ސިނަމާލެ ބްރިޖުގެ ދެފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އޭގެ ބަދަލުގައި އާ މެޓީރިއަލެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލު ކުރަން ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.
ބޭނުން ކުރަން ފަށާފައިވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ބްރިޖުގެ ދަގަނޑުތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައި ހުރެ އެވެ. ލޮނުގެ އަސަރު ގަދަ އަށް ކުރާ އެ ދަގަނޑުތަކުގައި ޖަހާފައި ހުންނަ ދަބަރުތައް ދޭތެރެދޭތެރެއިން އަންނަނީ ފިލުވަމުންނެވެ. ބްރިޖު ބޭނުންކުރަން ފެށިތާ ކުރީކޮޅު، ދަގަނޑުތަކުން ދަބަރު ފިލުވުމުގައި ޗައިނާގެ މަސައްކަތު މީހުން 24 ގަޑިއިރު ކަހަލަ ގޮތަކަށް ހަރަކާތްތެރިވި އެވެ.
މިކަމާ ގުޅޭ ގޮތުން ސަފީރު ޒޭންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަގަނޑުތަކުގައި ދަބަރުޖަހާ މައްސަލަ ހައްލު ކުރަނީ ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭ މެޓީރިއަލްއެއް ބޭނުންކޮށްގެން ކަމަށެވެ. އެކަން ކުރަނީ ޗައިނާގެ ޒިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި އެ ގައުމުގެ ސީސީސސީ އިންޖިނިއަރިންގެ ޓީމުން އެކި ފަހަރު މަތިން ކުރި ދިރާސާތަކަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
On the bridge, we have not forgotten our commitment. To confront the rusty problem due to the special marine conditions here, repainting work of the guardrails starts with new materials after one-year development and repeated experiments by CCCC and Xiamen University. pic.twitter.com/pG2HrbLvfz
— Amb. Zhang Lizhong (@AmbassadorZhang) December 28, 2019
ސަފީރު ކުރެއްވި ޓްވީޓް
"ބްރިޖުގައި އަޅުގަނޑުމެން ކުރަން އެއްބަސް ވެފައިވާ ކަންކަން މަތިން ހަނދާނެއް ނުނެތޭ،" ސަފީރުގެ ޓުވީޓުގައި ވެ އެވެ.
ދަގަނޑު ތަކުގައި އަޅިކުލައިގެ އެ މެޓީރިއަލް ލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބްރިޖްބެ
29 December 2019
ބްރިޖް ހެދި އިރު ނޭންގޭ ދޯ މީ ކަނޑު މަތީގަ ހަދާ ބްރިޖެއް ކަމެއް؟ އަޖައިބު.
ގެދާނޯމޮސް
29 December 2019
އޯލެވެލް ސެޓްފިކެޓާއި އެކު ވަޒީފައެއް ލިބުނަސް އެމީހަކު އެވަޒީފާގައި އުޅެމުން މަތީތައުލީމު ހޯދުމަށް އުޅެނީ ކީއްވެތޯއެވެ.
ހަސަދު
29 December 2019
ކުރެއްވީ މުއިއްޒު ނޫންތޯ. ކޮންމެ ކަމެއް ދެފަހަރު ކުރަން ޖެހޭނެ.
އައިސް
29 December 2019
މޮޅު ބްރިޖް ހަހަހަ، އެހެންތާ ވާނީ ކަޑުގައި ހެދި ފުރަތަމަ ބްރިޖް ވިއްޔާ.
ޝޮކްތެރަޕީ
28 December 2019
މިހާރުވެސް މުޅިރައްޖެގަ ތަރައްގީޔަ ކުރަމުންދާ މަސައްކަތްތަކަކީ. ޔާމިން ފަޝާފަ ހުރިކަންތަ. މިސަރުކަރުން އުޅެނީ ކަންނުވެ ނަންވާން.
އަލީމްބެ
28 December 2019
ހިތުން ކިތައްމެމޮޅު ނަމެއްކިޔަސް ތިވާނީ ތިޔަށް. ރާއްޖޭގަވެސް ހުންނަނީ އިންޑިޔާ ކަނޑުގަ ހުންނަލޮނު ތަފާތުވަނީކީ ނޫން. މޮޔަނުގޮވާ. މުރިޖުގަބޭނުންކުރީ ދަބަރުޖަހާ ދަގަނޑު. އެހެންނުބުނަންވެގެން ރާއްޖޭ މޫސުމޭ. ލޮނުގަނޑޭ ކިޔާނެ ކަމެއްނެތް. ދެން ތީގެން ދަބަރުކަހާ ނުނިމޭނެ މާލޭ ސަރަހައްދު ހުރިހާ ދިވެހިން ނިކުމެއްގެންވެސް.
