ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި ވަނީ ކޯޓަށް ހުށަހަޅާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
26 ޑިސެމްބަރ 2019 - 14:34
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުންކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރީ އެމަނިކުފާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ.
އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު، އޭގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި 1 މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އޭގެ އަސްލު އޮޅުވާލެއްވި ކަމަށް ދައުވާގައިވެ އެވެ.
އެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރި އެ މައްސަލައާ ގުޅުން އޮތް ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވާތީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
ޤާނޫނު ނަންބަރު: 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
— PGOMV (@PGO_MV) December 26, 2019
ޕީޖީ އޮފީހުން ކުރި ޓްވީޓް
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން މީހަކު ކުރި ކުށެއްގެ ސަބަބުން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާ ކަން ސާބިތުވެއްޖެ ނަމަ އަދި އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނަގަން ގާނޫނަކުން ކަނޑައަޅާފައިވާ ނަމަ، އެ މުދަލެއް ނުވަތަ އެ ފައިސާއެއް ދައުލަތަށް ނަގަން ކޯޓުން އަމުރު ކުރަން ޖެހޭނެ އެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާ ގޮތުން މަނީ ލޯންޑަރިންގެ އަމަލު ހިންގަން ބޭނުންކުރި ފައިސާ ނުވަތަ މުދާ ދައުލަތަށް ނަގަން އަމުރު ކުރަން ޖެހޭނެ އެވެ.
ޔާމީންގެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ.
13 July 2021
ކުރިން ކުށެއް ކޮށްފައި އޮތަސް އެކުށަށް ފަހުން ކަނޑައަޅާ އަދަބެއް ކުރިން ކުށްކުރި މީހުންގެ މައްޗަށް ތަންފީޒު ނުކުރެ ވޭނެކަމީ ކަނޑައެޅިފައި އޮންނަ ޤާނޫނީ އުސޫލުކަން ޕީޖީއަށް ނޭނގެނީބާ؟ ނޫނީ ޒާތީ ވީމާ ވާގޮތްބާ މިއީ؟
މިލިޓަރީ
27 December 2019
ރައިސް ޔާމިންގެ ތަރައްގީ ރަގަޅު ވާހަކަ އެއްމެ ގިނައިން ދައްކަނީ އެމްޑީޕީ މީހުން.
ކައްކާ
27 December 2019
އެމަނިކުފާނު ލޯންޑާފުޅުކުރެއްވި ފައިސާފުޅު ދައުލަތަށް ނަގަންޖެހޭ. އެމަނިކުފާނު އޮވެވަޑައިގަންނަވަންޖެހޭނީ ޖަލުފުޅުގައި. ލޯންޑާކުރެއްވި ފައިސާޔޯ..... އެކަލޭގެ ދޮވުނު ފައިސާއޭ ކިޔާބަލަ.
ސަނަދު
26 December 2019
އަދީބު އަތުގައި ހުރީ ހަލާލު ފައިސާއެވެ.
ވަތަން އިސްކުރަންޖެހޭ
26 December 2019
25ބުރީގެ ހޮސްޕިޓަލާ ނަސަންދުރާވެސް އަޅާފިއެންނުން. އެމްޑީޕީ ވެރިމަމުގަ އެ ޕާޓީގެ ބޮޑުންގެ ގެތައް އެ އަޅަނީ ބޭރުގައުމުތަކުގާ 25ބުރިޔަ. ޔާމިން އަޅަނީ ރާއްޖެގަ ޤާއުމު ތަރައްގީ ކުރަނީ.
މ
26 December 2019
ދައުލަތަށް ނަގާނީ ދައުލަތުގެ ފައިސާ. އޭނަގެ ފައުސާއެއް ނޫން. ފައިސާ ނުދެއްޏާ އޭނަ ދައުލަތަށް ނަގަންވާނެ.
ގގގގ
26 December 2019
ޖަލުގަ ބަހައްޓައިގެން އިތުރަށް ދައުލަތަށް "އޭނާ" ނަގާނެ ގޮތެއް ދެން ކިޔައިދީބަލަ.
