ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހަރުކަށި ފިކުރަށް ދޫ ދިނުމެއް ނެތް، ހައްލުކުރާނަން: ރައީސް

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

16 ޑިސެމްބަރ 2019 - 16:54

45 comments
angry icon 52%

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ވާގިވެރިވެ، ރާއްޖޭގައި އެ އަމަލުތައް ހިންގާ މީހުން ހުއްޓުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ދައުވަތު ދީގެން ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ "ފިއަވަތި" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހަރުކަށި ފިކުރުު އޮތް މިންވަރު ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބާއްވައިގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

އެމަނިކުފާނު މި ގޮތަށް މި ވިދާޅުވީ ހަރުކަށި ފިކުރުގެ ތެރެއިން މީހުން މަރަން ޖެހިލުން ނުވާ 1،400 އެއްހާ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ބަޔަކު ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި އައިސް އެ ފިކުރު ކުރިއެރުވުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ކަމަށް ފުލުހުންނާއި ސިފައިން މިއަދު އާއްމުކުރި މައުލޫމާތުތަކަށް އިޝާރާތް ކުރައްވަ އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލު ކޮށްފީމު ރާއްޖޭގައި ހަރުކަށި ފިކުރު އޮތް ކަން. ޖިހާދުގެ ނަމުގައި ހަނގުރާމަ އަށް ސީރިއާ އަށާއި އިރާގަށާއި އަފްގާނިސްތާނަށް މީހުންދާ ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ މިކަމަށް [ހަރުކަށި ފިކުރާ] ކުރިމަތިލައި ހައްލު ހޯދުން. --ރައީސް

ގައުމަށް ދިމާވެފައިވާ ހަރުކަށި ފިކުރުގެ ނުރައްކަލުން ސަލާމަތް ވާނީ، ރައީސް ވިދާޅުވި ގޮތުގައި، ސަލާމަތީ ޚިދުމަތްތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

ކައުންސިލަރުންނަށް ރައީސް: ރައްޔިތުންނާ މަޝްވަރާ ކުރައްވާ

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ދެ ދުވަހަށް ކުރިއަށް ގެންދިޔަ މަހާސިންތާ އިން ބޭނުންތެރި، އަތޮޅާއި ރަށަށް އަދި ސިޓީތަކަށް ފައިދާ ހުރި ނަތީޖާތަކެއް ނެރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެންމެ ބޮޑު އެދިވަޑައިގަތުމަކީ ކައުންސިލްތަކުން ޚިދުމަތް ދިނުމާއި ތަރައްގީގެ މަޝްރޫއުތަކާއި ނިންމުންތައް ނިންމުމުގައި ވެސް ރައްޔިތުންގެ ލަފަ އާއި މަޝްވަރާ ހޯދުމެވެ. އެއީ، ކައުންސިލް އިދާރާ އަޅާނެ ބިމެއް ކަނޑައެޅުން ފަދަ ކަމެއްގައި ނަމަވެސް ރައްޔިތުން ނުރުހުންވާ ގޮތަކަށް އެކަން ނުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން ރައީސް އެދިވަޑައިގަތެވެ.

"ކޮންމެ ކަމެއް ކުރިއަސް ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ވިންދު އޮތް ގޮތް ބަލަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުން ކައުންސިލްތަކަށް ބާރު ދޫކޮށްލީ، އެމަނިކުފާނު މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާތީ އެވެ. އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއް ކަމަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ބާރުތަކެއް ކައުންސިލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދޫކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.

ގާނޫނަށް ގެނައި ބޮޑު ބަދަލާ އެކު ޚިދުމަތް ފަށާއިރު ކުރިމަތިވެދާނެ ގޮންޖެހުންތަކެއް ހުރެދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފައިދާހުރި މަޝްވަރާތަކެއް މަހާސިންތާގެ ތެރޭގައި ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް 2011 ގައި އަމަލުކުރަން ފެށި ފަހުން އަންނަ އަހަރަކީ ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ދައުލަތުން ދޭ އަހަރެވެ. ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ އަތްމައްޗަށް ދޫކޮށްލާ އެ ބަޖެޓް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުންކުރުމާ މެދު ބައެއް ކައުންސިލަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަށައިގަންނަ އިރު އުނދަގޫތަކާ ދިމާވި ނަމަވެސް އެ ކަންކަމަށް ހައްލު ހޯދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އެ ދަތިތައް ހައްލުކުރަން، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދޭނެ އެވެ.

45 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 0%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާނު

18 December 2019

ރައްޔިތުން ބޭނުންވީ އެމް ޑީ އެން އުވާލައި ސަރުކާރުގެ މަތީ މަޤާމް ތަކުގަ ތިބި އެމީހުންނަށް ފިޔަވަޅު އަޅަން، ރައްޔިތުން ބޭނުންވާ ކަމެއްނޫންތާ ވަނީ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

17 December 2019

މަޑު މައިތިރި ޚުލްގު ހެޔޮ ރައީސްއެށް ކަމަކު (ހަރުކަށި ފިކުރު) ވެރިން ރައީސް " އަންޑަރ އެސްޓިމޭޓް " ނުކުރުމަށް ރައީސްގެ ތިޔަ މެސްޖް މުނާސިބް.

