ސުޕްރީމް ކޯޓު: އެ ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުން ކަމަށް އޮތްއޮތުން ވަނީ އުވާލާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
07 ޖެނުއަރީ 2020 - 17:37
ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމުގައި އޮތް އޮތުން އެ ކޯޓުން މިއަދުން ފެށިގެން އުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އެ ކޯޓަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލައިގަތުމުގެ ހުއްދަ ދެނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުން ބުނީ އެ ކޯޓުގެ ގަވާއިދުގެ އެ މާއްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި އެކަމާ ބެހޭގޮތުން އޮތް މާއްދާ ބާތިލްކުރީ އެއީ ކޯޓުތަކުގެ ގާނޫނާ ޚިލާފަށް އޮތް މާއްދާތަކެއް ކަމަށްވާތީ ކަމަށެވެ. ސުުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓުގެ ރަޖިސްޓްރާ ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮތުމުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ އެ މާއްދާ އަކީ އެ ގާނޫނާ ޚިލާފް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
— Supreme Court of the Maldives (@Supreme_Courtmv) 7 January 2020
އެހެންވެ، މައްސަލަ ބަލައިގަތުމުގެ ހުއްދަ ދޭނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގައި އޮތް މާއްދާ އާއި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ ބާތިލްކުރަން ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޫލާސިރާޒު
08 January 2020
ކޮހުންގެ ޖުޑުސަރީ
ރަންނަމާރ
08 January 2020
މާތްކަލާކޯ، މިނިވަންކުރިކުރީނުން ޖުޑިށަރީ މި ވައްޓާލީ 80 އިގެ އަހަރުތެރެއައް ވުރެވެސް ފަހަތައް، ފެންވަރެއް ނެތްމީހުން މުއައްސިސާ ފުޑާލަނީ، ކަންކުރަން ނޭގުނީމަ
ތުއްރަވާސާ
08 January 2020
ކަލޯ ވާނުވާގަތަ؟ ގާނޫނުގަ އޮތް ގޮތަށް ސުޕުރީމުން އެ ހެދީ
ކޯޗެއް
08 January 2020
ކޯޗެއް ތި ގޮވަނީ
ޖައިސާމް
08 January 2020
މީ ވަރަށް ބޮޑު ކުރިއެރުމެއް. ފަނޑިޔާރުން ސިޔާސީވުން ހުއްޓުވުމަށް އެޅި ކުޑަ އެހެންނަމަވެސް މުހިންމު ފިޔަވަޅެއް.
ކަނަމަނަ
08 January 2020
ތިޔަސޮރައްމިވާނުވާއެގޭތަ އެކަކުގަނެލަންފަސޭހަވާނެ ދެމީހުނައްވުރެ
ކަމަނަތަ
08 January 2020
ކަމަނަ މީ މީހުން ގަންނާތީ އެޅި ފިޔަވަޅެއް ނޫން. ތާކުން ތާކު ނު ޖެހޭ ކުޑަ ކަމެއް ރަނގަޅު ކުރީ. އެހެން ނޫނީ މިވަނީ ހުކުމް ކުރާ ފަރާތާއި ހުކުމް ބަލައިގަަންނަ ފަރާތާއި އެކައްޗަކަށް.
ކަނަމަނަ
08 January 2020
ޢެކަނިއެކަކުނިންމާ ތިބާވަތުގެ ކަންތައް އިންސާފްވެރިެެއްނުވާނެ ދެއުޅިއެއްނުވާވެރިން ވެރިކަމާހަވާލުވީމަ މިކަހަލަ ކިތައްމެކަމެއްހިގާނެ
ކަނަމަދު0
08 January 2020
ކޮކީ ޚަބަރު ކިޔާލީމުތަ ދޫނީ؟
Mariyam
08 January 2020
ސުލޫކީ މައްސަލަތަށް ތުހުމަތު ކުރެވިފައިވާ ފަނޑިޔާރުންގެ މައްސަލަ ތަށް އަވަހަށް ބައްލަވައިދެއްވާ! އަދި އިންސާފް ޤާއިމުކޮށްދެއްވުމުގެ ބޮޑު ވަޢުދު ފުއްދަވައިދެއްވާ! ޚާއްސަކޮށް ފަނޑިޔާރު ހަސަން ނަޖީބުގެ މައްސަަލަ. އޭނާއަކީ ކޮރޮޕްޝަނާއި ފިތުނަ ފަސާދައާއި ޖަރީމާގެ އައްޕަ.
ހެއްވާ ހަސަނު
07 January 2020
ގަދަ އިނގޭ. އެދޭ ބަދަލު ފެނަން ފަށައިފި.
އަލީރާޖާ
07 January 2020
ގާނޫނީ އިމުގެ ތެރެއަށް ކޯޓުތައް ވަންނަތަން ފެނުމަކީ ވަރަށް ރަގަޅު ފާލެއް.