އަލީ12
28 December 2019
ކަލެއަކަށް މަށަކަށް ނުޖެހޭނ ދަބަރު ކަހާކަށް...ވާނުވާގަދޯ..ޗައިނާގެ ކުންފުނިން އެކަން ކުރާނެ... ހެޑިން ފެންނަ އިރަށްފުމެން ނުފަށަބލަ??
އަހްމަދު 55
29 December 2019
ތީވަރަށް ދޯހަޅި ވިސްނުމެއް. އެންވައިރަމެންޓަލް ކޮންޑިޝަން ތަފާތުވެފަ ފެނުގެ ކެމިސްޓްރީވެސް އެކި ސަރަހައްދު ތަކުގަ ތަފާތުވުމަކީ އެކަޝީގެންވާކަމުއް. ދިވެހިން ތަންކޮޅެއް އޯޕަން މައިންޑު ބަޔަކަށް ވާންވެއްޖެ!
މައިކް
28 December 2019
ބްރިޖްގެން ކަންކަން މުއިއްޒުގެ ފަރާތުން ބަލަން ކަޑައަޅާފައިވާ އިންޖީނިއަރުން ތިކަން ހުއްދަނުކުރިނަމަ ތިހެންވާން ނުޖެހުނީސް.
ނަސްރު45
28 December 2019
ތިޔޮތީ މުއީޒު ވެފަ ދެން. އަބަދު ޖެހޭނީ މަރާމާތު ކުރަން.
ޕިސްޕިސް
28 December 2019
ޕިސްޕިސް. މާދެން އިނގޭކަމަށް ހެދިގެން ނޫނީ މާ ޒާތީވެގެން އުޅެންޏާ ގޮވޭނީ ކޮސް. ބައްލަވާ ބްރިޖްފަދަ ތަންތަނަކީ އަބަދުވެސް ޗެކްކޮށް، މަރާމާތުކޮށް ހަދާ ތަންތަން. އެއީ އެތައް ބައެއްގެ މުދަލާ ފުރާނައާ ގުޅިފައިހުންނަ ތަންތަން. ބައިނަލްްަގްވާމީ މިންގަނޑެއް ހިފަހައްޓާ ކޮންމެ ބަޔަކުވެސް ގަވާއިން މިފަދަ ތަންތަން ޗެކްކޮށް މަރާމާތު ކުރަމުން ގެންދާނެ.
މުށި
28 December 2019
ބްރިޖުގެ އަގު ހާދަ ކުޑަވީ
އިބިރިން ފުތާ
28 December 2019
މުއީޒް ވެފަ ތިޔައޮތީ ތޯއްޗެއް! އެބޭފުޅާގެ ބަހެއް އަޅެ މިހާރުން މިކަމުގަ ގެނެސްދީބަލަ!
ކަލޯގެއާ
28 December 2019
ހޮޓް ޑިޕްޑް ގެލްވަނައިޒް "ކަލާކުރި" ދަގަނޑު ނޫން އެއްޗެއް ކަމުދާނެހެނެއް ހިޔެއްނުވޭ... ރަގަޅައް ކަލާކޮއްފަ ހުންދަ ދަގަނޑު 50 އަހަރު ވާއިރުވެސް އެއްގޮތްވެސް ނުވާކަން އެހެރީ ގަމުގައި އިނގިރޭސިން ޖެގި ލަކުޑި ކޮމް ޓަވަރުތަކުގެ ބުޑުތަކުން ފެންނަން. އެއީއިތުރައް ދިރާސާކުރަން ޖެހޭކަމެއްކަމުގައި ނުދެކެން ދޯ. ތިޔަތަން ޑިޒައިންކުރި އިރު އެވަރު ނުބެލުމުން ދެރައީ! މަދަމާ ދިވެހިން ތިޔަތަން ބަލަހައްޓަންހަވާލުވީމަ 2ދަޅައައް ދަބަރުތަޅާ ދަވާދު އޮންނާނީ ނުލެވިފަ!