މަސްތުވެގެން ހުރެ ބަޔަކަށް ބިރު ދެއްކި މައްސަލައެއްގައި ސަފާރީއެއްގެ ވެރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އދ. ދިއްދޫ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ތިބި ބަޔަކަށް އެ ސަފާރީގެ ވެރިމީހާ މަސްތުވެގެން ހުރެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ސަފާރީއަށް ގޮސް، އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ އަކީ އުމުރުން 47 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.