ބުނީ ދިފާއީ ހެކިން ހާޒިރުކޮށްދޭން ޖެހޭނީ އެ ފަރާތުން އަމިއްލަ އަށް ކަމަށާއި އެހެންވެ، އެކަމާ މެދު ކޯޓުން ގޮތެއް ނިންމައިދޭން އެދޭ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ހަތަރު މީހުންގެ ތެރެއިން މައުލޫމާތު އެނގޭ ގޮތަށް ހުށަހަޅާފައި އޮތީ ޒާހިދުގެ ނަން އެކަނި ކަމަށާއި އެހެންވެ، ހެކިބަސް ދިނުމަށް ޒާހިދު ހާޒިރުވުމަށް އަންގަވާނެ ކަމަށެވެ. އެކަމަކު ދެން ތިބި ތިން މީހުންގެ ފުރިހަމަ މައުލޫމާތު ހުށަހަޅާފައި ނެެތުމުން އެ މީހުން ހާޒިރުކުރަން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ ޝިފާޒްގެ ވަކީލުން ވަނީ ހުށަހަޅާފައި ހުރި ހެކިތަކަށް ބަލައި، ޝަރުތުތަކާ އެކު ޝިފާޒްގެ ބަންދަށް ލުޔެއް ދޭން އެދިފަ އެވެ.
އެކަމަކު ދައުލަތުން ބުނީ މައްސަލައިގެ ބާވަތުން މިވަގުތު ބަންދަށް ލުޔެއް ދޭން ނުފެންނަ ކަމަށެވެ.
ގާޒީ އަލީ ރަޝީދު ވެސް ވިދާޅުވީ މައްސަލާގެ ބާވަތުން މިވަގުތު ބަންދަށް އެއްވެސް ލުޔެއް ނުދެވޭނެ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި، ނިމިފައިވާތީ މިހާރު އޮތީ ދިފާއީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ. ދިފާއީ ހެކިބަސް ނެގުން މިމަސް ތެރޭގައި ނިންމާލުމަށް ފަހު، އަންނަ ޖެނުއަރީ މަހު އަޑުއެހުންތައް ނިންމާލައި، އެ މަހު ހުކުމް އިއްވަން މިހާރު އޮތީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
16 December 2019
ތުހުމަތުވެސް ނުކުރެވޭ، ކަމާއި ގުޅުމެެއް ވެސް ނެތް މީހެއްގެ ބޮލަށް ކަނޑާލަނީ ދެއްތޯ؟ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް މާތްﷲ ފާޅު ކުރައްވަން ހުރިކަމެއް ފާޅު ކުރައްވާނެ.
ޓޮކާނޯ
16 December 2019
މައުމޫން ހަމީދު ޖެހެނީ އޭނާގެ މުވައްކިލު އެކަން ނުކުރާކަނަ ސާބިތު ކޮށްދޭނެ. އެހެން މީހަކު އެކަން ކުރިކަން ސާބިތުކޮށްދިނުމަކީ މައުމޫނު ހަމީދު ކުރަންޖެހޭ ކަމެއް ނޫން.
ދިލް ކޮކީ
16 December 2019
މަައުމޫން ހަމީދު ޅިޔަނު ސަލާމަތްކުރަން ވަރިހަމަދޯ ށާހީނު ހަމީދަކީ އެކަމުގަ ދިފާއީ ހެތްކެކޭ ނުވަތަ ށާހީން ހަމީދު ގުރުބާން ކޮއްފަވެސް ޅިޔަންބެ ސަލާމަތްކުރަން ވާވާމާނުގެ އަގުވެއްޓި ނިމިތްޖެ
މަރު ކޮމިޝަން
16 December 2019
ދައުލަތުން އެބަ ޖެހޭ ރިޕޯޓެއް ނެރެން ޔާމީނު އަސްލު ދީނަށް ފުރައްސާރަ ކުރިތޯ ނުވަތަ ނޫންތޯ
މަޖިލިސް
15 December 2019
މާނަށް ކިހިނެއްތޯ އެނގެނީ ސާބިތުވާ ވަރަށް ހެކިނެތްކަން. ތިޔަ ފޯރުވަނީ ސަރީއަތަށް ނުފޫޒް.
އަލީ ރަޝީދު
16 December 2019
ހެކިވެރިޔާ2 ޝަަރީއަތަށް އައުމުގެ ކުރީ ރޭ ޕޮލިހާއި ޕީޖީގެ ބޭފުޅުން އެދިގެން ޕޮލިސް ހެޑްކުއާޓާސްގައި ބައްދަލުކުރި ކަމަށް އޭނާ ސީދާ ޝަރީއަތުގައި ބުނި.. މީ ޝަރީއަތަށް ނުފޫޒު ފޯރުވުމެއް ނޫންތޯ؟؟
ކަނބިލި
15 December 2019
ތިޔަ ކަންވެސް ތިޔަ އޮބުނީ. އަނެއް ކާވެސް ވެރި ކަންް އަތުން ބީވުމުން ރިޕޯޓްތައް ކިޔާ އަޑުއިވޭނެ