ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒަން ލިޒޮން. --ފައިލް ފޮޓޯ
05 ޖެނުއަރީ 2020 - 23:42
ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ އިން ހުޅުވާ ލޮލުގެ ފަރުވާގެ ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ވިދާޅުވީ ލޮލުގެ ސެންޓަރު ހުޅުވުމަށް ފަހު ޗައިނާގެ މާހިރުން ދުވަސްކޮޅަކު އެތަނުގައި މަސައްކަތް ކުރަން ތިބޭނެ ~ކަމަށާއި އެ ސެންޓަރުގެ ފަރާތުން ދޭ ތަމްރީނުތަކުގެ ތެރެއިން ބައެެއް ތަމްރީނުތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު އަނެއްބައި ތަމްރީނުތައް ކުރިއަށް ގެންދާނީ ޗައިނާގައި ހުންނަ ޒޮންޝާން އައި ސެންޓަރުގައި ކަމަށެވެ.
"(ސެންޓަރު)ގާއިމް ކުރުމުގެ މަސައްކަތަށް ފަހު ޓީމުގެ ބައެއް މެމްބަރުން ރާއްޖޭގައި މަޑުކޮށް، މީހުންނަށް ފަރުވާ ދޭނެ. އަދި ތަމްރީނުތައް ވަރަށް އަވަހަށް ފެށޭނެ،" ލޮލުގެ ސެންޓަރު ހަދަން އައިސް އުޅޭ ޗައިނާގެ ޓީމްގައި އިސްކޮށް ހުންނެވި ޑރ. ޗެން ވެއިރޮޮންގްއާ ހަވާލާދީ ސަފީރު ޒާން ވިދާޅުވި އެވެ.
2/4 Dr Chen’s response to inquiries on eye center
— Amb. Zhang Lizhong (@AmbassadorZhang) January 3, 2020
Q: What is the training plan?
A: 1) conduct on-site trainings
2) training programs in Zhongshan eye center
3) Internet Ophthalmic Service for consultation
4) may apply AI tech. for medical service & teaching in the future.
ލޮލުގެ ސެންޓަރާ ބެހޭ ގޮތުން ޑރ. ޗެންއާ ސުވާލުކުރަން ސޯޝަލް މީޑިއާގައި ހުޅުވާލި ފުރުސަތުގައި މީހުން ކޮށްފައިވާ ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކުގައި ވިދާޅުވެފައިވާ ގޮތުގައި އެ ސެންޓަރުގައި މީހުންނަށް ފަރުވާ ކުރުމަށާއި ތަމްރީނު ދިނުމުގައި މުސްތަގުބަލުގައި އޭއައި ޓެކްނޮލޮޖީ ވެސް ބޭނުން ކުރާނެ އެވެ.
ޒާން ވިދާޅުވި ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރާ މަރުކަޒުން ލޮލުގެ ގިނަ ބަަލިތަކަކަށް ފަރުވާދޭނެ އެވެ. އެގޮތުން ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަރުކަޒުގައި އިސްކޮށް އުޅުއްވާ ޑރ. ޗެން ވެއިރޮންގް އަކީ ސަފީރު ވިދާޅުވި ގޮތުގައި، ފާއިތުވި 30 އަހަރު އެ ދާއިރާގައި މަސަައްކަތް ކުރައްވާފައިވާ އަދި އެ ދާއިރާގެ މަޝްހޫރު ޑޮކްޓަރެކެވެ.
"އޭނާ ވަނީ ލޮލުގެ ފަރުވާ ކުރުމުގައި 30 އަހަރު ހޭދަކުރައްވާފައި އަދި ލޯ ފުސްވުމާއި ލޮލަށް ދިމާވާ އެހެންް މައްސަލަަތަކާ ގުޅޭ އޮޕަރޭޝަންތައް ހިމެނޭ ގޮތުން 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކުރައްވާފައި،" ޓްވީޓްގައި ސަފީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލުބޭސް
07 January 2020
އިންޑިޔާގެ ނުހޮރޮއްޕާން ފެންނާނެ ހެން ދިވެހިންގެ ލޮލަށް ބޭސްކޮށް ދިނުމަށް އެދެން.
އަލީކޮއެ
06 January 2020
ދިވެހިންގެ ލޯ އަނެއްކާ ކުޑަ ނުވާނެބާ. ހަމަ އަހާލެވުނީ.
ސާރަނނގަ
06 January 2020
ހާދަ މައުލޫމާތު ރަނގަޅޭ 1.އައިޖީ އެމް އެޗް 2ސެނެހިޔާ 3.ހުރަވީ ލާންޗު 4.އައިޖީއެމްގެ ބޮޑުމަރާމާތު 5.މިއަހަރު ގާއިމްކުރާ ކެންސަރު ހޮސްޕިޓަލް 6.އައްޑޫގައި ގާއިމްކުރާ ޓްރޭނިން ސެންޓަރު 7.ސިފައިންގެ/ޕޮލިސް ޓްރޭނިން ސެންޓަރު
ތުއްތުނާ
06 January 2020
ތަންކޮޅެއް ކުރިން އިޒްރޭލުން ޑޮކްޓަރުން އައިސް ލޮލުގެ އޮޕަރޭޝަން ކުރާތީ ބަޔަކު ވަރަށް ކަންބޮޑުވެގެން އުޅުނު..... މިހާރު ޗައިނާ ވީމައި މައްސަލަ އަކަށް ނުވަނީތަ ......
ޝޮކްތެރަޕީ
06 January 2020
ރާއްޖޭ މިދެކޭ ތަރައްގީގެ 90 ޕަސަންޓު ހިސްސާވަނީ ޗައިނާޔައް. ރައްޖެއާ ޗައިނާޔާ ގުޅުން އުރިޔައް އޮތްތާގާ ބަދަހި ވާނެކަމަށް އުމްމީދު ކުރަން. އިންޝާﷲ