The name is already taken The name is available. Register?

ލމނބ

17 December 2019

ހަރުކަށި ފިކުރުގެ މީހުނަށްވުރެ ލާދީނީމީހުންގެ ނުރައްކާ މާބޮޑު އެވާހަކަ ވެސް ދައްކަބަލަ.

The name is already taken The name is available. Register?

1234

17 December 2019

ރަގަޅު ވާހަކަފުޅެއް ؟

The name is already taken The name is available. Register?

ވަތުބަތާނަ

17 December 2019

ޙަރުކައްޓޭ ތަންމަކުނޭ ކިޔައި ބަޔަކު ވާވެއްދުނަސް ހުރިހާ ދިވެހިންނެއް ވަލެއް ނުވެއްދޭނެ. ޓިއުޅެނީ ހިންދޫންނާއި ދޮން ފަރަންޖީންގެ އެޖެން ޑާއެއްގަ. ﷲ ގެދީނާއި މުސްލިމުން ހިމާޔަތް ކުރައްވާނެ.

The name is already taken The name is available. Register?

އަބޫ ޒުބޭދާ

17 December 2019

ކަލޭ އޮވެ ބަލަ ތޯރާބޯރާއަށް ވަދެ ކަނު އަނދިރީގަ. ހަރުކަށި ފިކުރު މިތާ އެބޮތް. އައިއެސް ކަންތައްވެސް އެހާ ބޮޑު. ދެރައީ ﷲ ގެ ދީނަކީ އެއީ ކަމަށް ހީވެ ކަލޭމެން މަގު ފުރެދިފައި އަވަދި އަވަދިވެފައި ތިބިކަން

The name is already taken The name is available. Register?

17 December 2019

ލާދީނީ ފިކުރަށް އަހަރެމެންވެސް ދޫދޭކަށްނެތިން. ނަޝީދުގެ ބަސްމަގު ތަންކޮޅެއް ޕޮލައިޓްކޮށް ރައީސް ވެސް ވިދާޅުވީ. ޙަމައެކައްޗެއް.

The name is already taken The name is available. Register?

އެންދެރި

17 December 2019

ހަމަ ތިވާހަކަ އާއެކު އެމްޑީއެން ގެ ވާހަކަ އާ އެހެން ދީން ތައް މިތަނައް ގެންނަން މަސައްކަތް ކުރާ މީހުންގެ ވާހަކަ ވެސް ބުނެލިނަމަ ފުރިހަމަ ވާނެ އެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

17 December 2019

ހަރުކަށި ފިކުރު ރާއްޖޭގަ އެބައޮތް. އެކަމަކު ތި އިސްތިހާުރު ކުރާ ވަރަށް އެމީހުންގެ ކަންތައްތައް ހައްދު ފަހަނަ އަޅައި ދިޔައީތޯ! ހަމަގައިމުވެސް މި މުޖްތަމައުގައި މަރާލާފައިވާ ގިނަ މީހުން މަރާލާފައިވަނީ ގޭންގް މާރާމާރީތަކުގަ. ދީނީ ހަރުކަށި ބަޔަކު ނޫޅޭ. މި ގައުމުގައި ހުޅުޖަހައި އިމާރާތްތަކާއި ތަކެއްޗަށް ގެއްލުންދިނީ ސިޔާސީ މީހުން. ދީނުގެ މީހުން ނޫޅޭ. މިގައުމުގެ ބަޖެޓް ކޮރަޕްޝަނުން ކާ ހުސްކުރަނީ ސިޔާސީ މީހުން. ދީނުގެ މީހުން ނޫޅޭ.

The name is already taken The name is available. Register?

89898

17 December 2019

ލާދީނީ ޖަމިއްޔާ އުވާލަނީ!!! ފަލަސުރުހީއަށް އަރާ ފައިބައިގެން ދިޔަތާ 3 މަސް. އަދިވެސް އުވާލާ އިޝްތިހާރުގައި. ލޯންޗްކުރާ ތާރީޚް ފަސްވިޔަސް ބެލުންތެރިންނަށް ކުރިއާލާ އަންގާދޯ؟ އެކަމަކު މިހިރަ ބުދަށް އެވަރުވެސް ނުކުރެވޭ!

The name is already taken The name is available. Register?

ފފފފފ

17 December 2019

ރޮބަޓް ކީކޭތޯ؟ ދެން ކުރާ ސުވާލުގެ ޖަވާބު ހުރީ ރޮބަޓުގެ މެމޮރީއަށް ފީޑް ކޮށްދީފަތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454