ދައްސޫރަ
26 December 2019
މިވެރިކަ މަކީ މިގައު މަށް މުސީބާތް މެދުވެރިވާ ސަބަބެއް މުސީބާތެއް ބިރުވެރި ކަ މެއް ނުޖެހޭ އެން މެ ދުވަހެއްވެސް ނާދޭ
ނަޖުދާ
26 December 2019
ދެރަވެ، ބިކަވެ، މާޔޫސްކަންމަތީ ދެން ތިބެލާ، ދައުލަތުގެ ފައިސާއަށް ޙިޔާނާތްތެރިވެ، ތިޔަ ބުނާ މޮޅު އިކޮނޮމިސްޓު އޮތީ ޖަލުގައި! ރޯލަރޯލަ. ކުރާނެކަމެއްނެތް. ގާނޫނު އަރާ ހަމަކުރާނެކަން އޭރު އޭނާއަށް ނުވިސްނުނީ، އޭނާއަށް ފައިސާ ފައިސާ ނޫން އެއްޗެއް ނުފެނޭ. ކަށީގައި ހިފާފައިވާ ކަމެއް ކިހިނެތް ހުއްޓުވާނީދޯ؟ އެކަމަކު ދެން ވެރިކަމުގެ ވަސްވެސް ނުދެކޭނެ. ސޮރީ، ޖަލުގައި މަޑުކޮށްލާ. އަދި އޮތީ މައްސަލަތަށް
މުރާސިލް
26 December 2019
ތިޔަ ފެންނަނީ ދަޢުލަތުން ނުހާއްގުން މީހުންގެ ފައިސާ ''ފރ'' މަންޒަރެވެ. ދަޢުލަތް ދަރަނިވެރިވެ، ހޒާނާ ހުސްވީމާ ދެން ކުރާނެ ކަންކަން ތިޔަ ކުރަން ފެށީއެވެ. ޑިމަކުރަސީގެ ނަމުގައި އަނިޔާވެރި ވެވޭނީ ތިޔަވަރަށެވެ.
ކިލީ
26 December 2019
އަވަހަށް ނަގާ ތި ލާރިކޮޅުވެސް. ބަޖެޓް ހުސްވެގެން ސަޕްލިމެންޓަރީންވެސް ނުވެގެން ތިއުޅެނީ. އަދި މާ ބައިވަރު ފައިސާ ބޭނުންވާނެ އަންނަ އަހަރަށް. ދެން ދޭންޖެހޭ 77 މިލިއަން ލިބުނީމަ ކޮންމެވެސް ރަށެއްގެ ހޮޅުއައްޓެއް އަޅާލެވޭނެ. 5 އަހަރަށް ޖަލަށްލީމަ އެމީހާ ޖަލުގަ ހުރެގެން 77 މިލިއަން ހޯދަދޭނެ ގޮތެއްވެސް އަދި ކިޔާލަދޭންވާނެ.
ނަޖުދާ
26 December 2019
ބަޖެޓު ހުސްކޮށްގެން ކުރާ ތަރައްގީގެ މަޝްރޫއުތަށް ރަށްޔިތުންނަށް އެބަފެނޭ. ނުފެންނަނީ ވިސްނުންކޮށި ، އަންޒަމާނު ކަރައަށް ވައިއެރި ދުވަސްވަރުގެ ގަބީލާ ފިކުރުގެ މީހުންނަށް. ކައުންސިލު އިންތިހާބުގެ ވޯޓު މުޅި ގައުމު ރީނދޫ ކޮށްލީމާ އިނގޭނެ މިސަރުކާރުގެ ކުޅަދާނަކަން. ތަރައްގީގެ ކަންކަން އެބަކުރާކަން. އިންތިޒާރުކޮށްލާ. މިއީ ޔާމީނުގެ ވެރިކަމެއްނޫން. މިއީ އިބޫގެ އިޙްލާސްތެރި، ތަހުޒީބީ ވެރިކަން. އޯކޭ
ބަޖުދާ
26 December 2019
ތަހުޒީބުކަމުން އަދިވެސް ގައުމީ ޓީވީން ގައުމުގެ ރައީސަށް ސަނާކިއުން ނޫންކަމެއް ނުކުރެވޭ. އިދިކޮޅު ބައެއްގެ ހަރަކާތެއްގެ ވާހަކައެއް ނުގެނެވޭ. އިދިކޮޅު ޕާޓީއަށް އެއްވުމެއް ބާއްވަން ސްކޫލެއް ނުދެވޭ. އަމިއްލަ އާއިލާ މީހުން ލައިގެން ހުރިހާ މަގާމެއް ފުރައިގެން 1 އަހަރުވާއިރުވެސް ތަންތަނުގެ އިސްވެރިން ނުހޮވޭ. އަދި މިހެން ކިޔާނެ ބައިވަރު ސާމާނު އެބަހުރި. ރީނދޫކުރޭ އަދިވެސް އިތުރަށް މިކަހަލަ ބައިވަރު ކަންކަން ބަލަންވެއްޖިއްޔާ.
ނަޖުދާ
27 December 2019
"ބަޖުދާ" އޭ ބަޖިޔާއޭ ޖަހައިގެން ކޮމެންޓުކުރާ އިރު، ލައްޓި ބަނޑަށް ވައި އެރި ގޮތަށް އަދިވެސް ތިޔައުޅޭނީ! ބަލަ ދައުލަތުގެ ޓީވީން ގޯހެއް ހަދަންޏާއި، އެކަން ބަލަން ހުށަހަޅާބަލަ.. ދުނިޔޭގެ ކޮން ގައުމެއްގައިތޯ، ސްކޫލު، ކޮލެޖުތަކުގައި ސިޔާސީ ޕާޓީ ޖަލްސާ ބާއްވާ، ކުރުފަލި ޖަހާ، ބަނޑިޔާ ޖަހާ ހަދަނީ! ގައުމެއްގެ ނަން ބުނެލަދީބަލަ. އާއިލާގެ ކާކު މަގާމުގައި ހުރީ؟ އެކެއް، ދޭއް، ތިނެއް ކިޔާލާފައި ދައްކާލަބަަލަ. އިބޫގެ އެއްބަނޑުތިބޭ 11 ކުދީން. އެބަތިބިތަ؟
ޙަރުމަލް
09 March 2020
ނަޖުދާ !!! ލޯހުޅުވާފަ ރައީސް އޮފީސްތެރެއާއި ޕޮލިހާއި އެމްއޭސީއެލް އަދި އެހެން ތަންތަން ބަލާފަ ވާކަ ދައްކަވާ! އާއިލީ ގުޅުން ރަގަޅަށް ހޯދާބަލާލާ. ޢެންމެން ލޯކަނެއްނޫން.
ބިރު ކުޑޭ އަލިބެ
26 December 2019
މަނީ ލޯންޑަރ ފައިސާ ދައުލަތަށް ނެގޭނެ ކަމުގެ ޤާނޫނޭއް އެބަ އޮތްބާ؟
ގަމާރު
26 December 2019
އޮތީމަ ދޯ އެކަމާ އެއުޅެނީ
އޭޑީ
26 December 2019
ގާނޫނު އެނގިގެން ކޮމެންޓުކުރޭ! ސުވާލުނުކުރޭ. ނޭންގޭ ކަންކަމުގެ ތެރެއަށް ވަދެ ބަސްބުނުމަށްވުރެ އެނގޭ ކަންކަމާއި، މީހާގެ ފެންވަރުގެ ކަންކަމުގައި އުޅެވޭތޯ ބަލާ. ވަޒީފާއެއްނެތި ތިހެން ބިއްޖެހިފައި ނުތިބެ، ކާންބޯން މަސައްކަތްކުރޭ
ނަޖުދާ
26 December 2019
އޭޑީ އާ މަށާ މަސައްކަތްކުރާހެން ސަރުކާރާ އެއްކޮޅަށް ކޮމެންޓްކޮށްގެން ލާރިކޮޅެއް ހޯދޭތޯ ބަލާބަލަ
ވާނުވާ.
13 July 2021
ފަހުނ ޤާނޫނު ހަދައިގެން އަދަބުދެނީ. އުސޫލެއްް ހަމައެއް އޮތް ބައެއްނޫން މިއީ.